ޗެމްޕިއަން ސިޓީއާ އެއްވަރުކޮށް ބްރައިޓަން ޔޫރޮޕާ ލީގުން ޖާގަހޯދައިފި

May 25, 2023, 12:54 AM
ޗެމްޕިއަން ސިޓީއާ އެއްވަރުކޮށް ބްރައިޓަން ޔޫރޮޕާ ލީގުން ޖާގަހޯދައިފި

ލަންޑަން (މެއި 25) - އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ޖެހިޖެހިގެން ތިން ވަނަ ސީޒަނުގައި ހޯދާފައިވާ މެންޗެސްޓާ ސިޓީއާ 1-1 އިން އެއްވަރުކޮށް، ބްރައިޓަން އިން އަންނަ ސީޒަނުގެ ޔޫރޮޕާ ލީގުގެ ޖާގައެއް ހޯދައިފި އެވެ.

ސިޓީން ލީގު ތަށި އުފުލާލި ފަހުން ކުޅުނު ފުރަތަމަ މެޗުގައި އެ ޓީމު އަތުން ހޯދި ޕޮއިންޓާ އެކު ބްރައިޓަން އޮތީ ލީގުގެ ހަ ވަނައިގަ އެވެ. އެއީ 37 މެޗުން 62 ޕޮއިންޓް ހޯދައިގެންނެވެ. ހަތް ވަނައިގައި އޮތް އެސްޓަން ވިލާ އަށް ދެން ބްރައިޓަން އަށް ވުރެ ކުރި ހޯދޭނެ ގޮތެއް ނެތުމާ އެކު، ބްރައިޓަން އަށް ގަދަ ހައެއް ޔަގީންވެ، އަންނަ ސީޒަނުގެ ޔޫރޮޕާ ލީގުން ފުރުސަތު ފަހިވީ އެވެ.

ބްރައިޓަން ދަނޑުގައި ކުޅުނު މި މެޗުގެ 25 ވަނަ މިނިޓްގައި ސިޓީން ލީޑުނެގީ އާލިން ބްރައުޓް ހާލަންޑް ހުސްކޮށްލާފައި ދިން ބޯޅައަކުން ފިލް ފޯޑެން އެވެ. އެކަަމަކު، މާގިނައިރު އެ ލީޑުގައި ނުއޮވެވުނެވެ. ބްރައިޓަން އިން ވަނީ މެޗުގެ 38 ވަނަ މިނިޓްގައި ޕެރަގުއޭގެ މިޑްފީލްޑަރު، ޖޫލިއޯ އެންސީސޯ ހިތްގައިމު ގޯލެއް ޖަހައި، ބްރައިޓަން އަށް އެއްވަރުކޮށްދިނެވެ. އޭރިއާބޭރުން އެންސީސޯ ޖެހި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ. މިއީ މި ފަހަރު ލީގުގައި އެންސީސޯގެ 11 ވަނަ ގޯލެވެ.

މެޗުގެ 78 ވަނަ މިނިޓްގައި ސިޓީގެ ހާލަންޑް ވަނީ އެ ޓީމަށް ގޯލެއް ޖަހައިދީފަ އެވެ. އެކަމަކު، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު އެ ގޯލު ބަލައިނުގަންނަން ނިންމި އެވެ. އެއީ، އެ އެޓޭކްގައި ފައުލެއް ކޮށްފައިވާތީ އެވެ.

ސިޓީގެ ގޯލުގައި ހުރި ކީޕަރު، ސްޓެފަން އޯޓޭގާ އަށް ގިނަ ހަމަލާތަކަކާ ކުރިމަތިލާން ޖެހުނު މި މެޗު އެއްވަރުވެގެން ނިމުނުއިރު، ސިޓީން ލީގުގައި ދަމަހައްޓަމުން އައި މޮޅުވުމުގެ ސިލްސިލާ އަށް 12 މެޗަށް ފަހު ވަނީ ނިމުން އަތުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގައްދޫ ބަލިކޮށް ވިކްޓަރީ އަށް ލީގުގެ އެއް ވަނައިގައި ލީޑެއް

ދިވެހި ޕްރިމިއާ ލީގުގައި ގައްދޫ ޓީމު 2-0 އިން ބަލިކޮށް، ވިކްޓަރީ ސްޕޯޓްސް ކްލަބުން ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. މި މެޗުގައި ވިކްޓަރީގެ ލަނޑުތައް އައްމަޑޭ އާއި މާއި ކާމިޔާބުކޮށްދިންއިރު، އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރި ތަޖުރިބާކާރު ކުޅުންތެރިޔާ އަކޫ ވަނީ ދެ އަހަރަށް ފަހު އަލުން ކުޅުމަށް އެނބުރި އައިސްފައި

އާސެނަލަށް މުހިންމު މޮޅެއް، ޔުނައިޓެޑްގެ ދަށް ރެކޯޑް ކުރިއަށް

އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލުން ނޮޓިންހަމް ފޮރެސްޓް ބަލިކޮށް ތާވަލުގެ ދެވަނައަށް ޖެހިލިއިރު، ލީޑްސްއާ އެއްވަރުވެ މެންޗެސްޓާ ޔުނައިޓެޑުން ވަނީ ފާއިތުވި 40 އަހަރުގެ އެންމެ ދަށް ފެށުން ރެކޯޑްކޮށްފައި. މިރޭގެ އެހެން މެޗުތަކަށް ބަލާއިރު ބްރައިޓަން އާއި ބޯންމައުތުން ވަނީ ބޮޑު މޮޅެއް ހޯދާފައި

އިންފަންޓީނޯ ނުރަސްމީ ދަތުރުފުޅެއްގައި ބަންގްލަދޭޝް އަށް

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މޮރޮކޯއިން ބޫޓާނަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ބަންގްލަދޭޝްގައި މަޑުކުރައްވައި، އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަންގެ އިސްވެރިންނާ ބައްދަލުކުރައްވައިފި.

ޗެލްސީގެ ކީޕަރު މާޓިނޭޒް ދަތްދޮޅީގެ އޮޕަރޭޝަނެއް ކޮށްފި

އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗުގައި ޗެލްސީގެ ކީޕަރު މާޓިނޭޒްގެ ދަތްދޮޅިއަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ ވަނީ ކާމިޔާބު އޮޕަރޭޝަނެއް ކޮށްފައި. މި އަނިޔާގެ ސަބަބުން ކުރިއަށް ހުރި މުހިންމު މެޗުތަކެއް އޭނާއަށް ގެއްލޭނެތީ، ބަދަލުގައި ދެން ފެންނާނީ ޒުވާން ކީޕަރު މައިކް ޕެންޑާސް.

ކޯޗަކަށް ޝާކިއްޓެ، ވޯލްޑް ކަޕަށް ރާއްޖެ ސްކޮޑު ފައިނަލްކޮށްފި

މި މަހު އަޒަރުބައިޖާންގައި ބާއްވާ 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ވާދަކުރާ ރާއްޖޭގެ ޓީމުގެ ކޯޗަކަށް އަހުމަދު ޝާކިރު (ޝާކިއްޓެ) ހަމަޖައްސައި، މުބާރާތަށްދާ ސްކޮޑު ފައިނަލްކޮށްފި. ފީފާގެ ހުރިހާ މެމްބަރު ގައުމުތަކަށް ފުރުސަތު ދީގެން ކުރިއަށްގެންދާ މި މުބާރާތުގައި ރާއްޖެ ހިމެނެނީ ފްރާންސާއި ސައުތު އެފްރިކާ ފަދަ ގައުމުތަކާ އެކު އެއް ގްރޫޕެއްގައި

ސްޓްރާސްބޯ ބަލިކޮށް ޕީއެސްޖީ އަށް ޖެހިޖެހިގެން ހަ ވަނަ މޮޅު

ފްރެންޗް ލީގުގައި ރޭ ކުޅުނު މެޗުން ސްޓްރާސްބޯ އަތުން 3-1 އިން މޮޅުވެ، ޕީއެސްޖީން ހުރިހާ މުބާރާތެއްގައި ޖެހިޖެހިގެން ހަވަނަ މޮޅު ހޯދައިފި. ސްޓްރާސްބޯއިން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، ޕީއެސްޖީން މެޗުގެ ނަތީޖާ އަނބުރާލީ ފަހު 15 މިނެޓުގެ ތެރޭގައި ޖެހި ތިން ގޯލުން.

ބެޓިސް ބަލިކޮށް ބާސެލޯނާ ފަސްބެލުމެއްނެތި ކުރިއަށް

ސްޕެނިޝް ލީގުގައި ރެއާލް ބެޓިސް 5-2 އިން ބަލިކޮށް، ބާސެލޯނާ އިން ޖެހިޖެހިގެން ނުވަ ވަނަ މެޗުން މޮޅުވެ ތާވަލުގެ އެއްވަނައިގައި ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓައިފި. މި މެޗުގައި ބާސެލޯނާގެ ލަމީން ޔަމާލް، ރޮޑްރީ، ޖީސޫސް، އެރިކް ގާސިއާ އަދި އޮލްމޯ ލަނޑުތައް ކާމިޔާބުކުރި

Newsletter

Get the latest news delivered straight to your inbox