ތާރު އަޅަން ފެށުމުގެ ކުރިން އަމީނީ މަގަށް މިއަދު ކެމިކަލް ޖަހާނެ

އަމީނީ މަގު ހެދުމުގެ މަސައްކަތް ކުރިއަށް ދަނީ; މަގު ހެދުމުގެ ސެގްމެންޓް 7ގެ ދަށުން މިއަދު ކެމިކަލް ޖަހާނެ -- ފައިލް ފޮޓޯ: އިޔާން/ އަދަދު

އަމީނީ މަގު ހެދުމުގެ މަސައްކަތް ކުރިއަށް ދަނީ; މަގު ހެދުމުގެ ސެގްމެންޓް 7ގެ ދަށުން މިއަދު ކެމިކަލް ޖަހާނެ -- ފައިލް ފޮޓޯ: އިޔާން/ އަދަދު

އަމީނީ މަގު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަސައްކަތުގެ ތެރެއިން, މިހާރު ހަދަމުންދާ ބަޔަށް މިއަދު ކެމިކަލް މާއްދާތައް ހިމެނޭ ބިޓްމެން (އެމްސީ30) ސްޕްރޭ ކުރާނެ ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ބުނެފި އެވެ.

އަމީނީ މަގުގެ މަސައްކަތް މިހާރު ކުރިއަށް ދަނީ ދޮންއަދަރާދަ ހިނގުމުން ފަށައިގެން ރަށްދެބައި މަގާ ހަމައަށެވެ. ސެގްމެންޓް 4,5,6 އަދި 7 ގެ މަސައްކަތުގެ ތެރެއިން އެ ސަރަހައްދުގައި ތާޅު އެޅުމުގެ ކުރިން އަޅާ އެގްރިގޭޓް ބޭސް ކޯސް (އޭބީސީ) ފަށަލައިގެ މަސައްކަތް މިހަރު ވަނީ ނިމިފަ އެވެ.

އާރުޑީސީން ބުނީ އޭބީސީ ފަށަލައިގެ މައްޗަށް ތާރު އެޅުމުގެ ކުރިން މިއަދު ބިޓްމެން ސްޕްރޭ ކުރާނެ ކަމަށެވެ.

Advertisement

ބިޓްމެން ސްޕްރޭއަކީ ވައިގެ ތެރެއަށްވެސް ފެތުރިގެންދާ މާއްދާ އެކެވެ. އެހެންކަމުން, ސްޕްރޭ ކުރާ ވަގުތު އެ ސަރަހައްދުގައި ދިރިއުޅޭ މީހުން އެކަމަށް ސަމާލުވެ, މަގަށް ވާގޮތަށް ހުންނަ ދޮރުތަކާއި ކުޑަދޮރު ފަދަ ތަންތަން ލައްޕާފައި ބެހެއްޓުމަށް އާރުޑީސީން ވަނީ އިލްތިމާސްކޮށްފަ އެވެ.

އަމީނީ މަގު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ ގޮތުން ތާރު އަޅައިގެން އެ މަގު ހެދުމުގެ މަސައްކަތް އާރުޑީސީން ފެށީ މިދިޔަ އަހަރު އޯގަސްޓު، 30، ގަ އެވެ. މި މަސައްކަތް އެ ކުންފުންޏާ ހަވާލު ކުރީ 210 ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ. އެހެންކަމުން މެއި 28، 2023 އަށް އެ މުއްދަތު ހަމަވާނެ އެވެ.

ނަމަވެސް, އެ މުއްދަތަށް މަސައްކަތް ނުނިމޭނެ ކަމަށް ވިދާޅުވެ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މިދިޔަ މަހު މަޖިލީހުގައި ވިދާޅުވީ އަމީނީ މަގުގެ މަސައްކަތް ނިމޭނެ ކަމަށް މިހާރު ބެލެވޭ ތާރީހަކީ އަންނަ ސެޕްޓެމްބަރު މަހުގެ 27 އަށް ކަމަށެވެ.

މިހާތަނަށް ތާރު އަޅާ, އާންމުންނަށް ހުޅުވާލާފައި ވަނީ ފުރަތަމަ ތިން ސެގްމެންޓު އެކަންޏެވެ. އެ މަސައްކަތް އަވަސް ކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްގެން ތާރު އެޅުމަށްފަހު އާންމުންނަށް ހުޅުވާލީ މިދިޔަ މާޗް ހަ ވަނަ ދުވަހު އެވެ. އެއީ ސްޓެލްކޯއާ ހަމައަށެވެ.

އެއަށްފަހު ދެން އޮތީ ރޯދައިގެ ކުރިން އިމާދުއްދީން ސްކޫލާ ހަމައަށް ތާރު އަޅާ ނިންމާލާ ގޮތަށެވެ. ނަމަވެސް, އެ މަސައްކަތް ލަސްވެ, އޭޕްރީލް މަސް ތެރޭގައި ނިންމާލާނެ ކަމަށް ކަމަށް ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވި އެވެ.

ޖުމްލަ 15 ސެގްމަންޓަކަށް ބަހާލައިގެން އަމީނީ މަގު ހެދުމަށް އާރުޑީސީއާ ހަވާލުކޮށްފައި ވަނީ 84 މިލިއަން ރުފިޔާއަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2027 ދެބައިވުމުގެ ކުރިން ރަސްމާލެއިން ގޯތި ދޫކުރުމުގެ އުންމީދެއް

މި މަޝްރޫއުގެ މާސްޓާ ޕްލޭން އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، ގޯއްޗަށް އެދި ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ އެންމެންނަށް ގޯތި ދިނުމަކީ ސަރުކާރުގެ އަމާޒެކެވެ.

ހޫތީން ކުށްވެރިކޮށް ރާއްޖެއިން އަނެއްކާ ވެސް ބަޔާނެއް ނެރެފި

ސައުދީ އަރަބިއްޔާގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށާއި އިގްތިސާދީ މަރުކަޒުތަކަށް އަމާޒުކޮށް ހޫތީން ދެމުންގެންދާ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.

އިމާރާތެއްގައި ޖަހައިފައި ހުރި ސޭފްޓީ ބިތްގަނޑެއް ވެއްޓިއްޖެ

މި ހާދިސާގައި ބައެއް އުޅަނދުތަކަށް ގެއްލުންވެ، ބައެއް މީހުންނަށް ކުދި އަނިޔާ ލިބުނު ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ފުލުހުން ދަނީ ކަމާގުޅޭ އިދާރާތަކާ ގުޅިގެން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އިންޖީނުގެތަކަށް ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދެނީ

މާލެ އާއި އައްޑޫގެ އިންޖީނުގެތައް އަޕްގްރޭޑް ކުރުމަށް ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދިނުމަށް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފަ. މީގެ އިތުރުން ފެނަކަ ސްޓެލްކޯގެ ދަށަށް ބަދަލުކުރާތީ، ކަރަންޓު ސަބްސިޑީގެ ގޮތުގައި އަންނަ އަހަރު 743.2 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދިނުމަށް ވެސް ވަނީ ހިމަނާފަ.

ތިލަފުށީ ބަނދަރަށް ލޯނު ދެނީ ސަރުކާރުން

މި މަޝްރޫއުގެ ބޮޑު ބައެއް ފައިނޭންސް ކުރަނީ ދައުލަތުގެ ބަޖެޓުން އެމްޕީއެލްއަށް ދޫކުރާ 2.3 ބިލިއަން ރުފިޔާގެ ލޯނަކުން. މި ލޯނު ދޫކުރުމަށް ބަޖެޓުގައި ހިމަނާފައިވަނީ 2028 އަދި 2029 ވަނަ އަހަރަށް ކަމަށްވާތީ، އަންނަ އަހަރު ބަނދަރުގެ ހިދުމަތް ފަށާނެ ކަމަށް ސަރުކާރުން ބުނާ މުއްދަތަށް ބޭނުންވާ ފައިސާ ހަމަޖައްސަނީ ކިހިނެއް ކަމެއް ސާފެއް ނުވޭ.

ލޯ ޑިގްރީ ހަދާ ކުދިންނަށް އޮންލައިން ޓެސްޓެ ނެގޭނެ ގޮތެއް ހަދަނީ

ގާނޫނީ ދާއިރާއިން މިހާރު ޑިގްރީއަށް ކިޔަވަމުންދާ ދަރިވަރުންނަށް އޮންލައިންކޮށް އިމްތިހާނު ހެދޭނެ އިންތިޒާމު ހަމަޖެއްސުމަށް ބާ ކައުންސިލަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.

ނަފުސާނީ ފަރުވާ ދިނުމާބެހޭ ގާނޫނެއް ހަދަނީ

މި ބިލުގެ ދަށުން ނަފުސާނީ ސިއްހަތުގެ ގައުމީ ސިޔާސަތެއް ކަނޑައަޅައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަރުވާދޭ މަރުކަޒުތަކާއި 24 ގަޑިއިރު ހިދުމަތްދޭ ހެލްޕްލައިނެއް ގާއިމުކުރުމަށް ވަނީ ހިމަނާފައެވެ.

Newsletter

Get the latest news delivered straight to your inbox