ފުރިހަމަ ރެކޯޑަކާ އެކު އާބަންކޯ އިން އޮފީސް ވޮލީ މުބާރާތް ކާމިޔާބުކޮށްފި

May 21, 2023, 1:45 AM
ޗެމްޕިއަންކަން ހޯދުމަށް ފަހު އާބަންކޯ ޓީމުން އުފާފާޅުކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ޗެމްޕިއަންކަން ހޯދުމަށް ފަހު އާބަންކޯ ޓީމުން އުފާފާޅުކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ސީދާ ތިން ސެޓުން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ބަލިކޮށް، ފުރިހަމަ ރެކޯޑަކާ އެކު، ކްލަބް އާބަންކޯ އިން އޮފީސް/ކޮމްޕެނީ ވޮލީބޯޅަ މުބާރާތް ކާމިޔާބުކޮށްފި އެވެ.

ގިނަ އަަދަދެއްގެ ސަޕޯޓަރުންގެ ކުރިމަތީގައި ރޭ ސޯޝަލް ސެންޓަރު އެތެރެ ހޯލުގައި ކުޅުނު ފައިނަލް މެޗުގެ ސެޓުތައް އާބަންކޯ އިން ގެންދިޔައީ 25-21، 25-21 އަދި 25-16 އިންނެވެ.

ހަތަރު އަހަރުގެ މެދުކެނޑުމަކަށް ފަހު ބޭއްވި އޮފީސް ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އާބަންކޯ އިން ހޯދީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެންނެވެ. ހުޅުމާލޭ ޕާކް ވޮލީ ކޯޓުގައި އޮފީސް މުބާރާތުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ކުޅުމަށް ފަހު، ސެމީ ފައިނަލާއި ފައިނަލް ކުޅުނީ ސޯޝަލް އިންޑޯގަ އެވެ. އިންޑޯ އަށް ބަދަލުކުރީ ވިއްސާރައިގެ ސަބަބުން ސެމީ މެޗުތައް ފަސްކުރަން ޖެހުމުންނެވެ.

އާބަންކޯ އިން ރޭގެ ފައިނަލް މެޗުން މޮޅުވިއިރު، އެންމެ ބޮޑު ތަފާތެއް ދެއްކީ ޓީމުގެ ސެޓަރު އަދި ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން، އިޝާން މުހައްމަދު (ބަޓިސް) އެވެ. ބަޓިސްގެ ސެޓިންތަކުގެ ފައިދާނަގައި، އާބަންކޯގެ އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އާއި ސްރީ ލަންކާ ކުޅުންތެރިޔާ ލަސިންދު ވަނީ ބާރު ބޯޅަތަކެއް ފޮނުވާލައިފަ އެވެ.

އާބަންކޯ ޓީމުގެ އާދަމް ފައިރޫޒްގެ ފަރާތުން ވެސް ފައިނަލްގައި ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު، މި މެޗުގައި އެ ޓީމުން ވަނީ ކޮންޓްރޯލް ގެއްލުނަނުދީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.

ރޭގެ މެޗުގެ ތެރެއިން އާބަންކޯގެ ސަޕޯޓަރުން ޓީމަށް ހިތްވަރުދެނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ތިން ވަނަ ސެމީ ފައިނަލުގައި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ބަލިކުރިއިރު، ވެމްކޯ އިން ދެއްކި ހިތްވަރު ރޭގެ މެޗުތަކުގައި ތަކުރާރު ނުކުރެވުނެވެ.

ވެމްކޯގެ ދެ އެޓޭކަރުން ކަމަށްވާ އަލީ ހުޒާމް (ހުޒަންޓެ) އާއި އިންޑިއާގެ ވިނީތު ކުމާރަށް ރޭގެ ފައިނަލުގައި އެންމެ ރަނގަޅު ކުޅުމެއް ދެއްކޭގޮތެއްނުވި އެވެ. ފުރަތަމަ ދެ ސެޓުގައި ކޮންމެ ވެސް ވަރަކަށް ވެމްކޯ އިން ކުޅެވޭތޯ ބެލި ނަމަވެސް ތިން ވަނަ ސެޓު ދިޔައީ ފަރަގު ބޮޑުކޮށެވެ.

މުބާރާތުގެ މޮޅު ކުޅުންތެރިއަކީ އާބަންކޯގެ ކުޑަކާއްޓެ އެވެ. އެންމެ މޮޅު ކޯޗަކީ އާބަންކޯގެ މުހައްމަދު ސާޖިދު (ކާއްޓޭ) އެވެ. އަދި އެންމެ މޮޅު ބިދޭސީ ކުޅުންތެރިއަކަށް އާބަންކޯގެ ލަސިންދު ހޮވުނުއިރު، އެންމެ މޮޅު ލިބަރޯ އަކީ އާބަންކޯގެ އަހުމަދު މުޒުލިފް އެވެ. މުބާރާތުގެ އެންމެ މޮޅު ހަ ކުޅުންތެރިންނަކީ، އާބަންކޯގެ ފައިރޫޒް އާއި ބަޓިސް، ވެމްކޯގެ ހުޒަންޓެ އާއި ހުސެއިން ޔޫސުފް (ޓޯއި) އަދި އެމްއެންޑީއެފްގެ އާދަމް ނަސީމް (އެޑަމް) އާއި ހުސެއިން ރައްޒާން އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox