އާޒިމް ވަކިކުރީ ފަސް އަހަރު ވަންދެން ޕާޓީގެ ޓިކެޓުގައި އިންތިހާބެއްގައި ވެސް ވާދަނުކުރެވޭ ގޮތަށް!

މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް: އެމްޑީޕީއިން އެބޭފުޅާ ވަކިކޮށް ހަރުކަށި ފިޔަވަޅުތަކެއް ވަނީ އަޅާފައި - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް: އެމްޑީޕީއިން އެބޭފުޅާ ވަކިކޮށް ހަރުކަށި ފިޔަވަޅުތަކެއް ވަނީ އަޅާފައި - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމު އެމްޑީޕީން ވަކިކުރުމުގެ އިތުރުން ކުރިއަށް އޮތް ފަސް އަހަރު ޕާޓީގެ އެތެރޭގެ އެއްވެސް އިންތިހާބެއްގައި އޭނާއަށް ވާދަ ނުކުރެވޭނެ ކަމަށް ވެސް ކަނޑައަޅައިފި އެވެ.

އާޒިމް ޕާޓީން ވަކިކުރަން ނިންމީ އިއްޔެ ބޭއްވި ފިޔަވަޅު އަޅާ ކޮމިޓީގެ ބައްދަލުވުމުގަ އެވެ. ނަމަވެސް ނަމަވެސް އެހެން ފިޔަވަޅުތައް އަޅަން ނިންމީ މިއަދު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގަ އެވެ.

ޕާޓީގެ ޗެއާޕާސަން ނައިބު އިދާރީ އިބްރާހިމް ވަހީދު "އަދަދު" ނޫހަށް ވިދާޅުވީ އާޒިމަށް އަޅަން ނިންމި ފިޔަވަޅުތަކުގެ ތެރޭގައި ތިން ކަމެއް ހިމެނޭ ކަމަށެވެ.

އެ ފިޔަވަޅުތަކަކީ:

  • އެއް އަހަރު ދުވަހުގެ މުއްދަތަށް ޕާޓީގެ މެންބަރުކަމުން ވަކިކުރުން
  • އެއް އަހަރުގެ މުއްދަތަކަށްފަހު ޕާޓީއާ ގުޅެން އެދޭނަމަ، މެންބަރުކަމަށް އެދޭ ފޯމާއެކު ޕާޓީއަށް އަލަށް ގުޅެން ބޭނުންވާ 100 މެންބަރުންގެ ފޯމު ހުށަހެޅުން
  • ފިޔަވަޅު އެޅި ތާރީހުން ފެށިގެން ފަސް އަހަރުގެ ތެރޭގައި ޕާޓީގެ އެއްވެސް މަގާމަކަށް އަދި ޕާޓީގެ އެއްވެސް ޕްރައިމަރީއެއްގައި ކުރިމަތި ނުލެވުން

ޕާޓީގެ އެތެރޭގެ އެއްވެސް އިންތިހާބަކަށް ވާދަނުކުރެއްވޭނެ ގޮތަށް އެޅި ފިޔަވަޅާއެކު، އާޒިމު ޕާޓީއާ އަލުން ގުޅިވަޑައިގެންނެވި ނަމަވެސް، އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓެއްގެ ގޮތުގައި ވާދައެއް ނުކުރެއްވޭނެ އެވެ.

އެޅި ފިޔަވަޅުތަކާ ގުޅޭ ގޮތުން އާޒިމް މިއަދު "އަދަދު" ނޫހަށް ވިދާޅުވީ އޭނާ އެމްޑީޕީން ވަކިވެފައިވާ ކަމަށް ފިޔަވަޅު އަޅާ ކޮމިޓީން ނިންމިޔަސް، އެ ކޮމިޓީ ބާއްވާފައިވަނީ ގޯސްކޮށް ކަމަށެވެ. "ހިއެއް ނުވޭ ތިޔައީ ރަނގަޅު ވާހަކައެއް ހެން ވެސް" ކަމަށް އޭނާ ވިދާޅުވި އެވެ.

"އަސާސީ ގަވާއިދުގައި އޮންނާނެ، ޕާޓީގެ ނައިބު ރައީސް އެއީ ކޮމިޓީގެ މުގައްރިރު، ކޮމިޓީގެ މުގައްރިރު ހުރެގެން ކޮމިޓީ ބޭއްވޭނީ ވެސް، މުގައްރިރު އަންގަވާނީ ވެސް ބައްދަލުވުންތަކަށް ވެސް، އެހެންވީމަ ކޮމިޓީ ނުވެސް ބޭއްވޭނެ ނޫންތޯ،" ކުރިން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރުކަން ވެސް ކުރެއްވި އާޒިމް ވިދާޅުވި އެވެ.

އާޒިމު ޕާޓީން ވަކިކޮށް ފިޔަވަޅު އެޅީ ސަރުކާރު ހިންގާ މައި ޕާޓީން އާޒިމް ވަކިކުރީ، ފޯޅަވައްސާއި އައްޑޫއާ ދެމެދު އޮތް ކަނޑުގެ އިގުތިސޯދީ ސަރަހައްދުގެ އިން ވަކިކުރި މައްސަލާގައި އިދިކޮޅު ސިޔާސީ ޕާޓީތަކުން އުފައްދާފައިވާ "ފޯޅަވަހި ކޯލިޝަން"ގެ ބައްދަލުވުންތަކާއި ޕްރެސް ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވި މައްސަލަ އާއި ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ސޮއިކުރެއްވުމާ ގުޅިގެންނެވެ.

ކަނޑުގެ އިންވަކިކުރި މައްސަލައިގައި ރާއްޖޭގެ އިގުތިސޯދީ ސަރަހައްދުން ބައެއް ގެއްލިފައިވާ ކަމަށް ބުނެ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަޒުލުކުރުމާއި ސަރުކާރާ ދެކޮޅަށް އަންނަ މަހު ދެ ވަނަ ދުވަހު ބޮޑު އެއްވުމެއް ބޭއްވުމަށް ވެސް ފޯޅަވަހި ކޯލިޝަނުން ދަނީ ތައްޔާރުވަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox