ގާޑިއޯލާގެ އުންމީދަކީ ގުންޑޮގާން ސިޓީގައި މަޑުކުރުން

May 15, 2023, 6:53 AM
ގާޑިއޯލާގެ އުންމީދަކީ ގުންޑޮގާން ސިޓީގައި މަޑުކުރުން

ލަންޑަން (15 މެއި) - މެންޗެސްޓާ ސިޓީގެ ކެޕްޓަން އިލްކާއި ގުންޑޮގާން އެ ކްލަބުގައި މަޑުކުރުމަށް އުންމީދުކުރާ ކަމަށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

މި ސީޒަންގައި ތިން ތަށި ހޯދުމަށް ސިޓީން ކުރަމުންދާ މަސައްކަތުގައި އެ ޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިއެއްގެ ގޮތުގައި ފާހަގަކުރެވިފައިވަނީ ގުންޑޮގާން، 32، އެވެ. އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އެވަޓަން އަތުން މޮޅުވެ، ސިޓީން ލީގު ޗެމްޕިއަންކަން ހޯދުމާ ގާތަށް ޖެހިލިއިރު، ގުންޑޮގާން ވަނީ އެ މެޗުގައި ދެ ލަނޑު ޖަހައިފަ އެވެ. ލީގު އެންމެ ފަހުން ކުޅުނު ދެ މެޗުގައި ގުންޑޮގާން ވަނީ ހަތަރު ލަނޑު ޖަހައިފަ އެވެ. ސިޓީން ފާއިތުވި އަހަރުތަކުގައި ލީގު ޗެމްޕިއަންކަން ހޯދިއިރު، ލީގުގެ ފަހު މެޗުތަކުގައި ތަފާތު ދައްކާ އެއް ކުޅުންތެރިއަކީ ކުރިން ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅުނު ގުންޑޮގާން އެވެ.

ލީގުގެ ޗެމްޕިއަންކަން ކަށަވަރުކުރުމަށް ބާކީ އޮތް ތިން މެޗުން ސިޓީ މިހާރު ބޭނުންވަނީ އެންމެ މޮޅެކެވެ.

ސިޓީ އޮތީ އެފްއޭ ކަޕްގެ ފައިނަލުން ޖާގަ ހޯދައިފަ އެވެ. އަދި ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ދެ ވަނަ ލެގުގައި ރެއާލް މެޑްރިޑާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅެންޖެހޭ މެޗު ކުރިއަށް އޮތްއިރު، ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމުގެ އުންމީދު ވެސް އެ ޓީމުގެ އެބައޮތެވެ.

އެކަމަކު، އަންނަ މަހުގެ 10 ވަނަ ދުވަހު ކުޅޭ ޗެމްޕިއަންސް ލީގުގެ ފައިނަލުން ސިޓީ ޖާގަ ހޯދައިފިނަމަ، އެއީ ގުންޑޮގާން ސިޓީ އަށް ކުޅޭ ފަހު މެޗަށް ވެދާނެ އެވެ. އެއީ އެ ކްލަބާ އެކު އޭނާ ހަދާފައިވާ ކޮންޓުރެކްޓް މި ސީޒަންގެ ނިޔަލަށް ހަމަވާނެތީ އެވެ. ސިޓީގެ ކޮންޓުރެކްޓް ހަމަވުުމުން ގުންޑޮގާން ބާސެލޯނާ އަށް ބަދަލުވާނެ ކަމަށް ވަނީ އަޑު ފެތުރިފަ އެވެ.

ގާޑިއޯލާ ބުނީ އޭނާގެ އުންމީދަކީ ގުންޑޮގާން އެ ކްލަބުގައި މަޑުކުރުން ކަމަށެވެ. އަދި އޭނާ އެ ކްލަބުގައި ބެހެއްޓުމަށް، ސިޓީ އަށް ކުރެވެން އޮތް ހުރިހާ ކަމެއްކުރުމަށް އެ ކްލަބުގައި އެދިފައިވާނެ ކަމަށެވެ.

"ދެން މި ވަގުތު ނޭނގެ ވާނެގޮތެއް ބުނާކަށް. އެކަމަކު، އަހަރެންގެ އުންމީދަކީ ގުންޑޮގާން މަޑުކުރުން،" ގާޑިއޯލާ ބުންޏެވެ.

ގާޑިއޯލާ ބުނީ ގުންޑޮގާން އަކީ ސިޓީގައި ޓީމުގައި ވަރަށް މުހިންމު ކުޅުންތެރިއެއް ކަމަށެވެ. އަދި އޭނާ އަކީ ވަރަށް ރަނގަޅު "ލީޑަރެއް" ކަމަށެވެ.

"ގުންޑޮގާން އަކީ މާ ވާހަކަ ގިނަ ކުޅުންތެރިއެއް ނޫން. އެކަމަކު އޭނާ ވާހަކަދައްކާ ފަހަރަކު، ހުރިހާ ކުޅުންތެރިން ވެސް އޭނާ ދައްކާ ވާހަކަ އަޑުއަހާ," ގާޑިއޯލާ ބުންޏެވެ.

ބަޔާން މިއުނިކް ދޫކޮށް 2016 ވަނަ އަހަރު ގާޑިއޯލާ ސިޓީއާ ހަވާލުވުމަށް ފަހު އެ ޓީމަށް ފުރަތަމަ ސޮއިކުރުވި ކުޅުންތެރިއަކީ ގުންޑޮގާން އެވެ. މި ސީޒަނަށް ފަހު ހިލޭ ޓްރާންސްފާއެއްގައި ގުންޑޮގާންގެ ސޮއި ހޯދަން މަސައްކަތް ކުރާ އެއް ޓީމަކީ ސްޕެއިނުގެ ބާސެލޯނާ އެވެ. މީގެ އިތުރުން އިޓަލީގެ ޔުވެންޓަސް އާއި އިންޓަ މިލާނުން ވެސް ޖަރުމަނު ގައުމީ ޓީމަށް ކުޅޭ ގުންޑޮގާންގެ ސޮއި ހޯދަން މަސައްކަތް ކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox