މެސީގެ ޑީލް ނިންމަން އަލް-ހިލާލް އޮފިޝަލުން ޕެރިހަށް

Jun 5, 2023, 3:01 AM
މެސީގެ ޑީލް ނިންމަން އަލް-ހިލާލް އޮފިޝަލުން ޕެރިހަށް

ޕެރިސް (ޖޫން 5) - ކޮންޓްރެކްޓް ހަމަވުމުން ޕީއެސްޖީ ދޫކޮށްލާނެކަން އިއުލާނުކޮށްފައިވާ އާޖެންޓީނާގެ ތަރި، ލިއޮނަލް މެސީގެ ސޮއި ހޯދަން ސައުދީ އަރަބިއްޔާގެ އަލް-ހިލާލްގެ އޮފިޝަލުން ޕެރިހަށް ގޮސްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ހަތް ފަހަރު ބެލޮންޑިއޯ އެވޯޑް ހާސިލްކޮށްފައިވާ މެސީ، 35، ހޯދަން ސައުދީގެ އަލް ހިލާލް އިން ހުށަހަޅާ ޑީލްގެ ޖުމްލަ އަގު 500 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެ ގޮތުން، މެސީ އަށް ދެ ފަހަރެއްގެ މަތިން ނުރަސްމީ ގޮތެއްގައި މިހާރު ވަނީ އެ ޑީލްގެ ކަންކަން ހުށަހަޅައިފަ އެވެ. އޭރު ބައެއް މީޑިއާތަކުން ވަނީ މެސީ، އަލް-ހިލާލް އަށް ދާން ހުރިހާ ކަމެއް ނިމިފައިވާ ކަމަށް ވެސް ރިޕޯޓްކޮށްފަ އެވެ. އެކަމަކު، މެސީ ވަނީ އޭރު އެކަން ދޮގުކޮށްފަ އެވެ.

މެސީ ޑީލާ ގުޅޭ ކަންކަން ރަސްމީ ސިފައެއްގައި ކުރިއަށްގެންދިއުމަށް، އަލް-ހިލާލްގެ އޮފިޝަލުން މިހާރު ވަނީ ޕެރިހަށް ގޮސް، މަސައްކަތް ފަށައިފަ އެވެ. އެ ގޮތުން، އަލް-ހިލާލްގެ އޮފިޝަލުން ބޭނުންވަނީ މެސީގެ އޭޖެންޓް، އޭނާގެ ބައްޕަ، ޖޯޖް މެސީއާ ބައްދަލުކޮށް ކުރިއަށް އޮތް، ދެ ދުވަހެއްގެ ތެރޭގައި މުޅި ޑީލް ނިންމުމަށް ކަމަށް ސައުދީ އަރަބިއްޔާގެ ޓީވީ އަލް-އެހްބަރިއާ އިން ރިޕޯޓްކޮށްފައިވެ އެވެ.

އެހެން މީޑިއާ ރިޕޯޓެއް ބުނާގޮތުން، ކުރިއަށް އޮތް ހަފްތާ ބަންދު ތެރޭގައި އަލް-ހިލާލް ކުޅުންތެރިއެއްގެ ގޮތުގައި މެސީ ތައާރަފްކުރަން އިވެންޓެއް ބާއްވަން ވެސް އަންނަނީ މަޝްވަރާ ކުރަމުންނެވެ.

މެސީގެ ސޮއި ހޯދަން އޭނާގެ ކުރީގެ ކްލަބް، ބާސެލޯނާ އާއި މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ، ޑޭވިޑް ބެކަމްގެ ހިއްސާ އޮންނަ އިންޓަ މިއާމީން ވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ. މާލީ ގޮތުން ގިނަ ކަންތައްތަކެއް ހަމަޖެހިގެން ނޫން ގޮތަކަށް މެސީ އަށް އަލުން ބާސެލޯނާ އަށް ދެވެން ނެތެވެ. ބާސެލޯނާ އިން އަންނަނީ އެކަން ކުރެވޭނެ ގޮތެއް އޮތްތޯ، ސްޕެނިޝް ލީގާ މަޝްވަރާ ކުރަމުންނެވެ.

މީގެ ދެ އަހަރު ކުރިން، މެސީ ޕީއެސްޖީ އަށް ދާން ޖެހުނީ ވެސް ބާސެލޯނާގެ މާލީ ހާލަތާ ހެދި އެ ޓީމުގެ ކޮންޓްރެކްޓް އާ ނުކުރެވިގެންނެވެ. ޕީއެސްޖީގައި މެސީ އަށް ދެ ފަހަރު ލީގު ޗެމްޕިއަންކަން ލިބުނު ނަމަވެސް ޗެމްޕިއަންސް ލީގު ހޯދޭނެ ގޮތެއް ނުވި އެވެ. ދެ ފަހަރު ވެސް ކެޓީ ޗެމްޕިއަންސް ލީގުގެ ގަދަ 16 ބުރުންނެވެ.

ފަހަކަށް އައިސް ޕީއެސްޖީ ކުޅުނު ގިނަ މެޗުތަކުގައި އެ ޓީމުގެ ބައެއް ސަޕޯޓަރުން ވަނީ ހިތްހަމަނުޖެހުމުގެ ޝުއޫރުތައް ފާޅުކޮށް މެސީއާ ދިމާކޮށްލައިފަ އެވެ. އެއީ، އެ ކްލަބްގެ ކޮންޓްރެކްޓް އާ ނުކުރަން މެސީ ނިންމި ހިސާބުން ފެށިގެން މެޗުތަކުގައި އައި ކަމެކެވެ.

ޕީއެސްޖީގައި މެސީ މަޑުނުކުރާނެކަން ޔަގީންވީ އެ ކްލަބްގެ ހުއްދަ ނުހޯދައި ސައުދީ އަރަބިއްޔާ އަށް ދަތުރެއް ދިޔަ ކަމަށް ބުނެ، ސަސްޕެންޑްކުރި ހިސާބުންނެވެ. ދެ ހަފްތާ އަށް ދިން ސަސްޕެންޝަން ވަނީ ހަފްތާއެއްހާ ދުވަސް ތެރޭ އުވާލައިފަ އެވެެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox