އެއް ބިލިއަން މީހުންނަށް ކޮލެރާގެ ނުރައްކާ އެބަ އޮތް: އދ.

މަލާވީގެ ކްލިނިކެއް. -- ފޮޓޯ: ރޮއިޓާޒް

މަލާވީގެ ކްލިނިކެއް. -- ފޮޓޯ: ރޮއިޓާޒް

ޖެނީވާ، ސްވިޓްޒަލޭންޑް (މޭ 20) - ދުނިޔޭގެ 43 ގައުމެއްގައި އުޅޭ އެއް ބިލިއަން މީހުންނަށް ކޮލެރާގެ ނުރައްކާ އެބަ އޮތް ކަމަށް އދ. އިން ބުނެފި އެވެ.

އދ. އިން ބުނީ މިއީ ފަގީރުންނަށް އޮތް ބަލިމަޑުކަމެއް ކަމަށާއި އެކަމާ ދެކޮޅަށް މަސައްކަތް ކުރަން އެކަށީގެންވާ ވަސީލަތްތައް ނެތް ކަމަށެވެ.

އދ. އިން މަސައްކަތް ކުރަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އާއި ޔުނިސެފަށް 640 މިލިއަން ޑޮލަރު ހޯދައި، ކޮލެރާއާ ދެކޮޅު މަސައްކަތަށް އެ ފައިސާ ހާއްސަ ކުރުމަށެވެ.

މި އަހަރުގެ މިހާތަނަށް 24 ގައުމެއްގައި ކޮލެރާ ފެތުރިގެން ރިޕޯޓުކޮށްފަައިވެ އެވެ. އދ. ގެ ކަންބޮޑުވުމަކީ އާއްމު ގޮތެއްގައި ކޮލެރާގެ އަސަރު ނުކުރާ ގައުމުތަކަށް ވެސް މިހާރު އަސަރު ކުރަމުން ދިޔުމެވެ.

އޭގެ އިތުރުން މަރުވާ މީހުންގެ އަދަދު އިތުރުވުމަކީ ވެސް ކަންބޮޑުވުމެކެވެ. މަރުތައް އިތުރުވަނީ ފަގީރުކަަމާއި ހަމަނުޖެހުމުގެ ސަަބަބުން ފަރުވާ ހޯދަން ކުރިމަތިވާ ހުރަސްތަކުގެ ސަބަބުންނެވެ.

ކޮލެރާއަކީ ތަގައްޔަރުވެފައިވާ ކާބޯތަކެއްޗާއި ފެނުގެ ޒަރިއްޔާއިން ޖެހޭ ބައްޔެކެވެ. އެ ބަލީގައި ހޮޑުލައި ބޭރަށް ހިންގައި، ވަކިން ހާއްސަކޮށް ކުޑަކުދިންގެ ހާލު ދެރަވެ އެވެ.

ކޮލެރާއަށް އޮތް ފަރުވާއަކީ ހަށިގަނޑަށް އެކަށީގެންވާ މިންވަރަށް ފެން ބުއިމެވެ. އަދި ސީރިއަސް ކޭސްތަކުގައި އެންޓި ބަޔޮޓިކްސްގެ ފަރުވާ ދޭން ޖެހެ އެވެ.

އެހެން ނަމަވެސް، ފަގީރު ހާލަތުގައި އުޅޭ މީހުންނަށް ސާފުބޯފެނާއި ބޭސް ލިބުން ދަތިވާތީ ހާލު ދެރަވެގެން މަރުވެ އެވެ. ކޮލެރާ ހުއްޓުވާ ވެކްސިން ވެސް ހުރެ އެވެ.

އެކަމަކު މުއްސަނދި ގައުމުތަކުގައި އެއަށް މާ ބޮޑު މާކެޓެއް ނެތުމުން، ބޭސް ކުންފުނިތަކުން ކޮލެރާ ވެކްސިނަށް ސަމާލުކަމެއް ނުދެ އެވެ.

މި އަހަރު 18 މިލިއަން ކޮލެރާ ވެކްސިން ޑޯޒް ބޭނުންވެގެން އެދިފައިވާ އިރު، ކުންފުނިތަކުން އުފެއްދީ އެންމެ އަށް މިލިއަން ޑޯޒެވެ. އެހެންވެ، ވެކްސިނާ ގުޅުން ހުރި ކެމްޕެއިންތައް ނުހިންގެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޑިމޮކްރެޓް އޮފިޝަލަކު ރިޕަބްލިކަން ކެންޑިޑޭޓަށް ތާއީދުކޮށްފި

މިޝިގަންގެ ސެނެޓް އިންތިޚާބަށް ދެ ދުވަހަށް ވެފައި ވަނިކޮށް، ޑިމޮކްރެޓިކް ޕާޓީގެ އިސް މެންބަރު ހޭލީ ސްޓީވަންސް ވަނީ އަމިއްލަ ޕާޓީގެ ކެންޑިޑޭޓާ އުފެދުނު ޚިޔާލުތަފާތުވުންތަކާ ހުރެ ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއަށް ތާއީދުކުރަން ނިންމާފައެވެ. ސްޓީވަންސްގެ މި ކުއްލި ނިންމުމާ ގުޅިގެން ޑިމޮކްރެޓިކް ޕާޓީގެ ތެރޭގައި ބޮޑު ސިހުމެއް އުފެދިފައިވާއިރު، ބައެއް މެންބަރުން މިކަން ސިފަކުރަނީ ޕާޓީއަށް ވީ ބޮޑު ޚިޔާނާތެއްގެ ގޮތުގައެވެ.

އިންތިހާބު ވަގަށް ނެގީ ގަތަރުން ރާވައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބަށް ބޭރުގެ ނުފޫޒު ފޯރުވި ކަމަށް ބުނެ ނަތަންޔާހޫގެ ޕާޓީން ކުރާ ތުހުމަތުތަކުން އިންތިޚާބުގެ ނަތީޖާއަށް ބަދަލެއް ނާންނާނެ ކަމަށް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. ނަތަންޔާހޫގެ ޕާޓީން ގަތަރާއި އަރަބި ޕާޓީތަކަށް ވޯޓު އޮޅުވާލުމުގެ ތުހުމަތު ކުރާއިރު، ގަތަރާއި އަރަބި ލީޑަރުން ވަނީ އެ ވާހަކަތައް ދޮގުކޮށް އެއީ ސިޔާސީ ނުފޫޒު ފޯރުވުމެއް ކަމަށް ބުނެފައެވެ.

ވޯލް ސްޓްރީޓް ޖާނަލްއާ ދެކޮޅަށް ހުށަހެޅި ދައުވާ ބޭރުކޮށްފި

ޖެފްރީ އެޕްސްޓީންއާ ގުޅުވައި ވޯލް ސްޓްރީޓް ޖާނަލްއިން ޝާއިއުކުރި ރިޕޯޓަކާ ގުޅިގެން ޓްރަމްޕް ހުށަހެޅުއްވި 10 ބިލިއަން ޑޮލަރުގެ އަބުރުގެ ދައުވާ އެމެރިކާގެ ކޯޓަކުން ބޭރުކޮށްލައިފިއެވެ. ފަނޑިޔާރު މި މައްސަލަ ބޭރުކޮށްލެއްވީ ނޫސްވެރިކަމުގެ މިނިވަންކަމާ ފުށުއަރާ ކަމަށް ނިންމަވައި، ދެން ދުވަހަކުވެސް މި މައްސަލަ ހުށަނޭޅޭނެ ގޮތަށެވެ.

ޕަލެސްޓައިން އެކްޝަންއަށް ތާއީދުކޮށް އެއްވި 300 މީހުން ހައްޔަރު

ލަންޑަނުގައި ހުންނަ އެމެރިކާ އެމްބަސީ ކައިރީގައި، މަނާކޮށްފައިވާ "ޕަލެސްޓައިން އެކްޝަން" ގްރޫޕަށް ތާއީދުކޮށް މުޒާހަރާކުރި 300 އަށްވުރެ ގިނަ މީހުން ޓެރަރިޒަމްގެ ގާނޫނުގެ ދަށުން އިނގިރޭސި ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި ޖަމާއަތް މަނާކުރި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގެ ފުރުސަތު ލިބިފައިވާއިރު، އެމްނެސްޓީ އިންޓަނޭޝަނަލް އިން ވަނީ މި ހައްޔަރުކުރުންތަކަށް ފާޑުކިޔައި އެ ގްރޫޕް މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ގޮވާލާފައެވެ.

ގަލްފު ސަރަހައްދުގައި ގަތަރުގެ ތެޔޮ ބޯޓަކަށް ހަމަލާ ދީފި

ގަލްފު ސަރަހައްދުން ދަތުރުކުރި ގަތަރުގެ "އަލް މައިދާ" ނަމަކަށް ކިޔާ ގޭސް ބޯޓަކަށް ހަމަލާއެއް ދީފި އެވެ. މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ އިރު، ބޯޓުގެ އޮޕަރޭޝަންތައް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް ގަތަރު ގޭސް ޓްރާންސްޕޯޓް ކޮމްޕެނީން ބުނެއެވެ. މިއީ އީރާނާއި އެމެރިކާ އަދި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ވިޔަފާރި އުޅަނދުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ތެރެއިން ހިނގި ހާދިސާއެކެވެ.

އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް"ގެ ކަންބޮޑުވުން

އިތުބާރު ހުރި ސަޕްލައި ޗެއިންތަކެއް ބިނާކުރުމަށާއި، މާކެޓް އުސޫލުތަކާ ޚިލާފަށް ކުރިމަތިވާ އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް" އިއްތިހާދުގެ ގައުމުތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މި ބައްދަލުވުމުގައި މިނިވަން އިންޑޯ-ޕެސިފިކް ސަރަހައްދަކަށް ތާއީދުކޮށް، އެ ސަރަހައްދުގެ އޭއައި ޓެކްނޮލޮޖީ ކުރިއެރުވުމަށް 85 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވަނީ އެއްބަސްވެފައެވެ.

ކޮޕް17 ގައި އެއްބަސްވުމަކާ ހަމައަށް، ފައިސާގެ މައްސަލަ ބޮޑު

އަރްމީނިއާގައި ބޭއްވި ކޮޕް17 ކޮންފަރެންސްގައި ދުނިޔޭގެ ދިރުންތަކުގެ ނަސްލު ހިމާޔަތްކުރުމުގެ މަސައްކަތް ވަރުގަދަކުރުމަށް "ޔެރެވަން ޕާތުވޭ" ގެ ނަމުގައި އެއްބަސްވުމެއް އެކުލަވާލައިފިއެވެ. ނަމަވެސް، މި މަސައްކަތްތަކަށް ބޭނުންވާ ފައިސާ ހޯދާނެ ގޮތަކާ މެދު ގައުމުތަކުގެ މެދުގައި އަދިވެސް ވަނީ ގޮތެއް ނުނިންމި ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

Newsletter

Get the latest news delivered straight to your inbox