މި ވަގުުތުގެ ފޯކަސް ކިޔެވުމަށް، ކީޕަރު ޔޫސުފް ފުޓްބޯޅައާ ދުރުވުމުގެ ވިސްނުމެއް ނެތް

މި ވަގުުތުގެ ފޯކަސް ކިޔެވުމަށް، ކީޕަރު ޔޫސުފް ފުޓްބޯޅައާ ދުރުވުމުގެ ވިސްނުމެއް ނެތް

ޕްރީ ސީޒަަން ޕްރެކްޓިސް ފެށިއިރު ވެސް، ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)ގެ ގޯލްކީޕަރު، ޔޫސުފް މީސަމް އަބްދުﷲ ވަނީ ސީޒަނުގެ ފުރަތަމަ މުބާރާތް ކަމަށްވާ ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގައި ކުޅުމަށް ފަހު އެ ޓީމު ދޫކޮށްލަން ޖެހޭ ކަމަށް ކްލަބްގެ މެނޭޖްމަންޓަށް އަންގައިފަ އެވެ.

ރާއްޖޭގައި މިދިޔަ ދެތިން އަހަރު އެންމެ ބޮޑު ކުރިއެރުމެއް ހޯދި އެއް ގޯލްކީޕަރު، ޔޫސުފް، 19، އަށް މެލޭޝިއާގައި ހަތަރު އަހަރަށް ކިޔަވަން ފުރުސަތު ލިބުމާ އެކު، ފުޓްބޯޅަ ކެރިއަރު މި ވަގުތަށް މަޑުޖައްސާލައި، އޭނާ ފޯކަސް ކުރަން ނިންމީ، ކިޔެވުމަށެވެ.

އެ ގޮތުން ޕްރެޒިޑެންޓްސް ކަޕަށް ފަހު، ޔޫސުފް ވަނީ މެލޭޝިއާ އަށް ބަދަލުވެފަ އެވެ.

"އަބަދުވެސް ވިސްނައިގެން ހުރީ އޭ ލެވަލް އަށް ފަހު ކިޔެވުން ކުރިއަށް ގެންދަން. ދެން އެހެން ދުވަސްތައް ދަނިކޮށް، މެލޭޝިއާގައި ކިޔަވަން ހުންނަން ފުރުސަތު ލިބިގެންދިޔައީ. ކިޔެވުމަށް އޮތް މުއްދަތަކީ ހަތަރު އަހަރު،" 19 އަހަރުން ދަށުގެ ގައުމީ ޓީމާއި ސީނިއާ ގައުމީ ސްކޮޑުގައި ވެސް މިދިޔަ އަހަރު ހިމެނި ގިނަ މެޗުތަކެއްގައި ކުޅެފައިވާ ޔޫސުފް، "އަދަދު" އަށް ބުންޏެވެ.

ސަސް އިން ޕްރެޒިޑެންޓްސް ކަޕްގައި ވެލެންސިއާއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން ޔޫސުފް.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ސަސް އިން މި ފަހަރުގެ ޕްރެޒިޑެންޓްސް ކަޕްގެ ގްރޫޕް ސްޓޭޖު ފުރަތަމަ މެޗުން ވެލެންސިއާ ބަލިކުރިއިރު، ދެ ވަނަ މެޗުގައި އީގަލްސްއާ ދެކޮޅަށް ކުޅެނިކޮށް އެ މެޗުގެ ފަހު ވަގުތުގައި ޔޫސުފް އަށް ވަނީ ރަތް ކާޑެއް ދައްކައިފަ އެެވެ. އެހެންވެ، ސަސް އިން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ދެކޮޅަށް ކުޅުނު ސެމީ ފައިނަލް މެޗު ޔޫސުފް އަށް ގެއްލުނެވެ.

ޕްރެޒިޑެންޓްސް ކަޕްގެ ގްރޫޕް ސްޓޭޖުގައި އީގަލްސް އަތުން ސަސް ބަލިވި މެޗަކީ މި ވަގުތަށް ބަލާއިރު، ރަސްމީ މެޗެއްގައި ޔޫސުފްގެ އެންމެ ފަހުން ފެނިލުމެވެ. އެކަމަކު، ފުޓްބޯޅައާ އެއްކޮށް ދުރަށް ދިއުމުގެ ވިސްނުމެއް ޔޫސުފްގެ އަދި ނެތެވެ.

"ކުޅުން ހުއްޓާލާކަށެއް ނުއެއް ވިސްނަން، މި ކޮޅުގައި މެލޭޝިއާގައި ކިޔަވަން އުޅޭއިރު ވެސް ފުރުސަތު ލިބިއްޖިއްޔާ ކުޅޭ ގޮތަށް ވިސްނުން ހުރީ. އުންމީދަކީ ހުރިހާ ކަމެއް ރަނގަޅަށް ގޮސްފިނަމަ، ކެރިއަރު އަލުން ކުރިއަށް ގެންދިއުން،" އުމުރުފުރާ ގައުމީ ޓީމުތަކަށް ވެސް ކުޅެ، ކެޕްޓަންކަން ވެސް ކޮށްފައިވާ ޔޫސުފް ބުންޏެވެ.

