ރިފްއަތުގެ ދިފާއު: އިތުބާރުގެ މައްސަލަ ހުށަހެޅީ ހަގީގަތް އޮޅުވާލައި ސިޔާސީ މަގްސަދެއް ހާސިލުކުރަން

އެޓާނީ ޖެނެރަލް އިބްރާހިމް ރިފްްއަތު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ. --- ފޮޓޯ: ރައީސް އޮފީސް

އެޓާނީ ޖެނެރަލް އިބްރާހިމް ރިފްްއަތު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ. --- ފޮޓޯ: ރައީސް އޮފީސް

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތް ކަމުގެ މައްސަލައަކީ ހަގީގަތެއް ނެތް, ރައްޔިތުންނަށް ކަމުގެ މައުލޫމާތު އޮޅުވާލައި, ސިޔާސީ ވަކި މަގްސަދެއް ހާސިލުކުރުމަށްޓަކައި ހުށަހެޅި މައްސަލައެއްގެ ގޮތުގައި އޭނާ ސިފަކުރައްވައިފި އެވެ.

އޭޖީގެ އިތުބާރު ނެތް ކަމަށް މައްސަލަ ހުށަހެޅީ ޗާގޯސް އަކީ މޮރިޝަސްގެ ބައެއް ކަމަށް ބަލައިގެން ރާއްޖެއާ އެ ޖަރީޒާތަކާ ދެމެދު ކަނޑުގެ އިން ވަކިކުރި އިރު ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލިފައިވާ ކަމަށް ބުނެ، އެ މައްސަަލައާ ގުޅުވައިގެންނެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިފްއަތުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށްދާއިރު އޭނާ މި މައްސަލާގައި ޖަވާބުދާރީވެވަޑައިގެންނެވީ ލިޔުމުންނެވެ. އެކަމާ ގުޅިގެން މަޖިލީހުގެ ތެރޭގައި ހިޔާލު ތަފާތުވުންތަކެއް އުފެދި މަޖިލިސް ޖަލްސާ ވެސް ވަނީ މެދުކަނޑާލާފަ އެވެ.

އޭނާ މަޖިލީހަށް ފޮނުއްވި ޖަވާބުގައި 37 ނުކުތާއެއް ވަނީ ފާހަގަކުރައްވާފަ އެވެ. އަދި, އިޓްލޮސްގައި ރާއްޖޭގެ މަސްލަހަތު ދިފާއު ކޮށްފައިވާނެ ކަމަށާއި ބައިނަލްއަގްވާމީ ވަކީލުންގެ ޓީމާ އެކު ވަކާލާތުކޮށްފައިވާނީ ރާއްޖެއަށް އެންމެ ފައިދާހުރި ގާނޫނީ ގޮތުން ބުރަދަން ހުރި ނުކުތާތަކަށް ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.

"ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާ އަންކްލޮސްގެ ދަށުން މޮރިޝަސް އިން ދިވެހިރާއްޖެއާ ދެކޮޅަށް އިޓްލޮސް އަށް ހުށަހެޅި މައްސަލައިގައި، ދައުލަތުގެ ފަރާތުން ނަގާފައިވާ ސްޓޭންޑަކީ ކަމާ ބެހޭ ގާނޫނުތަކާއި ފެންނަން ހުރި ހަގީގަތްތަކާއި، މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ރިޔާޢާތްކުރެވި ނިންމާފައިވާ ނިންމުމެއްކަން އެނގެން އޮތްކަން ފާހަގަކުރަން," ރިފްއަތު ވިދާޅުވެފައިވެ އެވެ.

"މި މައްސަލައިގައި އަޅުގަނޑު ނިންމާފައިވާ ނިންމުމަކީ ކަނޑައެޅިގެން ގާނޫނާ ހިލާފު ނިންމުމެއްކަމުގައި ބުނެވޭނެ ގާނޫނީ މަރުކަޒެއް، އެއްވެސް ހެއްކެއް އަދި ގަރީނާއެއް ވެސް މައްސަލަ ހުށަހެޅުއްވި މެންބަރުން ދައްކަވާފައި ނުވޭ."

"މޮރިޝަސްގެ އީއީޒެޑް އަދި ކޮންޓިނެންޓަލް ޝެލްފްގެ ބައުންޑަރީ ޑިލިމިޓު ކޮށްދިނުމަށް އެދި މޮރިޝަސްގެ ފަރާތުން ހުށަހެޅި މައްސަލައިގައި، އަޅުގަނޑު ނިންމާފައިވާ ނިންމުމަކީ ޤާނޫނުއަސާސީގެ 133 ވަނަ މާއްދާއިން ބަންޑާރަ ނައިބަށް ލިބިދީފައި ދުސްތޫރީ ބާރުގެ ތަރަހައިން ނިންމާފައިވާ ނިންމުމެއް," އޭނާ ގެ ޖަވާބުގައި ވިދާޅުވެފައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މަސައްކަތުގައި އެއްވެސް މީހެއްގެ ނުވަތަ އެ މީހަކާ ހާއްސަ ގުޅުމެއް އޮތް އެހެން މީހެއްގެވެސް ޒާތީ މަސްލަހަތެއް ކުރިއެރުވުމަށް މަޤާމުގެ ބޭނުންކޮށްގެން ނުވާނެ ކަމަށް ވިދާޅުވެ ރިފްއަތު ވަނީ ގައުމީ މަސްލަހަތު އިސްކުރުމަށް މެމްބަރުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.

އެ މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީން ނިންމާފައި އޮތީ ރިފްއަތަށް 30 މިނެޓުގެ ވަގުތުކޮޅެއް ޖަވާބުދާރީވުމަށް ދިނުމަށެވެ. އެއީ ދިފާއުގައި ވާހަކަ ދެއްކުމަށް ބަހުސް ފެށުމުގެ ކުރިން 10 މިނެޓު، ބަހުސްގެ މެދުތެރެއިން 10 މިނެޓު އަދި ބަހުސް ނިމުމުން 10 މިނެޓާއެކު ޖުމްލަ 30 މިނެޓެވެ.

މައްސަލަ މަޖިލީހުގެ ތަޅުމަށް ހުށަހަޅައި ނިމުމުން އޭޖީގެ ޖަވާބު އިއްވަވަން ރިޔާސަތުން ނަޝީދު އަމީން އާންމަށް އަންގަވަނިކޮށް ނިޒާމާ ބެހޭ މައްސަަލައެއް ކަމަށް ވިދާޅުވެ ފުރުސަތެއް ހޯއްދަވައިގެން ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ވިދާޅުވީ ވަޒީރު ލިޔުމުން ޖަވާބު ދެއްވާ ހާލަތުގައި އަމަލުކުރާނެ ގޮތުގެ އުސޫލެއް މަޖިލީހުގައި ނެތް ކަމަށެވެ.

ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާ އެކު ވެސް ކުރި މަޝްވަރާތަކުން މި މައްސަލަ ކުރިއަށްގެންދާނެ ވަކި ގޮތަކާއި މެދު އެއްބަސްނުވެވި މަޖިލިސް އޮތީ މެދުކަނޑާލާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox