ވޯލްޑް ސާފިން ގޭމްސް: ހީޓުގެ ދެ ވަނަ ހޯދައި އައްމަޑޭ ދެ ވަނަ ބުރަށް

ވޯލްޑް ސާފިން ގޭމްސްގެ ފުރަތަމަ ބުރުގައި އައްމަޑޭ ވާދަކުރަނީ - ފޮޓޯ: އައިއެސްއޭ

ވޯލްޑް ސާފިން ގޭމްސްގެ ފުރަތަމަ ބުރުގައި އައްމަޑޭ ވާދަކުރަނީ - ފޮޓޯ: އައިއެސްއޭ

އެލް ސަލްވަޑޯގައި މިހާރު ކުރިއަށްދާ ވޯލްޑް ސާފިން ގޭމްސްގައި ރާއްޖޭގެ ގައުމީ ޓީމުގެ އަހުމަދު އާގިލް (އައްމަޑޭ) ވާދަކުރި ހީޓުގެ ދެ ވަނަ ހޯދައި މުބާރާތުގެ ދެ ވަނަ ބުރުން ޖާގަ ހޯދައިފި އެވެ.

މެއި 30 އިން ފެށިގެން ޖޫން ހަތަކަށް މެދުތެރޭ އެމެރިކާގެ އެލްސަލްވަޑޯގައި ކުރިއަށްދާ މުބާރާތުގައި ދުނިޔޭގެ 64 ގައުމަކުން 294 ސާފަރުން ވާދަކުރެ އެވެ. މި މުބާރާތުގައި ރާއްޖެއިން ވާދަކުރަނީ އައްމަޑޭ، ހޫދު އަހުމަދު އަދި އިސްމާއިލް ރަޝީދު (ސްމައިލީ) އެވެ.

އިއްޔެ ކުރިއަށްދިޔަ މެންސް އޯޕަން ބައިގެ ހީޓު 11 ގައި ވާދަކޮށް އައްމަޑޭ ދިޔައީ ދެ ވަނަ އަށެވެ. އޭނާ ވަނީ 6.36 ގެ ސްކޯއެއް ހޯދައިފަ އެވެ. އޭނާ އެންމެ މަތިން ސްކޯ ކުރި ރާާޅަށް ލިބުނީ 3.43 އެވެ. އަނެއް ރާޅަށް ލިބުނީ 2.93 އެވެ. މި ހީޓުން އެއް ވަނަ ހޯދީ 16.34 ގެ ސްކޯއެއް ހޯދި މެކްސިކޯގެ ސެބަސްޓިއަން ހެނާންޑޭޒް އެވެ.

ހީޓުގެ ތިން ވަނަ ލިބުނީ 6.10 ގެ ސްކޯއެއް ހޯދި ނެދަލެންޑްސްގެ ކެސްޕާ ހަމިންގާ އަށެވެ. ހަތަރު ވަނަ އަށް ދިޔައީ 3.97ގެ ސްކޯއެއް ހޯދި އިންޑިއާގެ ސިވަރާޖް ބާބޫ އެވެ.

ފުރަތަމަ ބުރުގެ ކޮންމެ ހީޓެއްގެ ވެސް ގަދަ ދެ ރާޅާ އެޅުންތެރިން ދެ ވަނަ ބުރަށް ކޮލިފައިވާނެ އެވެ. އަނެއް ދެ ބައިވެރިން ދާނީ ރެޕޯ ހީޓަށެވެ.

ހީޓުގެ ދެ ވަނަ ހޯދި އައްމަޑޭ ދެ ވަނަ ބުރުގެ ހީޓު ހަޔެއްގައި ނުކުންނާނީ ކޮސްޓަރިކާގެ ކާލޯސް މުނޯޒް، އަޔަލެންޑްގެ ޖެކް ސްކޮޓް އަދި ބްރެޒިލްގެ ގެބްރިއެލް މެދީނާއާ ދެކޮޅަށެވެ. މި ސާފަރުންގެ ތެރެއިން ދުނިޔޭގެ ޗެމްޕިއަންކަން ތިން ފަހަރެއްގެ މަތިން ހޯދާފައިވާ ވަރުގަދަ އެތުލީޓެކެވެ.

މުބާރާތުގައި ވާދަކުރާ ދިވެހި ސާފަރުންގެ ތެރެއިން ހޫދު އާއި ސްމައިލީ ފުރަތަމަ ބުރުގައި ވާދަކުރާ ހީޓުތައް ކުރިއަށްދާނީ މިރޭ އެވެ. ފުރަތަމަ ބުރުގެ 39 ވަނަ ހީޓުގައި ހޫދު ނުކުންނާނީ މެކްސިކޯގެ ޖޮނަތަން ކޯޒޯ އާއި ނެދަލެންޑްސްގެ ޓޮމް ބޮއެލްސްމާ އަދި އިންޑިއާގެ އަޖީޝް އަލީ އާ ދެކޮޅަށެވެ.

ފުރަތަމަ ބުރުގެ ހީޓު 43 ގައި ސްމައިލީ ނިކުންނާނީ މެކްސިކޯގެ އެލަން ކްލީލެންޑް އާއި ނެދަލެންޑްސްގެ ބޭރިކް ޑިވްރީސް އާއި އިންޑިއާގެ ރަމޭޝް ބުޑިހާލް އާ ދެކޮޅަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox