އެމްޑީޕީގެ ކުޅުދުއްފުށި ކިއްލާ ޑިމޮކްރެޓްސްއަށް: މޭޔަރު ދެކެނީ ސަރުކާރުން މަސައްކަތް ނުކުރާ ކަމަށް

ކުޅުދުއްފުށީގެ މޭޔަރާއި ކައުންސިލުގެ މެމްބަރުން ޑިމޮކްރެޓްސްއަށް ސޮއި ކުރުމަށްފަހު ފޮޓޯއަކަށް ހުއްޓިލައިގެން

ކުޅުދުއްފުށީގެ މޭޔަރާއި ކައުންސިލުގެ މެމްބަރުން ޑިމޮކްރެޓްސްއަށް ސޮއި ކުރުމަށްފަހު ފޮޓޯއަކަށް ހުއްޓިލައިގެން

މިދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އެމްޑީޕީއަށް ހުރިހާ ގޮނޑިއެއް ލިބުނު ހަމައެކަނި ސިޓީއަކަށްވީ ކުޅުދުއްފުއްޓެވެ. އޭގެ ކުރިން އޮތް މަޖިލިސް އިންތިހާބެކޭ އެއްގޮތަށް، އެމްޑީޕީއަށް ތާއީދު ކުރާ ބޮޑު އާބާދީއެއް އޮންނަ އެ ރަށުން ކައުންސިލް އިންތިހާބުގައި ދައްކާލަދަނީ އެއީ އެމްޑީޕީގެ ބޮޑު "ކިއްލާއެއް" ކަމެވެ.

އެކަމަކު، އިއްޔެ ފެނިގެން ދިޔައީ، ކުޅުދުއްފުށީ މޭޔަރާއި ކައުންސިލުގެ ހުރިހާ މެމްބަރުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރާ ފެކްޝަން އެމްޑީޕީން ވަކިވެ، އުފައްދަމުންދާ އާ ޕާޓީ "ދަ ޑިމޮކްރެޓްސް" އާ ގުޅުނު ތަނެވެ. އެއްބުރުން އެމްޑީޕީއަށް މުޅި ކުޅުދުއްފުށި ގެއްލުނީ އެވެ.

އެ ނިންމުން ނިންމަވަން ޖެހުނު ސަބަބު ކުޅުދުއްފުށީގެ މޭޔަރު މުހައްމަދު އާތިފް ފޭސްބުކުގައި ހާމަކުރައްވައިފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ނިންމެވުން ނަންގަނަވަން ޖެހުނީ ރައްޔިތުން ހަވާލު ކުރި މަސައްކަތް ސަރުކާރުން ނުކުރާތީ އެވެ. އަދި އެކަމާ ހެދި ކުޅުދުއްފުށީ ރައްޔިތުންގެ ޝަކުވާ ވެސް ކޮންމެ ދުވަހަކު އަޑުއިވޭ ކަމަށް ވިދާޅުވި އެވެ.

އާތިފް ވިދާޅުވީ މިދިޔަ ރިޔާސީ އިންތިހާބުގައި ދިވެހިރައްޔިތުން އެމްޑީޕީއަށް ވެރިކަން ހަވާލުކުރީ ވަރަށް ފޮނި އުންމީދުގައި ކަމަށެވެ. އަދި ކުޅުދުއްފުށިން އެމްޑީޕީއަށް ބޮޑު އަގުލަބިއްޔަތެއްދިނީ ރަށުގެ ތަރައްގީގެ ދުވެލި ބާރުކޮށް ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުވާނެ އިގުތިސޯދީ އަދި އިޖްތިމާއީ ފުރުސަތުތަކެއް ފަހިވާނެކަމުގެ ފޮނި އުންމީދުގައި ކަމަށެވެ.

އާތިފް ވިދާޅުވީ، އެމްޑީޕިއަށް ރާއްޖޭގެ ވެރިިކަން ހަވާލު ކުރީ ވަރަށް ފުނި އުންމީދެއްގައި ކަމަށެވެ. އަދި ކުޅުދުއްފުށިން އެމްޑީޕީއަށް އަގުލަބިއްޔަތު ދިނީ ތަރައްގީގެ ދުވެލި ބާރުކޮށް ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުވާނެ އިގްތިސޯދީ އަދި އިޖްތިމާއީ ފުރުސަތުތަކެއް ފަހިވާނެކަމުގެ ފުނި އުންމީދުގައި ކަމަށެވެ.

"ރައްޔިތުން މަޖިލީހުގެ ދެ ދާއިރާގެ ދެ ގޮނޑިއާއި، ސިޓީ ކައުންސިލްގެ 7 ގޮނޑި އަށް އެމްޑީޕީ މެމްބަރުން އިންތިހާބުކޮށްދިނީ ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލުން ކުރާ މަސައްކަތްތަކުގެ އިތުރުން، މައި ސަރުކާރަށް ކުރި އުންމީދުތަކުގައި އަވަހަށް ކުލަޖެއްސުމަށް ބާރުއެޅުމުގެ ގޮތުންނާއި ވެސް އެކުގަ އެވެ." އާތިފް ފޭސްބުކުގައި ލިޔުއްވި އެވެ.

ކުޅުދުއްފުށީގެ މޭޔަރު އާތިފާއި ކައުންސިލުގެ މެމްބަރުން: އެ އެންމެން ވެސް އިންތިހާބުވީ އެމްޑީޕީގެ ޓިކެޓުގައި
ކުޅުދުއްފުށީގެ މޭޔަރު އާތިފާއި ކައުންސިލުގެ މެމްބަރުން: އެ އެންމެން ވެސް އިންތިހާބުވީ އެމްޑީޕީގެ ޓިކެޓުގައި

ކުޅުދުއްފުށީގެ މޭޔަރު އާތިފާއި ކައުންސިލުގެ މެމްބަރުން: އެ އެންމެން ވެސް އިންތިހާބުވީ އެމްޑީޕީގެ ޓިކެޓުގައި

އެކަމަކު، ސަރުކާރަށް ފަސް އަހަރު ފުރުމާއިގާތްވެފައި ވާއިރު ވެސް ކުޅުދުއްފުށީގެ ތަރައްގީއަށް ރައްޔިތުން އުންމީދުކުރިވަރާ ގާތައްވެސް ސަރުކާރުން މަސައްކަތް ކޮށްދެއްވާފައި ނުވާކަމުގެ ޝަކުވާ ކެނޑިނޭޅި ކޮންމެދުވަހަކު އަޑުއިވޭ ކަމަށް އާތިފް ވިދާޅުވި އެވެ.

އެމްޑީޕީއަށް ކުރި ތާއީދު އަނބުރާ ގެންދަވައި ޕާޓީން ވަކިވާން ޖެހުނީ ވެސް، އެ ކަންބޮޑުވުންތައް ހައްލު ކުރަން ސަރުކާރުން އަމަލީސިފައެއްގައި މަސައްކަތް ނުކުރާތީ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ އަޑުތައް ސަރުކާރާއި ހިސާބަށް އެތައް ފަހަރެއްގެމަތިން ލިއުމުންނާއި އަނގަބަހުން ގެންދެވިފައިވާއިރު އެކަންބޮޑުވުންތައް ހައްލުކުރުމަށް ސަރުކާރުގެ ފަރާތުން އަމަލީސިފައެއް ފެންނަމުން ނުދިއުމަކީ މިއަދު އަޅުގަނޑު ސަރުކާރަށް ކުރިތާއީދު އަނބުރާގެންނާން ޖެހުނު މައިގަނޑު ސަބަބުކަމުގައި ރައްޔިތުންގެ މައުލޫމާތައްޓަކައި ދެންނެވީމެވެ." އާތިފް ވިދާޅުވި އެވެ.

ކުޅުދުއްފުށީގެ އެމް.ޑީ.ޕީ ގެ ގިނަ އާންމު މެމްބަރުން ވެސް މި ފަސް އަހަރު ކުޅުދުއްފުށީގެ ތަރައްގީއާއިމެދު ކުރަމުންދިޔަ އުންމީދު ހާސިލްނުވެ ޕާޓީއަށް ކުރި އިތުބާރު ގެއްލި މާޔޫސްވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ރައްޔިތުންގެ ހައްގުގައި ތެދުވެ މިހާރަށްވުރެ ރަނގަޅުގޮތެއް ރައްޔިތުންނަށް ހޯދައިދިނުމަށް މަސައްކަތް ކުރުމަކީ ރައްޔިތުން ހަވާލުކޮށްފައިވާ މަސައްކަތަކަށް ވާތީ އެ މަސައްކަތުގައި ދެމިހުންނަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ނިންމުމާ ބެހޭގޮތުން "އަދަދު"އިން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން އާތިފް ވިދާޅުވީ، ސަރުކާރުގެ މައި ޕާޓީ، އެމްޑީޕީގައި މިހާރު ހުރުމަކީ ރަށުގެ ރައްޔިތުންނަށް ވެވޭނެ އިހުމާލެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

ސަރުކާރަށް އެއްބާރުލުން ދިނުމަށް އެއްވެސް ބަދަލެއް އަންނާނެތޯ ސުވާލު ކުރުމުން އާތިފް ވިދާޅުވީ، ކުޅުދުއްފުށީގެ ރައްޔިތުންގެ ހެވާއި ލާބައަށް ކުރާ އެއްވެސް ކަމެއްގައި ސަރުކާރަށް ހުރަހެއް ކުރިމަތިނުކުރާނެ ކަމަށެވެ.

އޭނާ ވިދާޅުވީ މިވީހާ ތަނަށް ވެސް ދިޔައީ، ސަރުކާރަށް އެއްބާރުލުން ދެމުން ކަމަށާއި މައްސަލައަކީ ސަރުކާރުން މަސައްކަތްތައް ނުކުރެވުމާއި ލަސްވުން ކަމަށެވެ.

އެމްޑީޕީގެ ޓިކެޓެއްގައި އިންތިހާބުވެވަޑައިގެންފައިވާއިރު، ޕާޓީން ވަކިވުމާއެކު އިސްތިއުފާ ދޭން ޖެހޭނެ ކަމަށް އެމްޑީޕީގެ ބައެއް މީހުން ދެކެ އެވެ. އެ ޕާޓީގެ ސްލޮޓުތަކުގައި ސިޔާސީ މަގާމުތަކަށް އައްޔަން ކުރި މީހުން ވެސް މިހާރު ދަނީ ވަކިކުރަމުންނެވެ.

އާތިފް ދެކެވަޑައިގަންނަވާ ގޮތުގައި ޕާޓީން ވަކިވުމަކީ އޭނާ މޭޔަރު އިސްތިއުފާ ދެއްވަން ޖެހޭ ސަބަބެއް ނޫނެވެ. އޭނާ އިންތިހާބު ކުރަން ވޯޓުދިނީ ވެސް ހަމައެކަނި އެމްޑީޕީގެ މެމްބަރުން ނޫންކަން ފާހަގަކުރެއްވި އެވެ.

އިސްތިއުފާ ދިނުމަކީ ހައްލެއް ނޫން ކަމަށާއި އެކަން ވާނީ އިންތިހާބު ކުރަން ވޯޓުދިން މެމްބަރުންގެ ހައްގުތަކުގައި ކޮޅުފައިން ޖެހުން ކަމަށް އާތިފް ވިދާޅުވި އެވެ.

ޖެނުއަރީ 28، ގައި ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ކުޅުދުއްފުށިން އެންމެ ގިނަ ވޯޓުލީ ނަޝީދަށެވެ. އެ ސިޓީއިން ނަޝީދަށް 245 ވޯޓު ލިބިވަޑައިގެންނެވި އިރު ރައީސް ސޯލިހަށް ލިބިވަޑައިގަތީ 219 ވޯޓެވެ.

އެކަމަކު، އެމްޑީޕީއަށް ތާއީދު ކުރާ ބޮޑު އާބާދީއެއް އޮންނަ ކުޅުދުއްފުށީގައި ބެހެއްޓި ފޮށިތަކަށް ވޯޓުލުމުގެ ހައްގު ލިބުނީ 500އެއްހާ މީހުން ކަމުން އެ ރަށުގައި މިހާރު އަގުލަބިއްޔަތު އޮތީ ޑިމޮކްރެޓްސްއަށް ކަމެއް ނުވަތަ އެމްޑީޕީއަށް ކަމެއް ނޭނގެ އެވެ.

ކުޅުދުއްފުށީ ކައުންސިލުގެ ހުރިހާ މެމްބަރުން ސޮއި ކުރުމަކީ ޑިމޮކްރެޓްސްއަށް ލިބުނު އުފަލެއް އަދި ކާމިޔާބީއެއް ކަމަށް އެ ޕާޓީ އުފައްދަން އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދެއްވި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު އިއްޔެ ވަނީ ވިދާޅުވެފަ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ނަޝީދު ބަލިވި ފަހުން އެމަނިކުފާނަށް ތާއީދުކުރާ މެމްބަރުން ގެންދިޔައީ "ފިކުރެއްގެ ދިރުން" ނަމުގައި ވަކި ފެކްޝަނެއް ގޮތަށް ހަރަކާތްތެރިވެ، ސަރުކާރަށް ފާޑުކިޔަމުންނެވެ.

ފިކުރެއްގެ ދިރުމުގެ މަޖިލިސް މެމްބަރުން އަދި އެމްޑީޕީގެ އިސް އޮފިޝަލުންގެ ގޮތުގައި ތިއްބެވި ބޭފުޅުން އެ ޕާޓީ ދޫކޮށް އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފެށީ މި މަހުގެ 17 ގަ އެވެ. އެއަށްފަހު މި މަހުގެ 21 ގައި ޑިމޮކްރެޓްސްއަށް ހުއްދަ ހޯދަން އީސީއަށް ފޯމް ހުށަހެޅުމުން އެކަމަށް ހުއްދަ ދިނީ މި މަހުގެ 24 ގަ އެވެ.

ޕާޓީ އުފައްދަން ހުއްދަ ދިނުމާއެކު މިހާރު ކުރިއަށްދަނީ ސޮއި ކުރުމާއި ދެން ވެސް ގާނޫނީ ގޮތުން ފުރިހަމަ ކުރަން ޖެހޭ ކަންކަމެވެ.

މިހާތަނަށް ޑިމޮކްރެޓްސްއަށް ސޮއި ކުރި ހަމައެކަނި މޭޔަރަކީ އާތިފެވެ. އެކަމަކު، ހަ އަތޮޅު ކައުންސިލެއްގެ ރައީސުން ވެސް ވަނީ ސޮއިކުރައްވައިފަ އެވެ. އެއީ ހއ، ށ، ނ، ބ، ވ، އަދި ލ. އަތޮޅުގެ ކައުންސިލު ރައީސުންނެވެ.

ނަޝީދުގެ ސަޕޯޓަރުން އެމްޑީޕީން ވަކިވާން ނިންމީ ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގެ އިން ވަކި ކުރުމުގެ މައްސަލައިގައި ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތް ކަމުގެ މައްސަލައަށް ފިކުރެއްގެ ދިރުމުން ތާއީދުކޮށް އެ މައްސަލަ ބޮޑުވެފައި އޮއްވަ އެވެ.

އެގޮތުން، އެ ފެކްޝަންގައި އިސްކޮށް ހަރަކާތްތެރިވަމުން ދިޔަ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް، ރިފްއަތުގެ އިތުބާރު ނެތް ކަމަށް ސޮއި ކުރުމުން އެމްޑީޕީން ވަކިކުރުމާއެކު ނަޝީދަށް ތާއީދުކުރާ އެހެން މަޖިލިސް މެމްބަރުން ވެސް ޕާޓީން ވަކިވާން ފެށި އެވެ.

އާޒިމް ހިމެނޭހެން ނަޝީދަށް ތާއީދުކުރައްވާ ރައްޔިތުންގެ މަޖިލީހުގެ 13 މެމްބަރަކު ވަނީ އެމްޑީޕީން ވަކިވެފަ އެވެ. ނަމަވެސް ނަޝީދު އަދި ހުންނެވީ އެމްޑީޕީގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ފައިސަލްއަށް ކުރާ ތުހުމަތުތައް އާއިލާއިން ދޮގުކޮށްފި

ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމްގެ އަގުވައްޓާލުމަށް ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވާހަކަތައް އެމަނިކުފާނުގެ އާއިލާއިން ނޫސްބަޔާނެއް މެދުވެރިކޮށް ވަނީ ދޮގުކޮށްފައި. އާއިލާގެ 10 މެންބަރަކު ސޮއިކޮށް ނެރުނު މި ބަޔާނުގައި ބުނެފައިވަނީ، ސިޔާސީ މަންފާއެއް ހާސިލުކުރުމަށް ފަތުރާ މިފަދަ ހަގީގަތާ ހިލާފު ވާހަކަތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް.

ހިލޭ ޑިގްރީ ފުރިހަމަކުރި ދަރިވަރުންގެ އަދަދު ނުބަލަހައްޓާ

ސަރުކާރުގެ ހިލޭ ޑިގްރީ ސްކީމްގެ ދަށުން ކިޔެވި ދަރިވަރުންގެ ތެރެއިން ކޯސް ފުރިހަމަކުރި އަދަދު އެނގޭނެހެން މައުލޫމާތު ބަލަހައްޓާފައި ނުވާކަން އޮޑިޓް ރިޕޯޓުން ވަނީ ހާމަވެފައި. މި ނިޒާމުގެ ބަލިކަށިކަމުން، ކޯސް ފުރިހަމަނުކުރާ ދަރިވަރުންނާއި ކުރިން ޑިގްރީ ހާސިލުކޮށްފައިވާ ދަރިވަރުންނަށް ވެސް މިލިއަނުން ފައިސާ ޚަރަދުކޮށްފައިވާކަން ފާހަގަކުރެވިފައިވޭ.

ޕާކިސްތާނުގެ ސިފައިންގެ ވެރިޔާ އާއި އަބްދުއްރަހީމް ބައްދަލުކޮށްފި

މި ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރަން ޕާކިސްތާނު އަދާކުރާ ރޯލު މަޖިލީހުގެ ރައީސް އަބްދުއްރަހީމް ފާހަގަ ކުރެއްވި ކަމަށް ވެސް ނޫސްތަކުގައި ލިޔެފައި އޮތެވެ.

ޗައިނާގެ ގައުމީ ދުވަސް ރާއްޖޭގައި ފާހަގަކޮށްފި

"އާބަން ސަރަހައްދުތައް ތަރައްގީ ކުރުމާއި ދެމެހެއްޓެނިވި ގޮތެއްގައި ރަށްތައް ތަރައްގީ ކުރުމާއި ތައުލީާއި ޓެކްނިކަލް އަދި އިންސްޓިޓިއުޝަނަލް ސަޕޯޓުގެ ދާއިރާއިން ޗައިނާ ދަނީ ރާއްޖެއަށް އެހީވަމުން،" ރައީސް ވިދާޅުވި އެެވެ.

ތިލަފުށީ ބަނދަރުގެ މަސައްކަތް ކުރަން ކުންފުންޏެއް ހަދައިފި

މޯލްޑިވްސް ޕޯޓް ޑިވެލޮޕްމަންޓްގެ މެނޭޖިން ޑިރެކްޓަރަކީ އެމްޕީއެލްގެ ސީއީއޯ ހުސެއިން ޝަފީގެވެ. ބޯޑު މެންބަރުންގެ ގޮތުގައި ތިއްބެވީ އޭނާގެ އިތުރުން އަލީ ޒުހައިރު، ޝިމާދް އިބްރާހިމް، މުހައްމަދު ނިޒާމް، އަހުމަދު ސާލިމް އަދި މުހައްމަދު ލަމްއާން އެވެ.

އާރްޑީސީއާ ހަވާލުކުރި ލިންކް ރޯޑު ޕްރޮޖެކްޓް ޗައިނާ ބަޔަކަށް ދީފި

އެ މަސައްކަތް މިއަދު ހަވާލު ކުރީ ރޯޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ ކޯ ލިމިޓެޑްއާ އެވެ. އެއީ ހުޅުމާލޭގެ މަގުތައް ހަދަން ވެސް ހަވާލުކޮށްފައިވާ ކުންފުންޏެވެ. އަދި ހުޅުމާލޭގައި ވެއާހައުސްތަކެއް ހެދުމުގެ މަސައްކަތް ވެސް ހަވާލު ކުރީ އެކުންފުންޏަށެވެ.

"ޕްލާސްޓިކް ހޮޅި މަނާކޮށްގެން އެކަށީގެންވާ ހައްލެއް ނުލިބޭ"

ސިންގަލް ޔޫސް ޕްލާސްޓިކް ހޮޅި މަނާކުރުމުން އެކަށީގެންވާ ހައްލެއް ނުލިބޭ ކަމަށާއި، ބޭނުންވަނީ ކަރުދާސް ހޮޅިއަށްވުރެ ފެންވަރު ރަނގަޅު ބަދަލެއް ހޯދުން ކަމަށް މިނިސްޓަރު އަލީ ޝަރީފް ވިދާޅުވި. މިކަމާ ގުޅިގެން، ކުރިން މަނާކޮށްފައިވާ ޕްލާސްޓިކް ހޮޅި ރާއްޖެއަށް އެތެރެކުރުމާއި ބޭނުންކުރުމުގެ މުއްދަތު 2031 އަށް ސަރުކާރުން ވަނީ އިތުރުކޮށްފައި.

Newsletter

Get the latest news delivered straight to your inbox