ޕީއެސްޖީން ރެކޯޑް ލީގު ތަށްޓެއް ހޯދިއިރު، މެސީ އަށް ވެސް ރެކޯޑެއް

May 28, 2023, 1:37 AM
ލަނޑު ޖެހުމަށް ފަހު މެސީ (ވ) އާއި އެމްބާޕޭ އުފާފާޅުކުރަނީ

ލަނޑު ޖެހުމަށް ފަހު މެސީ (ވ) އާއި އެމްބާޕޭ އުފާފާޅުކުރަނީ

ޕެރިސް (މެއި 28) - ސްޓްރާސްބޯއާ 1-1 އިން އެއްވަރުކޮށް، ޕީއެސްޖީން ރޭ 11 ވަނަ ފަހަރަށް ފްރެެންްޗް ލީގުގެ ޗެމްޕިއަންކަން ހޯދައި ލީގުގެ ތާރީހުގައި އެންމެ ކާމިޔާބު ޓީމުގެ ރެކޯޑް ހެދިއިރު، މި މެޗުގައި ގޯލު ޖަހައި ޕީއެސްޖީގެ ލިއޮނަލް މެސީ ޔޫރަޕްގެ ވަރުގަދަ ފަސް ލީިގުގައި ލަނޑު ޖެހުމުގެ ރެކޯޑެއް ހަދައިފި އެވެ.

ޕީއެސްޖީ އަކީ ފްރެންޗް ލީގުގެ ތާރީހުގައި އެންމެ ގިނަ ފަހަރަށް ލީގު ހޯދި ޓީމެވެ. މީގެ ކުރިން 10 ލީގު ތަށްޓާ އެކު ޕީއެސްޖީ އޮތީ ސެއިން އެޓިއެން އާއި މާސޭއާ އެއްވަރުވެފަ އެވެ.

ސްޓްރާސްބޯ ދަނޑުގައި ރޭ ކުޅުނު މެޗުގައި ޕީއެސްޖީން ލީޑުނެގީ 59 ވަނަ މިނިޓްގަ އެވެ. ޕީއެސްޖީގެ ކީލިއަން އެމްބާޕޭ ދިން ބޯޅައަކަށް އަރައި މެސީ ވަނީ ހަމަޖެހިލައިފައި ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ. މިއީ ޔޫރަޕްގެ ވަރުގަދަ ފަސް ލީގުގައި މެސީ ޖެހި 496 ވަނަ ގޯލެވެ. މިއާ އެކު، މީގެ ކުރިން މި ރެކޯޑް އޮތް ކްރިސްޓިއާނޯ ރޮނާލްޑޯ އަތުން މި ރެކޯޑް ގެއްލުނީ އެވެ. ރޮނާލްޑޯ ރެކޯޑް ހެދީ 495 ގޯލު ޖަހައިގެންނެވެ.

Advertisement

ރެލިގޭޝަނުން ސަލާމަތްވި ސްޓްރާސްބޯ އަށް ރޭގެ މެޗުގައި އެއްވަރުކޮށްދިން ގޯލު ޖަހައިދިނީ ކުރިން ޕީއެސްޖީ އަށް ކުޅުނު ކެވިން ގަމެއިރޯ އެވެ.

މިއީ އެންމެ ފަހުން 11 އަހަރު ތެރޭ ޕީއެސްޖީން ފްރެންޗް ލީގު ޗެމްޕިއަންކަން ޕީއެސްޖީން ހޯދި ނުވަ ވަނަ ފަހަރެވެ. ޕީއެސްޖީ އަށް މި ފަހަރުގެ ލީގު ޗެމްޕިއަންކަން ހޯދައިދިން ކޯޗު ކްރިސްޓޮފް ގަލްޓިއޭ އަށް އެ ޓީމުގެ މަގާމުގައި ދެމި ހުރުމަށް ގޮންޖެހުންތަކެއް އެބަހުއްޓެވެ.

ރޭގެ މެޗަށް ފަހު ގަލްޓިއޭ ބުނީ ޖަރުމަނު ލީގުގައި އެންމެ ފަހު ދުވަހު ވީ ގޮތް އޭނާ އަށް ފެނުނު ކަމަށާއި އޭގެއިން ވެސް އެނގޭ ކަމަކީ ލީގެއްގެ ޗެމްޕިއަންކަން ހޯދުމަކީ ފަސޭހަކަމެއް ނޫން ކަމަށެވެ.

މި ސީޒަނަށް ފަހު މެސީ ވެސް ޕީއެސްޖީ ދޫކޮށްލާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ. މެސީ، ޕީއެސްޖީއާ އެކު ކޮންޓްރެކްޓްގައި ހުރީ އަންނަ މަހުގެ ނިޔަލަށެވެ. މި ފަހަރު ލީގުގައި 16 ގޯލު ޖަހައި، 16 ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދިން މެސީ، އަށް ޕީއެސްޖީން އާ ކޮންޓްރެކްޓެއް ދިން ނަމަވެސް އޭނާ އެ އަށް އެއްބަހެއްނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox