ރާއްޖޭން ބޭރުގެ ފުރުސަތުތައް ހޯދަން އަމާނާތަކަފުލް އިން އައިސީޑީއާ ގުޅިއްޖެ

ރާއްޖޭން ބޭރުގެ ފުރުސަތުތައް ހޯދަން އަމާނާތަކަފުލް އިން އައިސީޑީއާ ގުޅިއްޖެ

އިންވެސްޓްމެންޓް ފައިނޭންސިން އާއި އެޑްވައިޒަރީ ސާވިސް އަދި ތަކަފުލް އޮޕަރޭޝަންތައް ހިންގަން ރާއްޖޭން ބޭރުގައި ހުރި ފުރުސަތުތައް ބަލައި ދަނެގަންނަން އިސްލާމިކް ކޯޕަރޭޝަން ފޯ ދަ ޑިވެލޮޕްމެންޓް އޮފް ދަ ޕްރައިވެޓް ސެކްޓާ (އައިސީޑީ) އާ ގުޅިގެން މަސައްކަތް ކުރުމުގެ އެމްއޯޔޫއެއްގައި މިއަދު ސޮއިކޮށްފި އެވެ.

އަމާނާތަކަފުލް އިން ބުނީ މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން ގާއިމްކުރީ ދެފަރާތަށް ވެސް ފައިދާވާނެ ގުޅުމެއް ކަމަށެވެ. އަދި އެއީ ޝަރީއާ ހުއްދަކުރާ ގޮތުގެ މަތިން އިޖުތިމާއީ އިގުތިސާދީ ތަރައްގީ ކުރިއަރުވަން ލިބޭ ފުރުސަތެއް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އައިސީޑީގައި ބައިވެރިވާ ގައުމުތަކުަގައި ތަފާތު ގިނަ ދާއިރާތަކަކުން ދެ ފަރާތް ގުޅިގެން މަސައްކަތް ކުރަން މިއަދު ސޮއިކުރި އެމްއޯޔޫގައި އެއްބަސްވި އެވެ. އިސްލާމީ އިންޝުއަރެންސްގެ އެކިއެކި އިންސްޓްރޫމެންޓް ތައާރަފް ކުރުމުގައި މަޝްވަރާ އާއި ލަފާ ހޯދަން ވެސް އެ އެމްއޯޔޫގައި ވެ އެވެ.

އައިސީޑީއަކީ އިސްލާމިކް ޑިވެލޮޕްމެންޓް ބޭންކާ ގުޅިގެން އެ ބޭންކްގެ މެމްބަރު ގިނަ ގައުމުތަކެއް ބައިވެރިވާ ގޮތަށް އުފައްދާފައިވާ އޯގަނައިޒޭޝަނެކެވެ. ސައުދީ އަރަބިއްޔާގެ ޖިއްދާގައި މަރުކަޒު ހުންނަ އެ އޯގަނައިޒޭޝަން އުފެއްދީ 1999 ވަނަ އަހަރު އެވެ.

އައިސީޑީގެ މަސައްކަތަކީ އެ އޯގަނައިޒޭޝަންގެ މެމްބަރު ގައުމުތަކުގެ ޕްރައިވެޓް ސެކްޓާއިން އިގުތިސާދީ ކުރިއެރުމަށް ހިންގާ މަޝްރޫއުތަކަށް ޝަރީއާގެ އުސޫލުތަކާ އެއްގޮތަށް މާލީ އެހީތެރިކަން ދިނުމެވެ.

އަމާނާތަކަފުލް އާއި އައިސީޑީއާ ދެމެދު ގާއިމްކުރި އެމްއޯޔޫގައި އައިސީޑީގެ ފަރާތުން ސޮއިކުރެއްވީ އަމާނާ ބޭންކް، ސްރީލަންކާގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަޒްމީރެވެ. އޭނާ ސޮއިކުރެއްވީ އަމާނާތަކަފުލް މޯލްޑިވްސްގެ ޑެޕިއުޓީ ޗެެއާމަން އުސްމާން ގާސިމްގެ ފަރާތްޕުޅުންނެވެ. އައިސީޑީގެ ފަރާތުން ސޮއިކުރެއްވީ އެކްޓިން ސީއީއޯ ހާނީ ސަމްބަލް އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

Newsletter

Get the latest news delivered straight to your inbox