ބިދޭސީންގެ "ވަގު ވިޔަފާރި" ހުއްޓުވުމުގެ ފިޔަވަޅުތަކާއެކު އާ ގަވާއިދެއް

ބާޒާރުމަތީގައި ހުރި ފިހާރައަކުން މީހަކު ނުކުންނަނީ: އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގަވައިދު އެކުލަވާލައި މިއަދު ވަނީ އަމަލު ކުރަން ފަށާފައި -- އަދަދު ފޮޓޯ/އަބްދުﷲ އިޔާން

ބާޒާރުމަތީގައި ހުރި ފިހާރައަކުން މީހަކު ނުކުންނަނީ: އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގަވައިދު އެކުލަވާލައި މިއަދު ވަނީ އަމަލު ކުރަން ފަށާފައި -- އަދަދު ފޮޓޯ/އަބްދުﷲ އިޔާން

ބިދޭސީން އަޑީގައި ތިބެ ދިވެހިންގެ ނަން ބޭނުންކޮށްގެން ހިންގާ ވިޔަފާރިތައް ހުއްޓުވުމުގެ ފިޔަވަޅުތަކާއެކު "ސޯލް ޕްރޮޕްރެއޭޓާޝިޕް" ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމާއި ހިންގުމާއި ބާތިލުކުރުމުގައި އަމަލު ކުރާނެ ގޮތުގެ ގަވައިދެއް އެކުލަވާލައި މިއަދު އަމަލު ކުރަން ފަށައިފި އެވެ.

އިކޮނޮމިކް މިނިސްޓްރީއިން ބުނީ، "އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގަވައިދު"ގެ ނަމުގައި އެކުލަވާލި ގަވައިދުގެ އެއް މަގުސަދަކީ އެފަދަ ވިޔަފާރި ރަޖިސްޓަރީކުރާ ފަރާތްތަކަށް އޮންލައިންކޮށް ހުރިހާ ހިދުމަތްތަކެއް ދިނުމަށް މަގުފަހިކޮށްދީ، އެފަދަ ވިޔަފާރިތައް ރަޖިސްޓަރީކޮށް ހިންގުމުގައި، އަދި ގަވާއިދަށް އަމަލުކުރުމުގައި ލުއި ފަސޭހަ ގޮތްތަކެއް ކަނޑައެޅުން ކަމަށެވެ.

މި ގަވާއިދުގެ މައިގަނޑު އެއް ބޭނުމަކީ ދިވެއްސަކު ނިވާފަތްގަނޑަކަށްވެހުރެ، ބިދޭސީ ފަރާތަކަށް ވިޔަފާރީގެ މަންފާ ލިބިދިނުމަށް ހިންގާ ވިޔަފާރިތަކުގެ ސަބަބުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށާއި، ރައްޔިތުންނަށް ލިބޭ އިގްތިސާދީ ފުރުސަތުތައް ހަނިވިޔަ ނުދިނުމަށްޓަކައި ފިޔަވަޅު އަޅާނެ ދެފުށްފެންނަ އިންތިޒާމެއް ގާއިމް ކުރުން ކަމަށް ވެސް މިނިސްޓްރީން ބުނެ އެވެ.

އެގޮތުން ސީދާ އަދި ނުސީދާ ގޮތުން ބިދޭސީންނަށް މަންފާ ލިބޭ ގޮތަށް ހިންގަމުންދާ އަމިއްލަ ފަރުދުންގެ ވިޔަފާރިތަކަށް ވާގިވެރިވާ ފަރާތްތަކުގެ ވިޔަފާރި ރަޖިސްޓަރީ ބާތިލުކޮށް އެފަދަ މީހުން 100,000ރ. އިން ޖޫރިމަނާކޮށް ފަސް އަހަރު ދުވަހުގެ މުއްދަތަށް އަމިއްލަ ފަރުދުންގެ ވިޔަފާރިއެއް ރަޖިސްޓްރީނުކުރެވޭނެ ކަމަށް ކަނޑައެޅޭނެ ކަމަށް މިނިސްޓްރީއިން ބުންޏެވެ.

ވިޔަފާރި ކުރާ ތަނުގެ ބޭރުގައި ދުވާރު މަތީގައި މުދާ ބަހައްޓައިގެން ވިޔަފާރިކުރާތީ، އާންމު ރައްޔިތުންނަށް ކުރިމަތިވާ އުނދަގޫތައް ހައްލުކުރުމަށް ވެސް އާ ގަވައިދުގައި ފިޔަވަޅު އަޅާފައިވެ އެވެ. އެގޮތުން ބޭރުގައި މުދާ ބަހައްޓައިގެން ވިޔަފާރި ކުރާ މީހުން 1,000ރ. އާއި 100,000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް ގަވައިދުގައިވެ އެވެ.

މި ގަވައިދާއެކު އަމިއްލަ ވިޔަފާރިތަކުން އެހެން އިދާރާތަކަށް ރަޖިސްޓްރީއާ ބެހޭ މައުލޫމާތު ހިއްސާކުރުމަށް، ރަޖިސްޓަރީކޮށްފައިވާ ވިޔަފާރިއެއްކަން އަންގައިދިނުމަށް ބޭނުންކުރާ ރެޖިސްޓްރޭޝަން ސެޓްފިކެޓް ދޫކުރުން ހުއްޓާލާނެ ކަމަށެވެ. އޭގެ ބަދަލުގައި ބޭނުންކުރަން ފަށާނީ ވިޔަފާރިތަކަށް އޮންލައިންކޮށް ދޫކުރާ ކޯޕަރޭޓް ޕްރޮފައިލް ޝީޓެކެވެ.

ގަވާއިދުގައި ބުނެފައިވަނީ ފަރުދުންގެ ވިޔަފާރިތަކުން ހިންގާ ވިޔަފާރި ހަރަކާތްތަކާއި، އެ ވިޔަފާރި ހަރަކާތްތައް ހިނގާ ނުހިނގާ ގޮތް ދެނެގަންނަން ބޭނުންވާ އަސާސީ މައުލޫމާތު އަހަރަކު އެއްފަހަރު ހުށަހަޅަންޖެހޭނެ އެވެ. އެއީ ބިޒްނަސް ސެންޓާ ކޯޕަރޭޝަނާއި އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން މެދުވެރިކޮށް، އަލަށް ފަށާ ވިޔަފަރިތަކާއި ޅަފަތުގައިވާ ވިޔަފާރިތަކާއި ފުޅާކުރަން ބޭނުންވާ ވިޔަފާރިތަކަށް މާލީ އަދި ފަންނީ އެހީތެރިކަން މެދުނުކެނޑި ފޯރުކޮށްދޭން ބޭނުންވާތީ ކަމަށް އިކޮނިމިކް މިނިސްޓްރީން ބުނެ އެވެ.

އެ މީހަކު ވިޔަފާރިއަށް ދޭން ބޭނުންވާ ނަން އޮންލައިން ޕޯޓަލް މެދުވެރިކޮށް ރިޒާވް ކުރުމުގައި އަމަލު ކުރަން ޖެހޭ ގޮތް ވެސް އެ ގަވައިދުގައިވެ އެވެ.

ގަވައިދުގައިވާ ގޮތުން އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީކުރަން އެދޭ ފަރާތަކ،ީ އޮންލައިން ޕޯޓަލް މެދުވެރިކޮށް ފޯމު ފުރިހަމަކުރުމަށް ދަތިވާ މީހެއް ނަމަ އެ މީހެއްގެ ފޯމު ފުރިހަމަކުރަންވާނ،ީ ރަށު ކައުންސިލް ނުވަތަ އަތޮޅު ކައުންސިލް މެދުވެރިކޮށް ކަމަށެެވެ. އެފަދަ ހިދުމަތެއްގެ ބަދަލުގައި، އާންމުކޮށް އިއުލާނުކުރުމަށްފަހު، ކައުންސިލަށް 100ރ. އަށް ވުރެ ބޮޑު ނޫން ފީއެއް ނެގިދާނެ ކަމަށް ގަވައިދުގައިވެ އެވެ.

އެ މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ރާއްޖޭގައި މިހާރު ވެސް 22،117 އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީކޮށްގެން ހިންގައެވެ.

އިކޮނޮމިކް މިނިސްޓްރީއިން ބުނީ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީކޮށްފައިވާ ފަރާތްތައް އާ ގަވައިދަށް ހޭލުންތެރިކުރުވުމުގެ ގޮތުން ކޮންމެ ހަފްތާއަކު އެއް ފަހަރު އޮންލައިން ސެޝަންތަކެއް ބާއްވަން ހަމަޖެހިފައިވާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

ލޯނު ނުދެއްކުމުން މާލޭގެ ދެ ގެއެއް ސީބީއެމްއިން ވިއްކާލަނީ

ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް (ސީބީއެމް) އަށް ދައްކަންޖެހޭ ފައިސާ ނުދައްކައިގެން މާލޭގެ ދެ އިމާރާތެއް ނީލަމުގައި ވިއްކާލަން އެ ބޭންކުން ވަނީ އިޢުލާނުކޮށްފަ. މި ބިޑްތައް ފެށޭ އަގަކީ ހަތަރު މިލިއަން ރުފިޔާ ކަމަށްވާއިރު، މި މަހުގެ 14 ވަނަ ދުވަހުގެ ކުރިން ދަރަނި ހަލާސްނުކޮށްފިނަމަ މި މުދާ ވިއްކާލުމުގެ މަސައްކަތް ކުރިއަށް ދާނެ.

Newsletter

Get the latest news delivered straight to your inbox