އައިޕީއެލް ފައިނަލް މިއަދުވެސް ނުކުޅެވިއްޖެނަމަ ޗެމްޕއަިްަ ލިބޭނީ ގުޖުރާތަށް!

May 29, 2023, 5:22 AM
ޗެންނާއީ ޓީމުގެ ދޯނީ (ކ) އާއި ގުޖުރާތު ޓީމުގެ ހާޑިކް ޕާންޑްޔާ ޕްލޭއޮފް މެޗަށް ފަހު.

ޗެންނާއީ ޓީމުގެ ދޯނީ (ކ) އާއި ގުޖުރާތު ޓީމުގެ ހާޑިކް ޕާންޑްޔާ ޕްލޭއޮފް މެޗަށް ފަހު.

އަހުމަދުއާބާދު، އިންޑިއާ (މެއި 29) - އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)ގެ ފައިނަލް މެޗު މިރޭވެސް ނުކުޅެވިއްޖެ ނަމަ ޗެމްޕިއަންކަން ގުޖުރާތަށް ލިބޭނެ އެވެ.

ދުނިޔޭގެ އެންމެ އަގުބޮޑު ކްރިކެޓު ލީގު ކަމަށްވާ އިންޑިއަން ޕްރިމިއާ ލީގުގެ ފައިނަލުގައި މި އަހަރު ވާދަކުރަނީ އެންމެ ފަހުގެ ޗެމްޕިއަން ގުޖުރާތު ޓައިޓަންސް އާއި ޗެންނާއީ ސުޕަ ކިންގްސް އެވެ. ފައިނަލް މެޗު ކުޅެން ހަމަޖެހިފައި އޮތީ ރޭގަ އެވެ. ނަމަވެސް އިންޑިއާގެ އަހުމަދުއާބާދަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން މެޗު މިއަދަށް ފަސްކުރަން ޖެހުނީ އެވެ.

އިއްޔެ ހަވީރާ ހަމައަށް އަހުމަދުއާބާދުގެ މޫސުން ފެނުނީ ރަނގަޅަށެވެ. ނަމަވެސް މެޗު ފެށުގެ ބައިގަޑިއެއްހާއިރު ކުރިން ބޯކޮށް ވާރޭވެހެން ފެށި އެވެ. ރޭ ބައެއް ވަގުތުތަކުގައި ކުޑަކޮށް ވާރޭ ތުނިކުރި ނަމަވެސް މެޗު ކުރިއަށްގެންދެވޭ ވަރަށް ވާރޭ ހުއްޓާ ނުލަ އެވެ.

މެޗު އޮފިޝަލުން ފުރަތަމަ ނިންމައިގެން ތިބީ އަވަހަށް ވާރޭ ހުއްޓާލައިފި ނަމަ ކުރިން ހަމަޖެހިފައި އޮތް ގޮތަށް ފުލް މެޗު ކުޅޭށެވެ. ނަމަވެސް މެޗު ފަށަން ހަމަޖެހިފައިވާ ގަޑިއަށްވުރެ ދޮޅު ގަޑިއިރު ލަސްވުމުން ފަސް އޯވަރަށް ކުޅޭ ފައިނަލެއް ގޮތަށް މެޗު ކުރިއަށްގެންދަންވެސް މެޗުގެ އޮފިޝަލުން ތިބީ ނިންމައިގެންނެވެ. ނަމަވެސް އެއްވެސް ވަރަކަށް މެޗު ކުރިއަށް ނުގެންދެވޭ ވަރުވުމުން މެޗު މިއަދަށް ފަސްކުރީ އެވެ.

އައިޕީއެލްގެ ފައިނަލު މެޗު އެއްވެސް ހާލަތެއް ދިމާވެގެން ނުކުޅެވިއްޖެ ނަމަ އެ ޖެހިގެން އަންނަ ދުވަހު ކުޅޭ ގޮތަށް ރިޒާވް ދުވަހެއް ޝެޑިއުލްގައި އޮންނަނީ ހިމަނާފަ އެވެ.

ފައިނަލް މެޗު މިއަދުވެސް ނުކުޅެވިއްޖެނަމަ ތަށި ލިބެނީ ކޮންބަޔަކަށް؟

އައިޕީއެލްގެ ފައިނަލް މެޗު މިއަދު އެއްވެސް ސަބަބަކާ ހުރެ ނުކުޅެވިއްޖެ ނަމަ ޗެމްޕިއަންކަން ލިބޭނީ ގުޖުރާތަށެވެ. މުބާރާތުގެ ގަވާއިދުގައި ވާ ގޮތުން އެއްވެސް ގޮތަކަށް މެޗުު ނުކުޅެވޭ ހާލަތެއް ދިމާވެއްޖެ ނަމަ ތަށި ލިބެނީ ލީގު ބުރުގައި ގިނަ ޕޮއިންޓް ހޯދާފައި އޮތް ޓީމަކަށެވެ. މިއަހަރުގެ އައިޕީއެލްގެ ލީގު ބުރުގެ އެއްވަނަ ހޯދީ 20 ޕޮއިންޓް ހޯދި ގުޖުރާތެވެ. 17 ޕޮއިންޓް ހޯދި ޗެންނާއީ އޮތީ ދެވަނައިގަ އެވެ.

ލީގު ބުރުގައި ހޯދި ނަތީޖާއަށް ބަލައި ޗެމްޕިއަންކަން ގުޖުރާތަށް ދިނުމަކީ އެންމެ ފަހު ސިނާރިއޯ އެވެ. ވިއްސާރައިގެ ސަބަބުން 20 އޯވަރު ކުރިއަށް ނުގެންދެވޭ ކަަމަށްވާނަމަ މެޗުގެ އޯވަރު މަދުކޮށް ކުރިއަށް ގެންދަން މަސައްކަތްކުރާނެ އެވެ. ފަސް އޯވަރުވެސް ކުރިއަށް ނުގެންދެވިއްޖެ ނަމަ ސުޕަ އޯވަރެއް ކުޅެގެންވެސް ޗެމްޕިއަން ކަނޑައެޅިދާނެ އެވެ. ސުޕަ އޯވަރު ކުޅޭނީ އެއް އޯވަރުވިޔަސް ކުޅެވޭނެ ހާލަތަށް ޕިޗު ތައްޔާރުވެފައި އޮތް ކަމަށް މެޗުގެ އޮފިޝަލުން ނިންމައިފި ނަމަ އެވެ.

މިއަހަރުގެ ފައިނަލަކީ ގިނަ ގޮތްގޮތުން ފާހަގަކޮށްލެވޭ ފައިނަލެކެވެ. މި ފައިނަލަކީ ޗެންނާއީ އައިޕީއެލްގައި ކުޅޭ 10 ވަނަ ފައިނަލެވެ. މިއީ ފަހަރުގައި އިންޑިއާގެ އެންމެ ލެޖެންޑަރީ ކެޕްޓަން މަހިންދުރަ ސިންގް ދޯނީގެ ފަހު މެޗަށްވުން ގާތެވެ. ދޯނީގެ ގާތް މީހުން މައުލޫމާތު ދޭ ގޮތުގައި 41 އަހަރުގެ ދޯނީ ހުރީ އައިޕީއެލްގެ ފައިނަލަށްފަހު ރިޓަޔާކުރަން ނިންމައިގެންނެވެ.

މިއަހަރުގެ އައިޕީއެލްގެ ތަށި ޗެންނާއީ އިން ހޯދައިފި ކަމަށްވާނަމަ އެޓީމަށް މުބާރާތުގެ ޗެމްޕިއަންކަން ފަސް ވަނަ ފަހަރަށް ލިބޭނެ އެވެ. މީގެ ކުރިން ފަސް ފަހަރު ތަށި ހޯދާފައިވަނީ މުމްބާއީ އިންޑިއަންސް އެކަންޏެވެ.

ގުޖުރާތުގެ ކެޕްޓަން ހާދިކް ޕާންޑިޔާއަށްވެސް މި ފައިނަލް މެޗު ހާއްސަ ވާނެ އެވެ. މިހާތަނަށް ހާދިކް ކުޅުނު ފަސް ފައިނަލު މެޗުގައިވެސް ކުރި ހޯދި ޓީމްގައި ހާދިކް ހިމެނުނެވެ. މިދިޔަ ސީޒަންގައި އައިޕީއެލްގައި ކުޅެން ފެށި ގުޖުރާތަކީ މިދިޔަ ސީޒަނާ މި ސީޒަންގެވެސް އެންމެ ފޯމުގައި އޮތް ޓީމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2030 ގެ ފީފާ ވޯލްޑް ކަޕްގެ ރައިޓްސްތަކެއް ނެޓްފްލިކްސް އަށް

2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މެޗުތައް ސްޕެއިން އާއި އެންޑޯރާގައި ދެއްކުމުގެ ރައިޓްސް ނެޓްފްލިކްސް އިން ގަނެފި. މި އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު އެއް މެޗު ހިލޭ ސްޓްރީމް ކުރާއިރު، އޭގެ ތެރޭގައި ސެމީ ފައިނަލާއި ފައިނަލް މެޗު ވެސް ހިމެނޭ.

ޗައިނާ މުބާރާތުގައި ވެސް ގައުމީ ފުޓްސަލް ޓީމަށް ކޯޗު ޒަކީރޯވް

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވެސް ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދޭނީ ކޯޗު ފާރޫކް ޒަކީރޯވް ކަމަށް އެފްއޭއެމް އިން ވަނީ ހާމަކޮށްފައި. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމުން މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު، ރާއްޖޭގެ އިތުރުން މި މުބާރާތުގައި ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާނެ

ގައްދޫ ބަލިކޮށް ބުރު އަށް ސީޒަންގެ ފުރަތަމަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ 2-0 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި. މި މެޗުގެ ލަނޑުތައް ބުރު ސްޕޯޓްސްއަށް ކާމިޔާބުކޮށްދިނީ ޖުއާން އެޑުއާޑޯ ލެސްކާނޯ އާއި އިބްރާހިމް އުސާމާ ހަސަން މަޖީދު

ލަމްޕާޑް އެދުނީ ކަވެންޓްރީ އިން ހަމަބިމުގައި ތިބެން

ކޯޗު ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކަވެންޓްރީ ސިޓީން 25 އަހަރަށް ފަހު ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ފުރަތަމަ މޮޅު ހޯދައިފި. ނިއުކާސަލް އަތުން ލިބުނު މި ކާމިޔާބީއާއެކުވެސް، ލަމްޕާޑް ބާރުއެޅީ ޓީމުގެ ސަމާލުކަން ނުގެއްލުވައި ހަމަބިމުގައި ތިބެގެން ކުރިއަށް ދިއުމަށް

އެމެރިކާ އަކީ ފުޓްބޯޅައިގެ ގައުމެއް ނޫން: ޖިރޫ

އެމެރިކާގެ އެލްއޭ އެފްސީއަށް ކުޅުމަށްފަހު ފްރާންސްގެ ލިލް އަށް ބަދަލުވި އޮލިވިއޭ ޖިރޫ ބުނިގޮތުގައި، އެމެރިކާ އަކީ ޔޫރަޕާ އަޅާބަލާއިރު ފުޓްބޯޅައިގެ ޖޯޝާއި ފޯރި ކުޑަ، ހަމައެކަނި ފުޓްބޯޅައިގައި ހިމެނޭ ފައިސާއަށް އިސްކަންދޭ ގައުމެއް

ރާއްޖެ މެޗުގެ ކަންތަކާ ހެދި ލަންކާ ކޯޗު 5000 ޑޮލަރުން ޖޫރިމަނާ

އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ދިވެހި ޓީމަށް ބޭއަދަބީ ބަހުން މުހާތަބުކުރި ލަންކާގެ އެސިސްޓަންޓް ކޯޗު މުހައްމަދު އިމްރާން 5000 ޑޮލަރުން އޭއެފްސީން ޖޫރިމަނާކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ ވަގުތުން މަގާމުން ވަކިކޮށްފައިވާއިރު، ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް ދިނުމަށްވެސް އެ ފެޑެރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގައްދޫން މި ބުރުގައި ހަ ޕޮއިންޓް ހޯދަންޖެހޭ: ނަޒީހު

ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ބަލިވެފައިވާ ގައްދޫ ޓީމުން، މި ބުރުގައި ހަ ޕޮއިންޓް ހޯދަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނެފިއެވެ. ބަޖެޓާއި ތަޖުރިބާކާރު ކުޅުންތެރިންގެ ދަތިކަން ހުރި ނަމަވެސް، މިއަދު ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗަކީ ރަނގަޅު ނަތީޖާއެއް ނެރެން އުންމީދުކުރާ މެޗެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

Newsletter

Get the latest news delivered straight to your inbox