އޭޝިއަން ސާފިން ޗެމްޕިއަންޝިޕް ރަސްމީކޮށް ލޯންޗްކޮށްފި

May 16, 2023, 5:29 AM
އޭޝިއަން ސާފިން ޓްރޮފީ ލޯންޗްކުުރުމަށް ބޭއްވި އިވެންޓްގެ ތެރެއިން.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އޭޝިއަން ސާފިން ޓްރޮފީ ލޯންޗްކުުރުމަށް ބޭއްވި އިވެންޓްގެ ތެރެއިން.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އަންނަ ޖުލައި މަހު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ދެ ވަނަ އޭޝިއަން ސާފިން ޗެމްޕިއަންޝިޕް ރަސްމީކޮށް މިއަދު ލޯންޗްކޮށްފި އެވެ.

ތިން އަހަރުގެ މެދުކެނޑުމަކަށް ފަހު އޭޝިއަން ސާފިން ޗެމްޕިއަންޝިޕް މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ 8-17 އަށް ކ. ތުލުސްދޫގަ އެވެ.

އޭޝިއާ ސަރަހައްދުގެ ސާފިން މުބާރާތް ރަސްމީކޮށް ލޯންޗްކޮށްދެއްވަމުން ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވީ ސާފިންގެ ބައިނަލްއަގްވާމީ މުބާރާތެއް ބޭއްވުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅެއް ކަމަށާއި، މި މުބާރާތް ރާއްޖޭގައި ބޭއްވުމަށް އެސޯސިއޭޝަނުން ކުރި މަސައްކަތް ފާހަގަކުރެއްވާ ކަމަށެވެ.

މި މުބާރާތަކީ މި އަހަރު ބާއްވާ ބައިނަލްއަގްވާމީ ތިން ވަނަ މުބާރާތެވެ. މި އަހަރު މިހާތަނަށް ވޮލީބޯޅައިގެ ބައިނަލްއަގްވާމީ މުބާރާތަކާއި ބިލިއާޑްގެ ދުނިޔޭގެ ފެންވަރުގެ މުބާރާތެއް ވަނީ ބާއްވައިފަ އެވެ.

މިނިސްޓަރު މަހުލޫފް ވިދާޅުވީ މިދިޔަ އަހަރު ބޭއްވި ބައިނަލްއަގްވާމީ ނުވަ މުބާރާތުން ރާއްޖެ އަށް ކުޅިވަރުގައި ކުރިއެރުން ލިބުނު ކަމަށާއި، މި އަހަރު މި ބާއްވާ މުބާރާތްތަކުން ވެސް ގިނަ ކުރިއަރެންތަކާއި ކާމިޔާބީ ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ސާފިން އެސޯސިއޭޝަންގެ ރައީސް/ޗެއާމަން ޗޭ (ކ) އާއި ޔޫތު މިނިސްޓަރު މަހުލޫފް.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

"މި މުބާރާތްތައް ބާއްވާ އެންމެ މައިގަނޑު އެއް ސަބަބަކީ އަޅުގަނޑުމެންގެ ގައުމީ ޓީމްގެ އެތުލީޓުންނަށް ރާއްޖޭގެ ރައްޔިތުންގެ ކުރިމަތީގަ ވާދަކުރުމުގެ ފުރުސަތު ހޯދައިދިނުން. އޭގެ އިތުރުން ގިނަ މުބާރާތްތަކެއްގައި ވާދަކުުރުމުން މި އެތުލީޓުންވެސް ކުރިއަރައިންދާނެ އެބަ މަގުފަހިވޭ" މަހުލޫފް ވިދާޅުވި އެވެ.

މަހުލޫފު ވިދާޅުވީ ސާފިން ކަހަލަ ކުޅިވަރުތަކުގެ ބައިނަލްއަގްވާމީ މުބާރާތްތަކާ އެކު ކުޅިވަރުގެ މަންޒިލެއްގެ ގޮތުގައި ބޭރުގެ ގައުމުތަކަށް ރާއްޖެ އިޝްތިހާރުވުމަކީ ވެސް ލިބޭ ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.

ރާއްޖޭގައި ސާފިން ކުރިއެރުވުމަށް ސާފިން އެސޯސިއޭޝަނުން ކުރަމުން އަންނަ މަސައްކަތް ފާހަގަކުރަމުން މަހުލޫފު ވިދާޅުވީ މިދިޔަ ދެތިން އަހަރަށް ބަލާއިރު އެންމެ ބޮޑު ކުރިއެރުމެއް ހޯދައި އެންމެ ބޮޑު އެއްބާރުލުމެއް މިނިސްޓްރީއަށް ލިބުނު އެއް ކުޅިވަރަކީ ސާފިން ކަމަށެވެ.

މިހާރު ސާފިންގެ އެތުލީޓުން ތައްޔާރުވަމުން ދަނީ ބޭރުގެ ވަރުގަދަ ކޯޗަކާ އެކު ރަނގަޅު ވަސީލަތްތަކާ އެކު ކަން ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަމުން ސާފިން އެސޯސިއޭޝަންގެ ރައީސް/ޗެއާމަން މުހައްމަދު ސޮބާހު (ޗޭ) ވިދާޅުވީ މިއީ ރާއްޖޭގެ ސާފިން ތާރީޚުގައިވެސް ތާރީޚީ ދުވަހެއްކަމަށާއި، މިދިޔަ ދެތިން އަހަރު ސާފިން އަށް ބޮޑު ބަދަލެއް އައިސްފައިވާ ކަމަށެވެ. އޭގެ ހެއްކަކީ މި މުބާރާތް ރާއްޖޭގައި ބޭއްވުންކަމަށް އޭނާ ވިދާޅުވި އެވެ.

ޗޭ ވަނީ މި މުބާރާތް ކުރިއަށް ގެންދިޔުމަށް ތުލުސްދޫގެ ސާފިން ކޮމިއުނިޓީ އާއި ތުލުސްދޫގެ ކައުންސިލުން ލިބުނު އެހީތެރިކަން ފާހަގަކޮށް ޝުކުރު ދަންނަވައިފަ އެވެ.

"މިދިޔަ ދެ ތިން އަހަރުގެ ތެރޭގައި ސާފިން އަށް ބޮޑު ބަދަލެއް އައިއްސި. އެތުލީޓުންގެ ސްކިލްވެސް ކުރިއަރައިފި. މުބާރާތްތަކަށް ބޮޑު ބަދަލެއް އައިސްފި. އެ ތަފާތު މި މުބާރާތުންވެސް ފެންނާނެކަމަށް މި ބަލަނީ" ޗޭ ވިދާޅުވި އެވެ.

އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގެ ފުރަތަމަ މުބާރާތް ބާއްވާފައި ވަނީ 2018 ވަނަ އަހަރު ޖަޕާނުގަ އެވެ. އެ މުބާރާތުގެ ފައިނަލް ހީޓުގައި ރާއްޖޭގެ ހުސެއިން އަރީފް (އިބޫ) އާއި އިސްމާއިލް ރަޝީދު (ސްމައިލީ) ވާދަ ކުރި އެވެ. އިބޫ އަށް ތިން ވަނަ ލިބުނުއިރު ސްމައިލީ ދިޔައީ ހަތަރު ވަނައަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2030 ގެ ފީފާ ވޯލްޑް ކަޕްގެ ރައިޓްސްތަކެއް ނެޓްފްލިކްސް އަށް

2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މެޗުތައް ސްޕެއިން އާއި އެންޑޯރާގައި ދެއްކުމުގެ ރައިޓްސް ނެޓްފްލިކްސް އިން ގަނެފި. މި އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު އެއް މެޗު ހިލޭ ސްޓްރީމް ކުރާއިރު، އޭގެ ތެރޭގައި ސެމީ ފައިނަލާއި ފައިނަލް މެޗު ވެސް ހިމެނޭ.

ޗައިނާ މުބާރާތުގައި ވެސް ގައުމީ ފުޓްސަލް ޓީމަށް ކޯޗު ޒަކީރޯވް

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވެސް ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދޭނީ ކޯޗު ފާރޫކް ޒަކީރޯވް ކަމަށް އެފްއޭއެމް އިން ވަނީ ހާމަކޮށްފައި. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމުން މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު، ރާއްޖޭގެ އިތުރުން މި މުބާރާތުގައި ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާނެ

ގައްދޫ ބަލިކޮށް ބުރު އަށް ސީޒަންގެ ފުރަތަމަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ 2-0 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި. މި މެޗުގެ ލަނޑުތައް ބުރު ސްޕޯޓްސްއަށް ކާމިޔާބުކޮށްދިނީ ޖުއާން އެޑުއާޑޯ ލެސްކާނޯ އާއި އިބްރާހިމް އުސާމާ ހަސަން މަޖީދު

ލަމްޕާޑް އެދުނީ ކަވެންޓްރީ އިން ހަމަބިމުގައި ތިބެން

ކޯޗު ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކަވެންޓްރީ ސިޓީން 25 އަހަރަށް ފަހު ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ފުރަތަމަ މޮޅު ހޯދައިފި. ނިއުކާސަލް އަތުން ލިބުނު މި ކާމިޔާބީއާއެކުވެސް، ލަމްޕާޑް ބާރުއެޅީ ޓީމުގެ ސަމާލުކަން ނުގެއްލުވައި ހަމަބިމުގައި ތިބެގެން ކުރިއަށް ދިއުމަށް

އެމެރިކާ އަކީ ފުޓްބޯޅައިގެ ގައުމެއް ނޫން: ޖިރޫ

އެމެރިކާގެ އެލްއޭ އެފްސީއަށް ކުޅުމަށްފަހު ފްރާންސްގެ ލިލް އަށް ބަދަލުވި އޮލިވިއޭ ޖިރޫ ބުނިގޮތުގައި، އެމެރިކާ އަކީ ޔޫރަޕާ އަޅާބަލާއިރު ފުޓްބޯޅައިގެ ޖޯޝާއި ފޯރި ކުޑަ، ހަމައެކަނި ފުޓްބޯޅައިގައި ހިމެނޭ ފައިސާއަށް އިސްކަންދޭ ގައުމެއް

ރާއްޖެ މެޗުގެ ކަންތަކާ ހެދި ލަންކާ ކޯޗު 5000 ޑޮލަރުން ޖޫރިމަނާ

އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ދިވެހި ޓީމަށް ބޭއަދަބީ ބަހުން މުހާތަބުކުރި ލަންކާގެ އެސިސްޓަންޓް ކޯޗު މުހައްމަދު އިމްރާން 5000 ޑޮލަރުން އޭއެފްސީން ޖޫރިމަނާކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ ވަގުތުން މަގާމުން ވަކިކޮށްފައިވާއިރު، ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް ދިނުމަށްވެސް އެ ފެޑެރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގައްދޫން މި ބުރުގައި ހަ ޕޮއިންޓް ހޯދަންޖެހޭ: ނަޒީހު

ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ބަލިވެފައިވާ ގައްދޫ ޓީމުން، މި ބުރުގައި ހަ ޕޮއިންޓް ހޯދަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނެފިއެވެ. ބަޖެޓާއި ތަޖުރިބާކާރު ކުޅުންތެރިންގެ ދަތިކަން ހުރި ނަމަވެސް، މިއަދު ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗަކީ ރަނގަޅު ނަތީޖާއެއް ނެރެން އުންމީދުކުރާ މެޗެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

Newsletter

Get the latest news delivered straight to your inbox