އެގާރަ އަހަރަށް ފަހު އަރަބި ލީގު ސަމިޓެއްގައި ސީރިއާގެ ބައިވެރިވުން

އަރަބި ލީގު ސަމިޓު ކުރިއަށް ދަނީ. -- ފޮޓޯ: ގެޓީ އިމޭޖާޒް

އަރަބި ލީގު ސަމިޓު ކުރިއަށް ދަނީ. -- ފޮޓޯ: ގެޓީ އިމޭޖާޒް

ރިޔާދް، ސައުދީ އަރަބިއްޔާ (މޭ 15) - އަންނަ ހުކުރު ދުވަހު ފަށަން ހަމަޖެހިފައިވާ އަރަބި ސަމިޓަށް ތައްޔާރުވުމުގެ ގޮތުން ބޭއްވި ބައްދަލުވުންތަކުގައި 11 އަހަރަށް ފަހު ސީރިއާއިން ބައިވެރިވެއްޖެ އެވެ.

"އަރަބި ދައުލަތްތަކުގެ ލީގަށް އަލުން ސީރިއާއަށް މަރުހަބާ ކިޔަން،" ސައުދީ ފިނޭންސް މިނިސްޓަރު މުހައްމަދު އަލް ޖަދާން އެލް އެހްބަރިއްޔާ ޓީވީއަށް ދެއްވި އިންޓަވިއުގައި ވިދާޅުވި އެވެ.

އަރަބި ލީގުން ސީރިއާ ސަސްޕެންޑު ކުރީ ނޮވެމްބަރު 2011 ގަ އެވެ. މިއީ އޭގެ ފަހުން އެ ގައުމުގެ ވަފުދެއް އަރަބި ލީގުގެ ބައްދަލުވުމެއްގައި ބައިވެރިވި ފުރަތަމަ ފަހަރެވެ.

"މާޒީއަށް ނުބަލައި މުސްތަގުބަލާ މެދު ވިސްނަމުންދާކަން ބުނެދޭން މިއީ އަޅުގަނޑުމެންނަށް މުހިއްމު ފުރުސަތެއް،" ސީރިއާގެ ފޮރިން މިނިސްޓަރު ފައިސަލް މެކްދާދް ވިދާޅުވި އެވެ.

އަރަބި ލީގުން ސީރިއާ އެކަހެރި ކުރީ އެ ގައުމުގެ އިދިކޮޅު ފަރާތްތަކާ ދެކޮޅަށް ރައީސް ބައްޝާރުލް އަސަދް ކުރިއަށް ގެންދެވި ކެމްޕެއިނާ ގުޅިގެންނެވެ.

އަންނަ ހުކުރު ދުވަހު ޖިއްދާގައި އޮންނަ އަރަބި ލީގުގެ ލީޑަރުންގެ ބައްދަލުވުމުގައި ބައިވެރިވުމަށް ސައުދީއަށް ވަޑައިގެންނެވުމަށް ރަސްގެފާނު ސަލްމާން ވަނީ އަސަދަށް ދައުވަތު ފޮނުއްވައިފަ އެވެ.

އަރަބި ގައުމުތަކާއި ސީރިއާގެ ގުޅުން ރަނގަޅު ވާން ފަށާފައިވާ އިރު، ރިޔާދާއި ދިމިޝްކުގައި ހުންނަ ޑިޕްލޮމެޓިކް މިޝަންތައް ވެސް އަލުން ހުޅުވަން ވަނީ ނިންމައިފަ އެވެ.

ސީރިއާގެ ދާހިލީ ހަމަނުޖެހުމާ އެކު ހަނގުރާމަ ފެށުމުން، ބައްޝާރުލް އަސަދްގެ ސަރުކާރު އޮތީ އަރަބި ދުނިޔެއާ އެކަހެރިވެފަ އެވެ.

އެހެން ނަމަވެސް އިރާނާއި ސައުދީ އަރަބިއްޔާއިން ޑިޕްލޮމެޓިކް ގުޅުން ގާއިމްކުރި ފަހުން، އަރަބި ގައުމުތަކުން ސީރިއާއާ މެދު އަމަލުކުރާ ގޮތް ވެސް ވަނީ ބަދަލުވެފަ އެވެ.

ބައެއް އަރަބި ގައުމުތަކުން ސުލްހަ އިސްކޮށް، އެއްބައިވަންތަވަމުން ދިޔަ ނަމަވެސް، ގަތަރުން ބުނީ ސީރިއާއާ އެކު ގުޅުން ގާއިމް ނުކުރާނެ ކަމަށެވެ.

އޭގެ އިތުރުން ސީރިއާއާ އެކު ގުޅުން ގާއިމްކޮށް އަރަބި ލީގުގެ މެމްބަރުކަން ދޭން ނިންމުމުން، އެމެރިކާއިން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޑިމޮކްރެޓް އޮފިޝަލަކު ރިޕަބްލިކަން ކެންޑިޑޭޓަށް ތާއީދުކޮށްފި

މިޝިގަންގެ ސެނެޓް އިންތިޚާބަށް ދެ ދުވަހަށް ވެފައި ވަނިކޮށް، ޑިމޮކްރެޓިކް ޕާޓީގެ އިސް މެންބަރު ހޭލީ ސްޓީވަންސް ވަނީ އަމިއްލަ ޕާޓީގެ ކެންޑިޑޭޓާ އުފެދުނު ޚިޔާލުތަފާތުވުންތަކާ ހުރެ ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއަށް ތާއީދުކުރަން ނިންމާފައެވެ. ސްޓީވަންސްގެ މި ކުއްލި ނިންމުމާ ގުޅިގެން ޑިމޮކްރެޓިކް ޕާޓީގެ ތެރޭގައި ބޮޑު ސިހުމެއް އުފެދިފައިވާއިރު، ބައެއް މެންބަރުން މިކަން ސިފަކުރަނީ ޕާޓީއަށް ވީ ބޮޑު ޚިޔާނާތެއްގެ ގޮތުގައެވެ.

އިންތިހާބު ވަގަށް ނެގީ ގަތަރުން ރާވައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބަށް ބޭރުގެ ނުފޫޒު ފޯރުވި ކަމަށް ބުނެ ނަތަންޔާހޫގެ ޕާޓީން ކުރާ ތުހުމަތުތަކުން އިންތިޚާބުގެ ނަތީޖާއަށް ބަދަލެއް ނާންނާނެ ކަމަށް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. ނަތަންޔާހޫގެ ޕާޓީން ގަތަރާއި އަރަބި ޕާޓީތަކަށް ވޯޓު އޮޅުވާލުމުގެ ތުހުމަތު ކުރާއިރު، ގަތަރާއި އަރަބި ލީޑަރުން ވަނީ އެ ވާހަކަތައް ދޮގުކޮށް އެއީ ސިޔާސީ ނުފޫޒު ފޯރުވުމެއް ކަމަށް ބުނެފައެވެ.

ވޯލް ސްޓްރީޓް ޖާނަލްއާ ދެކޮޅަށް ހުށަހެޅި ދައުވާ ބޭރުކޮށްފި

ޖެފްރީ އެޕްސްޓީންއާ ގުޅުވައި ވޯލް ސްޓްރީޓް ޖާނަލްއިން ޝާއިއުކުރި ރިޕޯޓަކާ ގުޅިގެން ޓްރަމްޕް ހުށަހެޅުއްވި 10 ބިލިއަން ޑޮލަރުގެ އަބުރުގެ ދައުވާ އެމެރިކާގެ ކޯޓަކުން ބޭރުކޮށްލައިފިއެވެ. ފަނޑިޔާރު މި މައްސަލަ ބޭރުކޮށްލެއްވީ ނޫސްވެރިކަމުގެ މިނިވަންކަމާ ފުށުއަރާ ކަމަށް ނިންމަވައި، ދެން ދުވަހަކުވެސް މި މައްސަލަ ހުށަނޭޅޭނެ ގޮތަށެވެ.

ޕަލެސްޓައިން އެކްޝަންއަށް ތާއީދުކޮށް އެއްވި 300 މީހުން ހައްޔަރު

ލަންޑަނުގައި ހުންނަ އެމެރިކާ އެމްބަސީ ކައިރީގައި، މަނާކޮށްފައިވާ "ޕަލެސްޓައިން އެކްޝަން" ގްރޫޕަށް ތާއީދުކޮށް މުޒާހަރާކުރި 300 އަށްވުރެ ގިނަ މީހުން ޓެރަރިޒަމްގެ ގާނޫނުގެ ދަށުން އިނގިރޭސި ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި ޖަމާއަތް މަނާކުރި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގެ ފުރުސަތު ލިބިފައިވާއިރު، އެމްނެސްޓީ އިންޓަނޭޝަނަލް އިން ވަނީ މި ހައްޔަރުކުރުންތަކަށް ފާޑުކިޔައި އެ ގްރޫޕް މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ގޮވާލާފައެވެ.

ގަލްފު ސަރަހައްދުގައި ގަތަރުގެ ތެޔޮ ބޯޓަކަށް ހަމަލާ ދީފި

ގަލްފު ސަރަހައްދުން ދަތުރުކުރި ގަތަރުގެ "އަލް މައިދާ" ނަމަކަށް ކިޔާ ގޭސް ބޯޓަކަށް ހަމަލާއެއް ދީފި އެވެ. މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ އިރު، ބޯޓުގެ އޮޕަރޭޝަންތައް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް ގަތަރު ގޭސް ޓްރާންސްޕޯޓް ކޮމްޕެނީން ބުނެއެވެ. މިއީ އީރާނާއި އެމެރިކާ އަދި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ވިޔަފާރި އުޅަނދުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ތެރެއިން ހިނގި ހާދިސާއެކެވެ.

އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް"ގެ ކަންބޮޑުވުން

އިތުބާރު ހުރި ސަޕްލައި ޗެއިންތަކެއް ބިނާކުރުމަށާއި، މާކެޓް އުސޫލުތަކާ ޚިލާފަށް ކުރިމަތިވާ އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް" އިއްތިހާދުގެ ގައުމުތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މި ބައްދަލުވުމުގައި މިނިވަން އިންޑޯ-ޕެސިފިކް ސަރަހައްދަކަށް ތާއީދުކޮށް، އެ ސަރަހައްދުގެ އޭއައި ޓެކްނޮލޮޖީ ކުރިއެރުވުމަށް 85 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވަނީ އެއްބަސްވެފައެވެ.

ކޮޕް17 ގައި އެއްބަސްވުމަކާ ހަމައަށް، ފައިސާގެ މައްސަލަ ބޮޑު

އަރްމީނިއާގައި ބޭއްވި ކޮޕް17 ކޮންފަރެންސްގައި ދުނިޔޭގެ ދިރުންތަކުގެ ނަސްލު ހިމާޔަތްކުރުމުގެ މަސައްކަތް ވަރުގަދަކުރުމަށް "ޔެރެވަން ޕާތުވޭ" ގެ ނަމުގައި އެއްބަސްވުމެއް އެކުލަވާލައިފިއެވެ. ނަމަވެސް، މި މަސައްކަތްތަކަށް ބޭނުންވާ ފައިސާ ހޯދާނެ ގޮތަކާ މެދު ގައުމުތަކުގެ މެދުގައި އަދިވެސް ވަނީ ގޮތެއް ނުނިންމި ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

Newsletter

Get the latest news delivered straight to your inbox