ހިއްކި ރިސޯޓަކުން ފަނާ ކުރަނިވި ބަދަލެއް ވެއްޓަށް އައިސްފައި ނެތް: މައުސޫމް

May 22, 2023, 1:15 PM
ރަށްރަށަށް ޓޫރިޒަމް ތައާރަފު ކުރުމަށް މަޝްވަރާކުރަން ހދ. އަތޮޅުގެ ރަށަކަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަނީ. -- ފޮޓޯ: އަދަދު

ރަށްރަށަށް ޓޫރިޒަމް ތައާރަފު ކުރުމަށް މަޝްވަރާކުރަން ހދ. އަތޮޅުގެ ރަށަކަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަނީ. -- ފޮޓޯ: އަދަދު

ރާއްޖޭގައި ފަޅު ހިއްކައިގެން ރިސޯޓު ތަރައްގީކުރަން ހިންގި މަޝްރޫއަކުން ފަނާ ކުރަނިވި ބަދަލެއް ވެއްޓަށް އައިސްފައި ނެތް ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

ވ. އަތޮޅުގެ ފަޅުގެ ބައެއް، ރިސޯޓު ތަރައްގީ ކުރަން ދޫކޮށްލަން ނިންމާފައި ވަނީ މަޝްވަރާ ކުރުމެއް ނެތި ކަމަށް އެ އަތޮޅު ކައުންސިލުގެ ރައީސް ޝުޖާއު އަލީ ވިދާޅުވި ވާހަކައާ ގުޅޭ ގޮތުން މިނިސްޓަރު މައުސޫމް "އަދަދު" ނޫހަށް ވިދާޅުވީ ޓޫރިޒަމް ތަރައްގީކުރުމާ ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލާއި ވިސްނުން ހުރި ގޮތް ދެނެގަތުމުގެ މަސައްކަތް މިނިސްޓްރީން ކުރަމުން އަންނަ ކަމަށެވެ.

އެ މަސައްކަތުގައި 100 އަށް ވުރެ ގިނަ ރަށަށް މިނިސްޓްރީގެ ޓީމުތައް ޒިޔާރަތް ކުރިއިރު، ވ. އަތޮޅުގެ ހުރިހާ ރަށެއްގެ ކައުންސިލުން އަދި ރައްޔިތުން ވެސް އެ އަތޮޅުގައި ޓޫރިޒަމް ތަރައްގީ ކުރަން ބޭނުންވާ ކަމަށް މައުސޫމް ވިދާޅުވި އެވެ.

ޓޫރިޒަމަކީ ގުދުރަތީ ވަސީލަތުގެ މައްޗަށް ބިނާވެފައި އޮތް ސިނާއަތެއް ކަމަށާއި އިންވެސްޓަރުން މަލްޓި މިލިއަން ޑޮލަރު ހޭދަކުރަނީ ވެށި ހަލާކުކޮށްލަން ނޫން ކަމަށް ވެސް މައުސޫމް ވިދާޅުވި އެވެ.

"މުޅި މާލެ އަތޮޅުގެ ލޭންޑްސްކޭޕް މި ވަނީ ބަދަލުވެފައި. ވަލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި ތަރައްގީކޮށްފައި ވަނީ އެ ތަނުގެ ފަރަށް ގެއްލުން ނުވާނެ ގޮތަށް. ހިއްކި ރަށެއްގެ އިހުސާސެއް އެ ތަނުން ނުވޭ،" ވެއްޓަށް ގެއްލުން ނުވެ ޓޫރިޒަމް ތަރައްގީ ކުރެވޭނެ ކަމުގެ މިސާލެއްގެ ގޮތުގައި އެ މަޝްރޫއު ފާހަގަ ކުރެއްވުމުގެ ގޮތުން އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި ހިއްކައިގެން ފުރަތަމަ ތަރައްގީކުރި ރީތިރަށުގެ ގުދުރަތީ ވެށީގައި މުއްސަނދިކަން ހުރިއިރު، އެތަނަށް ޒިޔާރަތް ކުރާ ޓޫރިސްޓުންގެ ގޯސް ރިވިއުއެއް ލިބިފައި ނެތް ކަމަށް ފާހަގަ ކުރެއްވެވި އެވެ.

ރިސޯޓު ތަރައްގީ ކުރަން ވ. އަތޮޅުން ދޫކުރަނީ 12 ވަރަކަށް ފިނޮޅު އޮންނަ ގުދުރަތީ ރީތިކަން ލިބިފައިވާ ސަރަހައްދެކެވެ. އެހެން ދިރުންތައް ވެސް މުއްސަނދި އެ ސަރަހައްދު ހިމާޔަތްކުރުމުގެ ގޮތުން އެންވަޔަރަމަންޓު މިނިސްޓްރީއާއެކު މަޝްވަރާކުރަމުން އަންނަތާ ހަތަރު ވަރަކަށް މަސް ވެއްޖެ ކަމަށް ޝުޖާއު ވިދާޅުވި އެވެ.

މިނިސްޓަރު ގަބޫލު ކުރައްވާ ގޮތުގައި މި ޒަމާނުގައި ތަނެއް ހިމާޔަތް ކުރުމަކީ އެތަނެއް ބޭނުން ކުރަމުން، ވެށީގެ ރައްކާތެރިކަން ދެމެހެއްޓުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

ލޯނު ނުދެއްކުމުން މާލޭގެ ދެ ގެއެއް ސީބީއެމްއިން ވިއްކާލަނީ

ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް (ސީބީއެމް) އަށް ދައްކަންޖެހޭ ފައިސާ ނުދައްކައިގެން މާލޭގެ ދެ އިމާރާތެއް ނީލަމުގައި ވިއްކާލަން އެ ބޭންކުން ވަނީ އިޢުލާނުކޮށްފަ. މި ބިޑްތައް ފެށޭ އަގަކީ ހަތަރު މިލިއަން ރުފިޔާ ކަމަށްވާއިރު، މި މަހުގެ 14 ވަނަ ދުވަހުގެ ކުރިން ދަރަނި ހަލާސްނުކޮށްފިނަމަ މި މުދާ ވިއްކާލުމުގެ މަސައްކަތް ކުރިއަށް ދާނެ.

Newsletter

Get the latest news delivered straight to your inbox