ގައުމީ ސީނިއާ ޓީމުގެ ޕްރެކްޓިހުގެ ތެރެއިން ޔޫސުފް.-- ފޮޓޯ: އެފްއޭއެމް

ޔޫސުފް ވަނީ 2021 ވަނަ އަހަރު އޮކްޓޫބަރު މަހު ގައުމީ ޓީމުން ކުޅުނު ދެ އެގްޒިބިޝަން މެޗެއްގައި ކުޅެފަ އެވެ. އެއީ ހދ. ކުޅުދުއްފުށީ ޒިގްޒެގް ސްޓޭޑިއަމް ހުޅުވަން އެ ރަށު ޓީމަކާ ދެކޮޅަށް ގައުމީ ޓީމު ކުޅުނު މެޗާއި މަޝްހޫރު ވިޔަފާރިވެރިޔާ، މުހައްމަދު މޫސާ (އުއްޗު)ގެ ދައުވަތަކަށް ޅ. ކުރެއްދޫ ރިސޯޓްގައި އެ ތަނުގެ ޓީމާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. އެ ދެ މެޗުގައި ވެސް ޔޫސުފް، ކުޅެން އެރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގަ އެވެ.

މިދިޔަ އަހަރަކީ ޔޫސުފްގެ ކެރިއަަރުގެ އެންމެ ބޮޑު އަހަރެވެ. އޭނާ ވަނީ އިންޑިއާގައި ބޭއްވި 19 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕާއި ސައުދީ އަރަބިއްޔާގައި ކުރިއަށްދިޔަ އޭއެފްސީ 19 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންގައި ކުޅެފަ އެވެ. އެ ގޮތުން، ރާއްޖޭގެ 19 އަހަރުން ދަށުގެ ގައުމީ ޓީމުން އޭޝިއާ މުބާރާތުގެ ކޮލިފައިންގައި މިޔަންމާއާ ދެކޮޅަށް ކުޅުނު މެޗުގައި ޔޫސުފް ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. އެ މެޗުން މިޔަންމާ އަތުން ރާއްޖެ 3-0 އިން ބަލިވިއިރު، ޔޫސުފް ވަނީ ގިނަ ހަމަލާތަކެއް ހުއްޓުވައިފަ އެވެ. އެ މެޗަށް ފަހު މިޔަންމާގެ ކޯޗު ވެސް ވަނީ ޔޫސުފްގެ ކުޅުން ފާހަގަކޮށްފަ އެވެ.

ގައުމީ ޓީމުން އެންމެ ފަހުން ލ. ގަމުގައި ޕާކިސްތާނާ ދެކޮޅަށް ކުޅުނު މެޗުގައި ވާދަކުރި ސްކޮޑުގައި ވެސް ޔޫސުފް ވަނީ ހިމެނިފަ އެވެ.

މިދިޔަ އަހަރުގެ ސީޒަނަކީ ކްލަބް ލެވަލްގައި ވެސް ޔޫސުފް އަށް ރަނގަޅު އަހަރެކެވެ. ސަސް އިން އެފްއޭ ކަޕްގެ ސެމީ ފައިނަލަށް ދަތުރުކުރިއިރު، ޔޫސުފް ވަނީ މެޗުތަކުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. އެ ގޮތުން އެފްއޭ ކަޕްގެ ކުއާޓާ ފައިނަލުގައި ސަސް އިން އީގަލްސްގެ މައްޗަށް ޕެނަލްޓީ ޖަހައިގެން ކުރިހޯދިއިރު، އެ ދުވަހުގެ ތަރި އަކީ ޔޫސުފް އެވެ. ޔޫސުފް ވަނީ އެ މެޗުގައި އީގަލްސްގެ ހަސަން ރާއިފް އަހުމަދު (ހަންނަ)، މުހައްމަދު ނާއިމް، ހިސާމް ސަލީމް (ކޮކީ) އަދި ސޮލާހު އަލީ (ސޮލާ) ޖެހި ޕެނަލްޓީތައް ހުއްޓުވައިފަ އެވެ.

ސިއްހީ ދާއިރާ އިން މަތީ ތައުލީމު ހާސިލްކުރުމަށް މި ވަގުތު މެލޭޝިއާގައި ހުރި ޔޫސުފަކީ ރާއްޖޭގައި މި ފަހުން ފެނުނު އެންމެ ހުނަރުވެރި ކީޕަރު ކަމަށް އޭނާ އަށް ކޯޗުކޮށްދިން ގޯލްކީޕަރު ޓްރެއިނިނަރުން ވަނީ ބުނެފަ އެވެ.

ސަސްގެ ކޯޗު އިސްމާއިލް މަހްފޫޒް (އިންމަ)، މި ސީޒަނުގައި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން ބުނީ ޔޫސުފް އަކީ މުސްތަގުބަލު އުޖާލާ ކުޅުންތެރިއެއް ކަމަށާއި ސަސް އިން ދޭ ކޮންމެ ފުރުސަތެއްގެ ބޭނުން ހިފާ މަސައްކަތް ކުރާ ކުޅުންތެރިއެއް ކަމަށެވެ.

މުސްތަގުބަލުގައި ރާއްޖޭގެ ގޯލު ބަލަހައްޓާނެ ކީޕަރެއްގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރާ ޔޫސުފް މި ވަގުތު ފޯކަސް ހުސްކޮށްގެންހުރީ ކިިޔެވުމަށް ކަމަށް ވިޔަސް، ފުޓްބޯޅަ އިން ކުރިއަށް ދިއުމަށް އޮތް ޝައުގުވެރި ކަމަށް އެއްވެސް ބަދަލެއް ނާދެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox