ރިފްއަތުގެ އިތުބާރުގެ މައްސަލާގައި ސޮއިކުރުމުން އާޒިމްއަށް ފިޔަވަޅު އަޅަނީ

ރިފްއަތުގެ އިތުބާރުގެ މައްސަލާގައި ސޮއިކުރުމުން އާޒިމްއަށް ފިޔަވަޅު އަޅަނީ

ވެރިކަން ކުރާ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ތެރެއިން މަަސައްކަތްކުރާ "ފިކުރެއްގެ ދިރުން" ފެކްޝަނުގައި ހިމެނޭ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އެ ޕާޓީގެ އަސާސީ ގަވާއިދާ ހިލާފުވެފައިވާ ކަމަށް ބުނެ އެ މައްސަލަ އެ ޕާޓީގެ ސެކްރެޓޭރިއެޓުގެ ސަމާލުކަމަށް ގެނެސްފި އެވެ.

އޭނާއަށް ފިޔަވަޅު އަޅަން ނިންމާފައިވާ އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތް ކަމުގެ ވޯޓު މަޖިލީހަށް ވެއްދިއިރު އޭގައި ސޮއިކުރިކަމުގެ މައުލޫމާތު ލިބިފައިވާތީ ކަމަށް އެނގިފައިވެ އެވެ.

މި މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ ސަރުކާރާ އިދިކޮޅު ގުޅިފައިވާ ޕާޓީތަކުންނެވެ. އޭގެ ތެރޭގައި އިދިކޮޅު ޕީޕީއެމް/ ޕީއެންސީގެ އިތުރުން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފިކުރެއްގެ ދިރުން ފެކްޝަންގެ މެންބަރުންނާއި އެމްއެންޕީ އާއި ޖުމްހޫރީގެ ޕާޓީ ހިމެނެ އެވެ. "އަދަދު" ނޫހަށް އެނގިފައިވާ ގޮތުގައި މި މައްސަލަ ވައްދާފައިވަނީ 15 މެމްބަރުންގެ ސޮޔާއެކު އެވެ.

އާޒިމްއަށް ފިޔަވަޅު އަޅަން އެދުނީ އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ހިންގާ ގަވާއިދުގެ 48 ވަނަ މާއްދާ އާއި އެ ޕާޓީގެ އަސާސީ ގަވާއިދުގެ 16 ވަނަ މާއްދާއާ އޭނާ ހިލާފުވެފައިވާ ކަމަށް ބުނެ އެވެ.

އެކަމާ ގުޅިގެން އާޒިމްއަށް މައްސަލަ އެ ޕާޓީގެ ސެކްރެޓޭރިއެޓުގެ ސަމާލުކަމަށް ގެނައުމަށް އަސްލަމް ސިޓީއެއް ފޮނުވާފައިވާކަން އެމްޑީޕީން ވަނީ "އަދަދު" ނޫހަށް ކަށަވަރުކޮށްދީފަ އެވެ.

titledesc

އިތުބާރު ހުރި މަސްދަރަކުން "އަދަދު" ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފޮރިން މިނިސްޓަރު އަބްދުالله ޝާހިދުގެ އިތުބާރު ނެތް ކަމަށް ވައްދަން އުޅޭ މައްސަލާގައި އާޒިމްގެ ސޮއި ދީފައި ނުވެ އެވެ. އެ މައްސަލަ މިހާރު އޮތީ މަޖިލީހުގަ އެވެ.

ރައީސް އަޒުލުކުރަން ވެސް "ފޯޅަވަހި ކޯލިޝަން" އިން މަސައްކަތް ފަށާފައިވާއިރު އެކަމުގައި ސޮއިކުރާ މެމްބަރުން ވަކިކުރާނެ ކަމުގެ އިންޒާރު އެމްޑީޕީން ވަނީ ދީފަ އެވެ.

ރާއްޖޭގެ ކަނޑުން ބައެއް "ވިއްކާލި" ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން އެކުލަވާލާފައިވާ "ފޯޅަވަހި ކޯލިޝަން" އިން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް އާޒިމް ބައިވެރިވެވަޑައިގަތެވެ. އަދި, ރައީސް އަޒުލުކުރަން ސޮއިކުރައްވާނަންތޯ އެހުމުން ވިދާޅުވީ "ކަނޑުން ވިއްކާލި ބައި ހޯދަން ކުރަން ޖެހުނު ކޮންމެ ކަމެއް ކުރައްވާނެ" ކަމަށެވެ.

އާޒިމްގެ މައްސަލަ ސެކްރެޓޭރިއޭޓުން ދެން ފޮނުވާނީ އެ ޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީއަށެވެ. އޭނާއާ މެދު އަޅާނެ ފިޔަވަޅު ނިންމާނީ އެ ކޮމިޓީންނެވެ.

އަސާސީ ގަވާއިދުގައި މެމްބަރުން ވަކިވާނެ ކަމަށް އޮތް ނަމަވެސް އެ ގަވާއިދާ ހަވާލާދީ މެމްބަރުން ވަކިވިކަމަށް އެެމްޑީޕީއަކުން ނުނިންމާނެ ކަމަށް އެ ޕާޓީން ވަނީ ބުނެފަ އެވެ. އެކަން ކުރިއަށް ގެންދާނީ ފިޔަވަޅު އަޅާ ކޮމިޓީއަށް ހުށަހަޅައިގެން ކަމަށް އެ ޕާޓީން ކުރިން އޮތީ ބުނެފަ އެވެ.

ރައީސް މުހައްމަދު ނަޝީދު ލީޑުކުރައްވާ "ފިކުރެއްގެ ދިރުން" ފެކްޝަނުން މަޖިލީހުގައި މަސައްކަތް ކުރަމުންދަނީ އިދިކޮޅު ފަރާތްތަކާ ގުޅިގެންނެވެ. އެމްޑިޕީގެ ޕްރައިމަރީއަށް ފަހު ދެ ފެކްޝަންގެ ކޯޅުން ބޮޑުވެ ގިނަ ތުހުމަތުތަކެއް އެއްބަޔަކު އަނެއް ބަޔަކަށް ދަނީ އަމާޒު ކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox