ޕެންޓަގަން ގޮއްވާލާ ފޭކް ފޮޓޯއަކުން މާކެޓަށް ބޮޑު ލޮޅުމެއް

ޕެންޓަގަން ގޮއްވާލާ ފޭކް ފޮޓޯއަކުން މާކެޓަށް ބޮޑު ލޮޅުމެއް

އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޑިފެންސްގެ ހެޑްކުއާޓާސް "ދަ ޕެންޓަގަން" ގޮއްވާލާފައިވާ ކަމަށް ފެންނަ ފޮޓޮއެއް އިންޓަނެޓުގައި އާންމުވެ، އެމެރިކާގެ ސްޓޮކް މާކެޓަށް ބޮޑު އަސަރެއްކޮށްފި އެވެ.

ވައިރަލްވެފައިވާ ފޮޓޯ އިން ފެންނަނީ ވޮޝިންޓަން ޑީސީގައި ހުންނަ ޕެންޓަގަން ހެޑްކުއާޓާޒް ކައިރިން، ބޮމެއް ގޮއްވާލުމުން އަރާފަދަ ކަޅު ބޯ ދުންގަނޑެއްވާ ތަނެވެ. މިއީ އޭއައި ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ފޮޓޮއެއްކަމަށް ގިނަ ބަޔަކު ދެކޭއިރު ފޮޓޯގެ ސަބަބުން އެމެރިކާޣެ ސްޓޮކް މާކެޓަށް ކޮށްފައިވާ އަސަރު މީހުން ދަނީ ހިއްސާކުރަމުންނެވެ.

ފޮޓޯ ފުރަތަމަ ޓްވީޓްކޮށްފައިވާކަމަށް ބެލެވެނީ އެމެރިކާގެ އޮންލައިން ނޫސް އެޖެންސީއެއްކަމަށްވާ "ބްލޫމްބާގް" ގެ ނަމުގައި ހަދާފައިވާ ފޭކް އަދި ވެރިފައިޑް އެކައުންޓަކުންނެވެ. އެޔަށް ފަހު އެތައް ނޫސް އެޖެންސީއަކުން ވަނީ ހަބަރު ރިޕޯޓްކޮށްފަ އެވެ.

Advertisement

މި އެކައުންޓް މިހާރު ޓްވިޓާ އިން ވަނީ ބޭން ކޮށްލައިފަ އެވެ. ބްލޫމްބާގް އިން ބުނެފައި ވަނީ އެއީ އެ ކުންފުންޏާއި ގުޅުން އޮތް އެކައުންޓެއް ނޫން ކަމަށެވެ.

ފޮޓޯއާއި ގުޅޭ ހަބަރުތައް ފެތުރެން ފެށުމުން އެ ސަރައްހަދުގެ ފަޔާ ޑިޕާޓްމަންޓް ވެސް ވަނީ އެއީ ދޮގެއްކަމަށް ޓްވީޓްކޮށްފަ އެވެ. އެގޮތުން ދައުރުވަމުންދާ ފޮޓޯ އެ އިދާރާގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި ޕެންޓަންގެން ސަރަހައްދުގައި ބޮމެއް ގޮއްވާލާފައިނުވާ ކަމަށާއި ރައްޔިޔުންނަށް ނުރައްކަލެއް ނެތް ކަމަށް ބުނެފައިވެ އެވެ.

ފޮޓޯ ވައިރަލްވެގެން ދިޔަ ވަގުތު އެމެރިކާގެ ސްޓޮކް މާކެޓަށް ވަނީ ވެއްޓުމެއް އައިއްސަ އެވެ. އެގޮތުން ކުންފުނިތަކުގެ މާކެޓް ވެލިއު ނުވަތަ މާކެޓް ކެޕިޓަލައިޒޭޝަން އަށް ވަނީ 500 ބިލިއަން ޑޮލަރުގެ ބަދަލު އައިއްސަ އެވެ. މިއީ އެސްއެންޕީ ފައިވްހަންޑްރެޑްގެ 0.29 އިންސައްތައިގެ ވެއްޓުމެކެވެ. ނަމަވެސް ފޮޓޯއަކީ ފޭކެއް ކަން ކަމާބެހޭ އިދާރާތަކުން ކަށަވަރުކޮށްދޭން ފެށި ހިސާބުން މާކެޓް ވަނީ ރިކަވާ ވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައިފޯން ޑުއޯގެ ސްކްރީނަށް މައްސަލަ ދިމާވާ ނަމަ ބަދަލުކޮށްދޭނެ

އެޕަލްގެ ފުރަތަމަ ފަތްޖަހާލެވޭ ފޯނު "އައިފޯން ޑުއޯ" ގެ ސްކްރީނަށް ދިމާވި މައްސަލަތަކާ ގުޅިގެން، އެ ފޯނުތައް ބަދަލުކޮށްދޭން އެ ކުންފުނިން ނިންމައިފިއެވެ. ބާޒާރަށް ނެރުނުތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ސްކްރީނުގައި ރޮނގު އެޅުމާއި ރެނދުލުން ފަދަ މައްސަލަތައް ފާހަގަވެފައިވާއިރު، މި މައްސަލަ ދިމާވި ކަސްޓަމަރުން ފޯނު ބަދަލުކުރުމަށް އެޕަލްއާ ގުޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ސެކިއުރިޓީ ރިސްކާ ހެދި ބޮޑެތި ވެބްސައިޓްތައް އޮފްލައިންކޮށްފި

ދުނިޔޭގެ ބޮޑެތި އިދާރާތަކާއި ސަރުކާރުތަކުގެ ވެބްސައިޓްތައް ވަގުތީ ގޮތުން އޮފްލައިންކުރީ އޭއައިއިން ދެނެގަތް ޕީއެޗްޕީ ޕްރޮގްރާމިން ލެންގުއޭޖުން ފާހަގަވި ނުރައްކާތެރި ސެކިއުރިޓީ މައްސަލަތަކަކާ ގުޅިގެން މި މައްސަލަ ހައްލުކުރުމަށް ސެކިއުރިޓީ އަޕްޑޭޓްތައް ވަނީ ނެރެފަ.

ޖާސޫސްކުރި މީހާއަށް ސައުދީ ސަރުކާރުގެ އެހީތެރިކަން ލިބޭ

އޯޕަންއޭއައިގެ މީޓިން ރޫމެއްގައި ސިއްރުން އަޑު ރެކޯޑުކުރާ ޑިވައިސްއެއް ހަރުކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ސައުދީ އިންޖިނިއަރަކަށް، އެ ގައުމުގެ ސަރުކާރުގެ އެހީތެރިކަން ލިބޭކަން އެމެރިކާގެ ކޯޓު ލިޔުންތަކުން ހާމަވެއްޖެއެވެ. މި އަމަލަކީ އެމެރިކާގެ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ބަލައި، ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ދިރާގުގެ ގޭމިން ކޮންކުއެސްޓް ނޮވެމްބަރު 26 ގައި

ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް 2026، އަންނަ ނޮވެމްބަރު 26 އިން 28 އަށް ކަލާފާނު ސްކޫލުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. ޖުމްލަ 150,000 ރުފިޔާގެ އިނާމު ހުށަހަޅާފައިވާ މި އިވެންޓުގައި މޯބައިލް، ޕީސީ އަދި ކޮންސޯލްގެ އެކި މުބާރާތްތަކުގެ އިތުރުން މުނިފޫހިފިލުވުމުގެ ތަފާތު ގޭމްތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު ހިލޭ ލިބޭނެއެވެ.

މާސްގެ ހަނދުން ސާމްޕަލް ނެގުމުގެ މިޝަނަށް ޖަޕާން ތައްޔާރު

މާސްގެ ހަނދެއް ކަމަށްވާ "ފޯބޯސް" އިން ސާމްޕަލް ނެގުމަށް ޖަޕާނުން ކުރިއަށްގެންދާ ދުނިޔޭގެ ފުރަތަމަ މިޝަން ފެށުމަށް އެ ގައުމުން ވަނީ ތައްޔާރުވެފައެވެ. ފަސް އަހަރުގެ މި ދިރާސާގެ ސަބަބުން މާސްގެ ހަނދުތައް އުފެދުނު ގޮތާއި އިރުގެ ނިޒާމުގައި ދިރުން އުފެދުނު ގޮތުގެ މުހިންމު މައުލޫމާތުތަކެއް ލިބިގެންދާނެއެވެ. މީގެ އިތުރުން، މި މިޝަންގެ ސަބަބުން ކުރިމަގުގައި މާސްއަށް ކުރާ އިންސާނީ ދަތުރުތަކުގައި އެ ހަނދު ބޭސްއެއްގެ ގޮތުގައި ބޭނުންކުރުމަށް މަގުފަހިވެގެންދާނެއެވެ.

ޓެސްލާގެ އިންގިލާބީ އީޖާދު: އުދުހޭ ކާރު 'ރޯޑްސްޓާ' ދައްކާލައިފި

ޓެސްލާ އާއި ސްޕޭސް އެކްސް ގުޅިގެން އުފެއްދި، ވައިގެ ޕްރެޝަރު ބޭނުންކޮށްގެން އުދުހުމުގެ ގާބިލުކަން ލިބިފައިވާ "ރޯޑްސްޓާ" ކާރުގެ ނަމޫނާ ދައްކާލައިފިއެވެ. މި އިންގިލާބީ އުޅަނދު އާންމުކޮށް އުފައްދަން ފަށާނީ 2028 ވަނަ އަހަރު ކަމަށް އީލޮން މަސްކް ހާމަކޮށްފައިވާއިރު، މިއީ ދަތުރުފަތުރުގެ ދާއިރާއަށް އަންނާނެ ބޮޑު ބަދަލެއް ކަމަށް ބެލެވެއެވެ.

ސިއްރުން ރެކޯޑިން ޑިވައިސްއެއް ހަރުކުރި ސައުދީ މީހަކަށް ދައުވާ

އޯޕަންއޭއައިގެ އޮފީހެއްގައި ސިއްރުން ރެކޯޑިން ޑިވައިސްއެއް ހަރުކުރި ކަމުގެ ތުހުމަތުގައި އެ ކުންފުނީގެ ކުރީގެ އިންޖިނިއަރެއް ކަމަށްވާ ސައުދީ ރައްޔިތެއްގެ މައްޗަށް އެމެރިކާގައި ދައުވާ އުފުލައިފިއެވެ. ކުންފުނީގެ އޭއައި މޮޑެލްތައް ބޭނުންކޮށްގެން މި އަމަލު ހިންގި މީހާ ދެނެގަނެފައިވާއިރު، މި ހާދިސާގައި ކުންފުނީގެ އެއްވެސް މުހިންމު މައުލޫމާތެއް ވަގަށް ނަގާފައިވާކަމުގެ ހެއްކެއް ފެނިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox