އޮސްޓްރޭލިއާގެ މަތީ ފަންތީގެ ލީގެއްގައި ރާއްޖޭގެ ތަރި ހަސަން އަށް ބޮޑު ފުރުސަތެއް

ގައުމީ ކްރިކެޓް ޓީމުގެ ބާރު އުކުންތެރިޔާ ހަސަން ސާފް ގޭމްސްގައި ރާއްޖެ ކުޅުނު މެޗެއްގެ ތެރެއިން

ގައުމީ ކްރިކެޓް ޓީމުގެ ބާރު އުކުންތެރިޔާ ހަސަން ސާފް ގޭމްސްގައި ރާއްޖެ ކުޅުނު މެޗެއްގެ ތެރެއިން

ރާއްޖޭގެ ގައުމީ ކްރިކެޓު ޓީމުގެ ބާރު އުކުންތެރިޔާ ހަސަން އިބްރާހިމް، އަށް އޮސްޓްރޭލިއާގެ އެންމެ ފާހަގަކޮށްލެވޭ އެއް ލީގު ކަމަށްވާ ބްރިސްބޭން ޕްރިމިއާ ލީގުގައި ކުޅުމުގެ ފުރުސަތު ލިބިއްޖެ އެވެ.

އޮސްޓްރޭލިއާގެ ކުއީންސްލޭންޑުގެ ކުލަބެއް ކަމަށްވާ ވެސްޓާން ސަބްއާބްސް ޑިސްޓްރިކްޓް ކްރިކެޓު ކުލަބަށް ކުޅެމުން އަންނަ ހަސަން އަށް މި ފަހަރު ފުރުސަތު ލިބުނީ އޮސްޓްރޭލިއާގެ ބްރިސްބޭން ކްރިކެޓު ލީގުގައި ކުޅެން ތައްޔާރުވަމުން އަންނަ އެއް ޓީމު ކަމަށްވާ ސަދާން ރޮކެޓްސް އަށެވެ. މި ޓީމަކީ މި ވަގުތު އޮސްޓްރޭލިއާގެ ގައުމީ ޓީމްގެ ކުޅުންތެރިއެއް ކަމަށްވާ އުސްމާން ކަވާޖާގެ ހިއްސާ އޮންނަ ކުލަބެކެވެ.

ބްރިސްބޭން ޕްރިމިއާ ލީގު އަލުން ރިބްރޭންޑްކޮށް 10 ޓީމާ އެކު ކުރިއަށްދާނީ "ސެންޗަރީ ކްރިކެޓް" ނަމުގަ އެވެ. މި މުބާރާތުގައި އާންމުކޮށް ކުޅޭ ކްރިކެޓް ފޯމެޓްތަކުގެ ބަދަލުގައި ކުޅޭނީ 100 ބޯޅައިގެ ފޯމެޓަށެވެ.

އޮސްޓްރޭލިއާގައި އަލަށް ފަށާ 100 ބޯޅައިގެ ފޯމެޓަށް ކުރިއަށްގެންދާ މުބާާރާތުގެ ނީލަން (އޯކްޝަން) ކުރިއަށްގެންގޮސްފައިވަނީ މިދިޔަ ހަފްތާގަ އެވެ. މި ނީލަމަށް އެ ގައުމުގައި ކުޅޭ ކޮންމެ ކުޅުންތެރިއަކަށް ވެސް ނަންތައް ނޮމިނޭޓްކުރުމުގެ ފުރުސަތު އޮތެވެ. އެ ގޮތުން، 200 އަށް ވުރެ ގިނަ ކުޅުންތެރިންގެ ތެރެއިން ނީލަމުގައި ރާއްޖޭގެ ހަސަން އަށް ތިން ޓީމަކުން ބިޑުކުރި އެވެ. ބިޑު ކާމިޔާބުކޮށް ހަސަން އަށް ތާރީޚީ ފުރުސަތު ލިބުނު ޓީމަކީ ސަދާން ރޮކެޓްސް އެވެ.

ރާއްޖޭގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ ހަސަން: ބައިނަލްއަގުވާމީ ލެވަލްގައި ފިޔަޖަހާ ތަރިއެއް.--- ފޮޓޯ: އަދަދު ފައިލް ފޮޓޯ

"އަސްލު ފުރަތަމަ ނަން އިއުލާނު ކޮށްލިއިރު އިނީ ވަރަށް ބިރުން. ހިތަށް އެރި ނުވިކިއްޖެއްޔާ ކިހިނެއްބާއޭ ވާނީ. އެކަމަކު، ހަމަ ނަން ގޮވުމާއިއެކު ޓީމަކުން ބިޑުކުރި. ދެން އަނެއްކާ އެހެން ދެ ޓީމަކުން އެއް ފަހަރާ ބިޑުކުރީ. އޭގެ ފަހުން އެހެން ޓީމަކުންވެސް ބިޑުކުރީ. ހިތަށް އެރި އަސްލު ބައިވަރު ކުޅުންތެރިންގެ ތެރެއިން މި ކަހަލަ ފުރުސަތެއް ލިބޭނީ ހަސަން އަށް ރަނގަޅު ޕާފޯމަންސްތަކެއް ދެއްކިފަ ހުރީމައޭ. އެހެންވެ އޭ ޓީމްތަކަށް އެނގެނީ ވެސް," ތާރީޚީ ވަގުތު ކޮޅު ސިފަކުރަމުން ހަސަން، "އަދަދު" އަށް ބުންޏެވެ.

"ކްރިކެޓު ކުޅޭ ގިނަ ބަޔަކު އުޅޭ އަދި ގިނަ ބަޔަކު މިގައުމުގައި ފުރުސަތުތައް ހޯދަން މަސައްކަތްކުރާ ކުޅިވަރެއްގައި ދިވެހިރާއްޖެ ކަހަލަ ގައުމަކުން އައިސް ވަރަށް ބޮޑު ކާމިޔާބެކޭ މި ލިބުނީ"

ހަސަން ބުނީ ރާއްޖެ ކަހަލަ ކްރިކެޓުގެ ވަސީލަތްތައް މަދު ގައުމެއްގައި ތަމްރީން ހަދައި މި ކުޅިވަރުގެ އެންމެ އުހަށް ދިޔުމަށް ކުރި މަސައްކަތުގައި މިއީ އޭނާ އަށް ލިބުނު އެންމެ ބޮޑު އެއް ކާމިޔާބީ ކަމަށެވެ.

ކްރިކެޓް ކެރިއަރު ނިންމާލުމުގެ ކުރިން މި ކަހަލަ ފުރުސަތެއް ލިބުމަކީވެސް ބޮޑު ހިތްހަމަޖެހުމެއް ކަމަށް ވެސް ރާއްޖޭގައި މިވަގުތު ހުރި އެންމެ ބާރު އުކުންތެރިޔާ ހަސަން ބުނެފައިވެ އެވެ.

ގައުމީ ކްރިކެޓު ޓީމުގެ ބާރު އުކުންތެރިޔާ ހަސަން އިބްރާހިމް އޮސްޓްރޭލިއާގެ ކުއީންސްލޭންޑުގެ ކުލަބެއް ކަމަށްވާ ވެސްޓާން ސަބްއާބްސް ޑިސްޓްރިކްޓް ކްރިކެޓު ކުލަބަށް ކުޅެނީ
ގައުމީ ކްރިކެޓު ޓީމުގެ ބާރު އުކުންތެރިޔާ ހަސަން އިބްރާހިމް އޮސްޓްރޭލިއާގެ ކުއީންސްލޭންޑުގެ ކުލަބެއް ކަމަށްވާ ވެސްޓާން ސަބްއާބްސް ޑިސްޓްރިކްޓް ކްރިކެޓު ކުލަބަށް ކުޅެނީ

ގައުމީ ކްރިކެޓު ޓީމުގެ ބާރު އުކުންތެރިޔާ ހަސަން އިބްރާހިމް އޮސްޓްރޭލިއާގެ ކުއީންސްލޭންޑުގެ ކުލަބެއް ކަމަށްވާ ވެސްޓާން ސަބްއާބްސް ޑިސްޓްރިކްޓް ކްރިކެޓު ކުލަބަށް ކުޅެނީ

ހަސަން އަކީ ރާއްޖެ އިން ބޭރުގެ ކުލަބަކަށް ކުޅުނު ފުރަތަމަ ދިވެހި ކްރިކެޓު ކުޅުންތެރިޔާ އެވެ. އޭނާ ވަނީ 2017ގެ ކުރީކޮޅު މެލޭޝިއާ ސްޓޭޓް ލީގުގެ ޕެނާންގް ޓީމަށް ކުޅެފަ އެވެ. އޭގެ ފަހުން، 2017 ވަނަ އަހަރުގެ ފަހުކޮޅު އޮސްޓްރޭލިއާގެ އެންމެ ވަރުގަދަ ލީގުގައި ކުޅޭ މެލްބަން ރެނެގޭޑްއާ އެކު ހަސަން ތަމްރީން ހެދި އެވެ.

އޮސްޓްރޭލިއާގެ ވިކްޓޯރިއާ ޕްރިމިއާ ލީގުގައި ކާލްޓަން ކްރިކެޓް ކްލަބަށް އޭރު ކުޅެމުން އައި ހަސަނަށް އޮސްޓްރޭލިއާގެ ބިގް ބޭޝް ލީގުގަިއ ރެނެގޭޑްއާ އެކު ފަރިތަކުރުމުގެ ފުރުސަތު ހޯދުމުގެ އިތުރުން އޭނާ ވަނީ އޮސްޓްރޭލިއާގެ ގައުމީ ޓީމުގެ ބެޓްސްމަނުންގެ ޕްރެކްޓިސް ސެޝަންތަކެއްގައި އެ ކުޅުންތެރިންނަށް ބޯޅަ އުކަން އެގައުމުގެ ޕްރިމިއާ ގްރޭޑް ކްރިކެޓުން ހޮވާލި ކުޅުންތެރިންގެ ތެރޭގައި ހިމެނިފަ އެވެ.

އޮސްޓްރޭލިއާގައި އޭނާ ކުޅުނު ބައެއް ޓީމްތަކުގައި ހިމެނުނު ބައެއް ކުޅުންތެރިންނަކީ އެގައުމުގައި މިވަގުތު ފަސްޓް ކްލާސް ކްރިކެޓު ކުޅެމުން އަންނަ ކުޅުންތެރިންނެވެ. އޭގެ ތެރެއިން ބައެއް ކުޅުންތެރިން ގައުމީ ޓީމްވެސް ތަމްސީލްކޮށްފައިވެ އެވެ.

އުމުރުން އެންމެ 15 އަހަރުގައި ހަސަން ވަނީ 2006 ވަނަ އަހަރު ގައުމީ ކްރިކެޓް ޓީމުން ޖާގަހޯދައިފަ އެވެ. އޭގެ ފަހުން ގައުމީ ކްރިކެޓް ޓީމުން ފާހަގަވާން ފެށި ހަސަން އަންނަނީ ގަވާއިދުން ގައުމީ ކްރިކެޓް ޓީމަށް ކުޅެމުންނެވެ. އޭނާ ވަނީ 2010 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސް އާއި އޭޝިއަން ގޭމްސްގެ އިތުރުން 2014 ވަނަ އަހަރުގެ އޭޝިއަން ގޭމްސްގައި ކުޅެފަ އެވެ.

ހަސަން އަކީ 2010 ވަނަ އަހަރުގެ އޭސީސީ ޗެލެންޖް ޓްރޮފީ ކާމިޔާބުކުރި ކްރިކެޓް ޓީމުގެ މެމްބަރެކެވެ. ކުޅުމުގެ ކެރިއަރުގެ އިތުރުން ހަސަން ވަނީ ކުޅިވަރުގެ އެޑްމިނިސްޓްރޭޝަނުގެ އެކި އެކި މަސައްކަތްތަކުގައި ވެސް ހަރަކާތްތެރިވެފަ އެވެ. އެ ގޮތުން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގައި މަސައްކަތްކޮށް، 2015 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ވާދަކުރި ރާއްޖޭގެ ބޮޑު ކޮންޓިންޖެންޓުގެ މަސައްކަތުގައި ހަސަން ވަނީ އޮލިމްޕިކް ކޮމިޓީގެ އެކި ޒިންމާތައް އަދާކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox