މި ސީޒަން ނިމުމުން ސްޕަލެއްޓީ ނަޕޯލީގެ ކޯޗުކަމުން ވަކިވަނީ

May 30, 2023, 12:44 AM
މި ސީޒަން ނިމުމުން ސްޕަލެއްޓީ ނަޕޯލީގެ ކޯޗުކަމުން ވަކިވަނީ

މިލާން (މެއި 30) - ތިރީސް ތިން އަހަރުގެ ތެރޭގައި ނަޕޯލީ އަށް އިޓާލިއަން ލީގުގެ ޗެމްޕިއަންކަން ހޯދައިދިން ކޯޗު ލޫޗިއާނޯ ސްޕަލެއްޓީ މި ސީޒަން ނިމުމުން އެ ޓީމުގެ ކޯޗުކަމުން ވަކިވާން ނިންމައިިފިއެވެ.

އިޓަލީގެ ގައުމީ ޓީމުގެ ޓްރެއިނިން ސެންޓަރުގައި އިއްޔެ އޮތް އިވެންޓެއްގައި ވާހަކަދައްކަމުން ކުރިން ރޯމާ އަށް ކޯޗުކޮށްދިން ސްޕަލެޓީ، 64، ބުނީ ނަޕޯލީގެ ކޯޗުކަމުން ވަކިވުމަށް ފަހު، އޭނާ ފުޓްބޯޅައިން "ބްރޭކެއް" ނަގާނެ ކަމަށެވެ. އަދި އަހަރެއްހާ ދުވަހު ފުޓްބޯޅައާ ދުރުގައި ހޭދަކުރަން ނިންމާފައިވާ ކަމަށެވެ.

"އަހަރެން އެބަ ބޭނުންވޭ އަރާމުކޮށްލަން. ހަގީގަތުގައި އަހަރެން ވަރަށް ވަރުބަލިވެއްޖެ،" ސްޕަލެއްޓީ ބުންޏެވެ.

"އަހަރެއްހާ ދުވަސް އަހަރެން ނަޕޯލީ ނުވަތަ އެހެން ކްލަބާ ވެސް ހަވާލުނުވެ ހޭދަކުރަން ބޭނުން. މި ޓީމު މިހާރު މި އޮތް ލެވަލުން އަހަންނަށް ވުރެ ރަނގަޅު ކޯޗަކާ އެކު އިތުރަށް ކުރެވިދާނެ ކަމަށް މި ބަލަނީ."

މި ސީޒަންގެ އިޓާލިއަން ލީގުގައި ބާކީ ފަސް މެޗު އޮއްވައި، ސްޕަލެއްޓީ އިރުޝާދުގެ ދަށުން އެ ޓީމުން ވަނީ އިޓާލިއަން ލީގުގެ ޗެމްޕިއަންކަން ކަށަވަރުކޮށްފަ އެވެ. ނަޕޯލީން މި ސީޒަންގައި ހޯދި ކާމިޔާބީ އަކީ ސްޕަލެއްޓީގެ ދިގު ކޯޗިން ކެރިއަރުގައި ވެސް ހާއްސަ ޖާގައެއް ލިބިގެންދާނެ ކަމެކެވެ.

ސްޕަލެއްޓީ އިރުޝާދުގެ ދަށުން ނަޕޯލީ ކުޅޭ ފަހު މެޗަކަށް ވާނީ އަންނަ އާދިއްތަ ދުވަހު އަމިއްލަ ދަނޑުގައި ސަމްޕްޑޯރިއާއާ ދެކޮޅަށް ކުޅޭ މެޗެވެ.

އިޓަލީގެ އެމްޕޮލީން 1993 ވަނަ އަހަރު ކޯޗިން ކެރިއަރު ފެށި ސްޕަލެއްޓީ ވަނީ ފަހުން، އިޓަލީގެ ސަމްޕްޑޯރިއާ، ވެނެޒިއާ، އުދިނޭޒީ، އަންކޯނާ، ރޯމާ އަދި އިންޓަ މިލާނަށް ކޯޗުކޮށްދީފަ އެވެ. މީގެ ތެރެއިން ރޯމާ އާއި އުދިނޭޒީ އަށް ދެ ފަހަރެއްގެ މަތިން ކޯޗުކޮށްދިން ސްޕަލެއްޓީ އިޓަލީން ބޭރު ޓީމަކަށް އިރުޝާދުދިނީ 2009 އިން 2014 އަށް ރަޝިއާގެ ޒެނިޓު ޕީޓާސްބާގް އަށެވެ.

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox