ޗެލްސީ ބަލިކޮށް ޔުނައިޓެޑުން ގަދަ ހަތަރެއް ޔަގީންކޮށްފި

May 26, 2023, 1:36 AM
ޔުނައިޓެޑަށް ރޭގެ މެޗުގައި ފުރަތަމަ ގޯލު ޖަހައިދިން ކަސެމީރޯ ލަނޑަށް ފަހު އުފާފާޅުކުރަނީ.

ޔުނައިޓެޑަށް ރޭގެ މެޗުގައި ފުރަތަމަ ގޯލު ޖަހައިދިން ކަސެމީރޯ ލަނޑަށް ފަހު އުފާފާޅުކުރަނީ.

މެންޗެސްޓާ (މެއި 26) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީ 4-1 އިން ބަލިކޮށް މެންޗެސްޓާ ޔުނައިޓެޑުން ގަދަ ހަތަރެއް ޔަގީންކޮށް އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ޖާގައެއް ހޯދައިފި އެވެ.

އަންނަ ސީޒަނުގައި ޕްރިމިއާ ލީގުން ޗެމްޕިއަންސް ލީގަށް ކޮލިފައިވީ ލީގު ޗެމްޕިއަންކަން ހޯދި މެންޗެސްޓާ ސިޓީ އާއި އާސެނަލްގެ އިތުރުން ތިން ވަނައިގައި ނިންމި ނިއުކާސަލް ޔުނައިޓެޑާއި ހަތަރެއްގައި އޮތް ޔުނައިޓެޑް އެވެ. ނިއުކާސަލް އިން 20 އަހަރު ފަހުން ޗެމްޕިއަންސް ލީގުގައި ވާދަކުރާއިރު، އާސެނަލުން ޗެމްޕިއަންސް ލީގުގައި މި ކުޅެނީ ހަ އަހަރުގެ މެދުކެނޑުމަކަށް ފަހު އެވެ.

ޔުނައިޓެޑުން ރޭ ޗެލްސީ ބަލިކުރުމާ އެކު، ލިވަޕޫލަށް ގަދަ ހަތަރެއްގެ ދޮރު ބަންދުވީ އެވެ. އަންނަ ސީޒަނުގައި ލިވަޕޫލް ކުޅޭނީ ޔޫރޮޕާ ލީގުގަ އެވެ.

ރޭ އޯލްޑް ޓްރެފޯޑް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ޗެލްސީ އަށް ލީޑުނަގައިދޭން މިކައިލޯ މުޑްރިކަށް އޭރިއާތެރެއިން ހުސްކޮށް ލިބުނު ބޯޅަ ރަނގަޅަށް ފޮނުވައިނުލެވުނެވެ. ޔުނައިޓެޑަށް ލީޑުނަގައިދިނީ ހިލޭ ޖެހުމަކުން ހުރަސްވި ބޯޅައެއްގައި ކަސެމީރޯ ބޮލުން ވައްދާލި ގޯލުންނެވެ. ހަ ވަނަ މިނިޓްގައި ކަސެމީރޯ ޖެހި މި ގޯލު ބަލައިގަތީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) މެދުވެރިކޮށް، އޮފްސައިޑް ނޫންތޯ ކަށަވަރު ކުރުމަށް ފަހު އެވެ.

ޗެލްސީ އަށް އެއްވަރުކޮށްދޭން ގިނަ ފުރުސަތުތަކެއް ލިބިގެންދިޔައިރު، އޭގެއިން އެއްވެސް ބޯޅައެއްގައި ބޭނުމެއް ނުހިފުނެވެ. ޔުނައިޓެޑްގެ އޭރިއާތެރެއިން ޗެލްސީގެ ކައި ހަވާޓްޒް ވެއްޓިގެންފައި ބޮލުން ޖެހި ބޯޅަ އަރިމަތިން ދިޔައިރު، ކޯނާ ގެލަގާ ޖެހި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރުންނެވެ.

ދެ ވަނަ ހާފުގައި ވެސް ފުރަތަމަ ގޯލު ޖަހާނެ ފުރުސަތުތައް ނަގާލީ ޗެލްސީންނެވެ. ޔުނައިޓެޑުން ތިން ވަނަ ގޯލު ޖެހީ 73 ވަނަ މިނިޓްގައި ޕެނަލްޓީ އަކުން ބްރޫނޯ ފެނާންޑޭސް އެވެ. މިއީ، ފެނާންޑޭސް އަށް އޭރިއާތެރެއިން ޗެލްސީގެ ވެސްލީ ފޮފާނާ ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ. އޭގެ ފަސް މިނިޓް ފަހުން، ހުސްކޮށް ލިބުނު ފުރުސަތެއްގެ ބޭނުންހިފައި، މާކަސް ރަޝްފޯޑް ވަނީ ޔުނައިޓެޑްގެ ހަތަރު ވަނަ ގޯލު ޖަަހައިފަ އެވެ. ރަޝްފޯޑް ކުޅެން އެރީ ޔުނައިޓެޑްގެ އެންޓޮނީ އަށް އަނިޔާވެގެން ސްޓްރެޗަރުގައި ބޭލުމުންނެވެ.

މުޅި މެޗުގައި ވެސް ގޯލު ޖަހާނެ ގިނަ ފުރުސަތުތަކެއް ނަގާލި ޗެލްސީން ވަނީ މެޗުގެ ފުރިހަމަ ވަގުތު ހަަމަވާން މިނިޓަކަށް ވެފައި ހުއްޓައި ގޯލެއް ޖަހައިފަ އެވެ. މި ލަނޑަކީ ބަދަލަކަށް ކުޅެން އެރި ދެ ކުޅުންތެރިން ގުޅިގެން ކުރި އެޓޭކެއްގައި ޖެހި ގޯލެކެވެ. އަމިއްލަ ހާފުގެ ތެރެއިން ޗެލްސީގެ ޔާއޯ ފެލިކްސް ހިފައިގެން ދިޔަ ބޯޅަ އޭރިއާބޭރު ރޮނގުކައިރިން ވަނީ ގޯލުގެ ތިރީ ކަނަށް އަމާޒުކޮށްލައިފަ އެވެ.

ޗެލްސީގެ ކޯޗުކަމާ ފްރޭންކް ލަމްޕާޑް އަލުން ހަވާލުވި ފަހުން، ކުޅުނު 10 މެޗުގެ ތެރެއިން އަށް މެޗުން ބަލިވިިއިރު، ރޭގެ މެޗަކީ ސީޒަނުގައި އެ ޓީމު ބަލިވި 16 ވަނަ މެޗެވެ. ޗެލްސީ މި ވަގުތު ލީގުގެ 12 ވަނައިގައި އޮތްއިރު، މިއީ 1996 ވަނަ އަހަރަށް ފަހު ޗެލްސީން ލީގުގެ މިހާ ފަހަތުގައި ނިންމާ ފުރަތަމަ ފަހަރެވެ. އަނެއްކޮޅުން، މިއީ، އިނގިރޭސި ލީގު ރީބްރޭންޑްކޮށް ޕްރިމިއާ ލީގަށް ބަދަލުވި ފަހުން ޕޮއިންޓްގެ އަދަދަށް ބަލާނަމަ ޗެލްސީގެ އެންމެ ދަށް ފަހަރެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox