ފަތުރުވެރިކަމުގެ ހާއްސަ "މޯލްޑިވްސް ޓުއަރިޒަމް އެވޯޑްސް" އަށް ކުރިމަތިލާން ހުޅުވާލައިފި

ދިވެހިރާއްޖޭގެ ރިސޯޓެއް: އެވޯޑަށް ކުރިމަތިލުމުގެ ސުންގަނޑި ހަމަވަނީ ޖުލައި 16، ގެ ނިޔަލަށް -- ފޮޓޯ: އަދަަދު ފައިލް

ދިވެހިރާއްޖޭގެ ރިސޯޓެއް: އެވޯޑަށް ކުރިމަތިލުމުގެ ސުންގަނޑި ހަމަވަނީ ޖުލައި 16، ގެ ނިޔަލަށް -- ފޮޓޯ: އަދަަދު ފައިލް

ދިވެހި ދައުލަތުން ދޭ ހާއްސަ ފަތުރުވެރިކަމުގެ އެވޯޑު "މޯލްޑިވްސް ޓުއަރިޒަމް އެވޯޑްސް" އަށް ކުރިމަތިލާން އިއްޔެ ހުޅުވާލައިފި އެވެ.

ފަތުރުވެރިކަމުގެ ހިދުމަތް ދިނުމުގައި އެންމެ މަތީ ފެންވަރު ގެންގުޅޭ ފަރާތްތަކުގެ އަގުވަޒަން ކުރުމަށް ދޭ އެ އެވޯޑަށް ކުރިމަތިލުމުގެ ސުންގަނޑި ހަމަވާނީ މި ހިނގާ ޖުލައި 13، ގެ ނިޔަލަށެވެ.

މޯލްޑިވްސް ޓުއަރިޒަމް އެވޯޑްސްގެ 49 ފަރާތަކަށް ދޭނެ އެވެ. އެއީ ރިސޯޓުތަކުގެ ކެޓަގަރީން 16 އެވޯޑަކާއި ގެސްޓްހައުސް އަދި ހޮޓާތަކުގެ ކެޓަގަރީން 15 އެވޯޑަކާއި ފަތުރުވެރިކަން ކުރާ އުޅަނދުފަހަރުގެ ކެޓަގަރީން 13 އެވޯޑަކާއި ޓްރެވަލް އެޖެންސީ، ފީނުން އަދި މޫދުކުޅިވަރުގެ ދާއިރާއިން ދޭ ފަސް އެވޯޑެކެވެ.

އެ އެވޯޑަށް ކުރިމަތިލުމުން ޖަޖު ކުރުމުގައި ބަލާނީ ޖޫން، 2022، އިން ފެށިގެން މެއި 31، 2023 ގެ ނިޔަލަށް ފޯރުކޮށްދިން ހިދުމަތްތަކަށެވެ.

އެ އެވޯޑަށް ކުރިމަތިލާން ޖެހޭނީ އޮންލައިންކޮށް ޓުއަރިޒަމް މިނިސްޓްރީން ފޯރުކޮށްދީފައިވާ ފޯމެއް ފުރައިގެނެވެ.

މޯލްޑިވްސް ޓުއަރިޒަމް އެވޯޑަކީ ކޮންމެ އަހަރަކު ވެސް ދޭ ގޮތަށް ހަމަޖައްސައި، ސަރުކާރުން މިދިޔަ އަހަރު ތައާރަފު ކުރި އެވޯޑެކެވެ. އެ އެވޯޑު ދިނުމުގެ މަގްސަދަކީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކާއި ދޭ ހިދުމަތުގެ އަގު ވަޒަން ކުރުމާއެކު ރާއްޖޭގެ ބްރޭންޑް އިމޭޖް ދެމެހެއްޓުމަށް ކުރާ މަސައްކަތަށް ހިތްވަރުދިނުމެވެ.

އޭގެ އިތުރުން، ފަތުރުވެރިކަން ކުރާ ފަރާތްތަކުން ދިވެހި މުޖްތަމައަށް ކޮށްދޭ ހިދުމަތްތަކުގެ އަގު ވަޒަން ކުރުމަކީ ވެސް އެ އެވޯޑު ދިނުމުގެ ބޭނުމެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

ލޯނު ނުދެއްކުމުން މާލޭގެ ދެ ގެއެއް ސީބީއެމްއިން ވިއްކާލަނީ

ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް (ސީބީއެމް) އަށް ދައްކަންޖެހޭ ފައިސާ ނުދައްކައިގެން މާލޭގެ ދެ އިމާރާތެއް ނީލަމުގައި ވިއްކާލަން އެ ބޭންކުން ވަނީ އިޢުލާނުކޮށްފަ. މި ބިޑްތައް ފެށޭ އަގަކީ ހަތަރު މިލިއަން ރުފިޔާ ކަމަށްވާއިރު، މި މަހުގެ 14 ވަނަ ދުވަހުގެ ކުރިން ދަރަނި ހަލާސްނުކޮށްފިނަމަ މި މުދާ ވިއްކާލުމުގެ މަސައްކަތް ކުރިއަށް ދާނެ.

Newsletter

Get the latest news delivered straight to your inbox