ފަހު ވަގުތު ނާއިމް ޖެހި ގޯލުން ބުރަށް ލީގުގައި ފުރަތަމަ މޮޅު

May 14, 2023, 1:16 PM
ޓީސީގެ މައީޝް (މ) އާއި އަޖުފާން (ވ) ކައިރިން ބުރުގެ ނާއިމް ބޯޅަ ހިފައިގެންދާން މަސައްކަތް ކުރަނި.--- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް

ޓީސީގެ މައީޝް (މ) އާއި އަޖުފާން (ވ) ކައިރިން ބުރުގެ ނާއިމް ބޯޅަ ހިފައިގެންދާން މަސައްކަތް ކުރަނި.--- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް

އެމްޑަބްލިއުއެސްސީ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ފަހު ވަގުތު މުހައްމަދު ނާއިމް ޖެހި ގޯލުން ޓީސީ ސްޕޯޓްސް ކްލަބް 1-0 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން ޕްރިމިއާ ލީގުގައި ފުރަތަމަ މޮޅު ހޯދައިފި އެވެ.

މިދިޔަ އަހަރު ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދައި، ކޮލިފިކޭޝަން ބުުރުގެ ގަދަ ދެ ޓީމުގެ ތެރޭގައި ހިމެނިގެން ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވި ބުރުން ރާއްޖޭގެ އެއް ވަނަ ޑިވިޝަނުގައި ކުޅުނު ފުރަތަމަ މުބާރާތަކީ ޕްރެޒިޑެންޓްސް ކަޕް އެވެ.

ޕްރެޒިޑެންޓްސް ކަޕްގައި ބުރުން ކުޅުނު ތިން މެޗުގެ ތެރެއިން ފުރަތަމަ މެޗުގައި ޓީސީ އަތުން ބަލިވި ނަމަވެސް ދެ ވަނަ މެޗުގައި އެންމެން ސިއްސުވާލުމަށް ފަހު، ރާއްޖޭގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބަލިކުރި އެވެ. އެކަމަކު، ޕްރެޒިޑެންޓްސް ކަޕް ސެމީ ފައިނަލުގައި 120 މިނިޓް ކުޅެގެން ކްލަބް އީގަލްސް އަތުން ބަލިވީ އެވެ.

ބުރުން ޕްރިމިއާ ލީގުގައި ކުޅުނު ފުރަތަމަ މެޗުން ވެސް ވަނީ އީގަލްސް އަތުން ބަލިވެފަ އެވެ. އެކަމަކު، މުހައްމަދު ނިޒާމް (ނިޒާމްބެ)ގެ ކޯޗުކަމުގައި ކުޅޭ ބުރުން ލީގުގައި ހޯދި ފުރަތަމަ މޮޅު މި ހާސިލްކުރީ ނިޒާމްބެ 2014 ވަނަ އަހަރު ފުރަތަމަ ޑިވިޝަަނަށް ޕްރޮމޯޓްކޮށްދިން ޓީސީ އަތުންނެވެ.

ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު މެޗުގެ 90 މިނިޓް ހަމަވެގެން ކުޅުނު އިތުރު ވަގުތުގެ ދެ ވަނަ މިނިޓްގައި ކާމިޔާބުކުރީ ނާއިމް އެވެ. ކުރިން އީގަލްސް އަށް ކުޅުނު ނާއިމް އަށް އޭރިއާބޭރުން ލިބުނު ބޯޅައިން އޭނާ ފޮނުވާލި ޝޮޓް ހުއްޓުވަން ޓީސީގެ ސްރީ ލަންކާ ގޯލްކީޕަރު ސުޖަން ޕެރޭރާ މަސައްކަތް ކުރި ނަމަވެސް އަތްކައިރިން ގޮސް ބޯޅަ އަމާޒުވީ ގޯލުގެ ދުރު ކަނަށެެވެ.

މި މެޗު 90 މިނިޓް ތެރޭގައި ދެ ޓީމަށް ވެސް ގޯލު ޖަހާނެ ފުރުސަތުތަަކެއް ލިބިގެންދިޔަ ނަމަވެސް ބޭނުމެއް ނުކުރެވުނެވެ.

ލީގުގައި މިރޭ ކުޅޭ މެޗުގައި ކްލަބް ވެލެންސިއާ ބައްދަލުކުރާނީ އީގަލްސްއާ އެވެ. މެޗު ފަށާނީ 9 ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox