ސަރުކާރާ ދެކޮޅަށް މަޖިލީހުގައި އެކުގައި މަސަައްކަތް ކުރުމަށް ޕީޕީއެމުން އެހެން ޕާޓީތަކަށް ދައުވަތު ދީފި

ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް (ވ)، އެމްޑީޕީން ވަކިކުރި އަލީ އާޒިމް (މ) އަދި ޖޭޕީގެ އަލީ ހުސެއިން (ވ) އާއެކު : މަޖިލީހުގައި އެކުގައި މަސަައްކަތް ކުރުމަށް ޕީޕީއެމުން ވަނީ ދައުވަތު ދީފަ - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް (ވ)، އެމްޑީޕީން ވަކިކުރި އަލީ އާޒިމް (މ) އަދި ޖޭޕީގެ އަލީ ހުސެއިން (ވ) އާއެކު : މަޖިލީހުގައި އެކުގައި މަސަައްކަތް ކުރުމަށް ޕީޕީއެމުން ވަނީ ދައުވަތު ދީފަ - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ސަރުކާރު ޖަވާބުދާރީ ކުރުވަން ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އެކުގައި މަސައްކަތް ކުރުމަށް އިދިކޮޅު ޕީޕީއެމުން އެހެން ޕާޓީތަކަށް އަދި ވަކިވަކި މެންބަރުންނަށް ދައުވަތު ދީފި އެވެ.

އެ ޕާޓީއިން މިއަދު ބުނީ އިދިކޮޅު ކޯލިޝަނުގައި ހިމެނޭ ޕީޕީއެމް އަދި ޕީއެންސީގެ ޕީޖީ ގްރޫޕާއެކު ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި އެކުގައި މަސައްކަތް ކުރަން ބޭނުންވާ ހުރިހާ މެންބަރުންނަށް އަދި ޕާޓީތަކަށް ދައުވަތު އަރުވާ ކަމަށެވެ.

އިދިކޮޅުން މިފަދަ ދައުވަތެއް ދީފައި މިވަނީ ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީއަށް މަޖިލީހުގައި އޮތް ސުޕާ މެޖޯރިޓީ ގެއްލިފައިވާ ވަގުތެއްގަ އެވެ. އެމްޑީޕީއަށް ސުޕާ މެޖޯރިޓީ ގެއްލުނީ އެ ޕާޓީގެ ތެރޭގައި އޮތް މައްސަލަތައް ބޮޑުވެ އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ޕާޓީގެ ތެރޭގައި އުފެއްދެވި "ފިކުރެއްގެ ދިރުން' ފެކްޝަނުގައި ހިމެނުނު 12 މަޖިލިސް މެންބަރަކު އެމްޑީޕީއިން ވަކިވުމުންނެވެ. އޭގެ އިތުރުން އެމްޑީޕީއިން ވަނީ އެ ފެކްޝަނަށް ނިސްބަތްވި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމްވެސް ޕާޓީން ވަކިކުރި އެވެ.

އެ މެންބަރުންނާއި އެމްޑީޕީން ވަކިވި އިސް ބޭފުޅުން އެއްވެ 'ދަ ޑިމޮކްރެޓްސް' ގެ ނަމުގައި އާ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފައްޓާފައިވާއިރު، މަޖިލީހުގައި މިވަގުތު ތިބި އެމްޑީޕީގެ މެންބަރުންގެ އަދަދަކީ 55 އެވެ. އޭގެ ތެރޭގައި އެމްޑީޕީ ދޫކުރައްވަން އަދި ނުނިންމަވާ މަޖިލީހުގެ ރައީސް ނަޝީދުވެސް ހިމެނެ އެވެ. ނަޝީދުގެ ޑިމޮކްރެޓްސް ޕާޓީން ވަނީ އަދިވެސް އިތުރު މަޖިލިސް މެންބަރުން އެ ޕާޓީއާ ގުޅޭނެ ކަމަށް ބުނެފަ އެވެ.

މި ފަހުން ދިމާވި އެކި މައްސަލަތަކުގައި އޭރު އެމްޑީޕީގެ ތެރޭގައި އޮތް "ފިކުރެއްގެ ދިރުން" ފެކްޝަން އަދި މިހާރު ޑިމޮކްރެޓްސް އިން ވަނީ އިދިކޮޅު ކޯލިޝަނާއެކު މަސައްކަތް ކޮށްފަ އެވެ. އޭގެއިތުރުން ސަރުކާރު ކޯލިޝަނުގައި ހިމެނުނަސް ވަކިން އިންތިހާބުގައި ވާދަކުރާނެކަން އިއުލާންކޮށްފައިވާ ޖޭޕީއިންވެސް ވަނީ އިދިކޮޅާއެކު މަސައްކަތް ކޮށްފަ އެވެ. މި މަސައްކަތްތަކުގައި އެމްއެންޕީއިންވެސް ބައިވެރިވެފައިވެ އެވެ.

މި ހުރިހާ ޕާޓީތަކެއްގެ މެންބަރުން އެއްކޮށްލުމުން އަންނަ އަދަދަކީ 26 އެވެ. މަޖިލީހުގައި މިހާރު ތިބި މިނިވަން ހަތަރު މެންބަރުންގެ ތާއީދު ލިބިއްޖެ ނަމަ އެ އަދަދު 30 އަށް އަރާނެ އެވެ.

އެމްޑީޕީން ގިނަ މެންބަރުންތަކެއް ވަކިވެފައިވާ މި ދަނޑިވަޅުގައި އެ ޕާޓީއިން ވަނީ ވަކިވެ އާ ޕާޓީ އުފައްދަން އުޅޭ މެންބަރުންނާ ދެކޮޅަށް މަސައްކަތް ފަށާފަ އެވެ. އެގޮތުން 50 މެންބަރުންގެ ސޮޔާއެކުގަ އެމްޑީޕީން މިއަދު ވަނީ އެ ޕާޓީން ވަކިވެވަޑައިގެންނެވި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ގެ އިތުބާރު ނެތްކަމުގެ މައްސަލަ މިއަދު މަޖިލީހަށް ހުށަހަޅާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox