ނަޝީދަށް ތާއީދުކުރެއްވި ސަރަނގޭ ރައީސް ސޯލިހު ފަޅިއަށް

ސަރަނގު އާދަމް މަނިކު، އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕު ލީޑަރާއި ކުރީގެ ޗެއާޕަސަން އަދި ހުޅުމާލެ ދާއިރާގެ މެންބަރާ އެކު -- ފޮޓޯ: އަދަދު

ސަރަނގު އާދަމް މަނިކު، އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕު ލީޑަރާއި ކުރީގެ ޗެއާޕަސަން އަދި ހުޅުމާލެ ދާއިރާގެ މެންބަރާ އެކު -- ފޮޓޯ: އަދަދު

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެ ޕާޓީގެ ރައީސް، މުހައްމަދު ނަޝީދަށް ތާއީދު ކުރައްވައި، ކެމްޕޭން ހަރަކާތްތަކުގައި އިސްކޮށް އުޅުއްވި، މާލެ ސިޓީ ކުރީގެ މޭޔަރު ސަރަނގު އާދަމް މަނިކު (ސަރަނގޭ) ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހަށް ތާއީދުކުރައްވަން ނިންމަވައިފި އެވެ.

ރައީސް ސޯލިހަށް ތާއީދު ކުރައްވަން ނިންމަވާފައި ވާކަން ކަށަވަރު ކޮށްދެއްވައި އާދަމް މަނިކު "އަދަދު" ނޫހަށް ވިދާޅުވީ ރައީސް ސޯލިހަށް ތާއީދު ކުރުމަށް ނިންމީ ރައީސް އަކީ އެމްޑީޕީގެ މައިގަނޑު އަސާސްތައް ގަބޫލުފުޅު ކުރައްވާ ބޭފުޅަކަށްވުމުން ކަމަށެވެ.

"ރައީސް ސޯލިހަކީ އެމްޑީޕީގެ 'ކޯ ބިލީފްސްތައް ގަބޫލު ކުރައްވާ ބޭފުޅެއް، އަޅުގަނޑަކީ ވެސް އެމްޑީޕީގެ ކޯ ބިލީފްސްތައް ގަބޫލު ކުރާ މީހެއް [އެހެންވީމާ މި ނިންމުން ނިންމީ]،" އޭނާ ވިދާޅުވި އެވެ.

Advertisement

ރިޔާސީ ޕްރައިމަރީ މިހާރު އެވަނީ ނިމިފައި ކަމަށާއި ޕްރައިމަރީގެ ނަތީޖާ ގަބޫލު ނުކުރާނަމަ، ޕާޓީއަކީ އެއްވެސް ތާކުންތާކުޖެހޭ އެއްޗަކަށް ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ޕްރައިމަރީ ނިމިއްޖެ، ޕާޓީ ނިޒާމު އޮންނަ ގޮތުން ޕާޓީގެ ހުރިހާ މެންބަރުންނަށް ވެސް މަޖުބޫރުވޭ އިންތިހާބު ކާމިޔާބު ކުރައްވާ ބޭފުޅެއްގެ ފަހަތަށް އަރަން، އެހެން ނޫނީ ޕާޓީއަކީ ތާކުންތާކުޖެހޭ އެއްޗަކަށް ނުވާނެ، ބޭނުން އެއްޗަކަށް ވެސް ނުވާނެ،"

އާދަމް މަނިކު އެހެން ވިދާޅުވިއިރު ނަޝީދު އުޅުއްވަނީ ޕްރައިމަރީގެ ނަތީޖާ ގަބޫލު ނުކުރައްވައި އެމްޑީޕީ ތެރޭގައި ވަކި ފެކްޝަނެއް އަފައްދަވައިގެންނެވެ. އަދި އެ ފެކްޝަނުން ގެންދަނީ ރިޔާސީ އިންތިހާބަށް އަމިއްލައަށް ނުކުތުމަށް ނިންމާފައިވާ ޖުމްހޫރީ ޕާޓީއާ އެކުވެސް މަޝްވަރާތައް ކުރިއަށް ގެންދަމުންނެވެ.

އޭގެއިތުރުން އެ ފެކްޝަނުން ދަނީ ފޯޅަވަހި ކޯލިޝަނުގައި ވެސް ބައިވެރިވެ ރައީސުލްޖުމްހޫރިއްޔާ އާއި އެޓާނީ ޖެނެރަލް އަޒުލުކުރުމުގެ މަސައްކަތް މަޖިލީހުގެ ތެރެއިން ކުރުމަށް ތައްޔާރުވަމުންނެވެ.

އެކަންކަމަށް އިޝާރާތް ކުރައްވައި އާދަމް މަނިކު ވިދާޅުވީ ނަޝީދު އުފަންކުރުވައިގެން އުޅޭ ފިކުރެއްގެ ދިރުމުގައި އެއްވެސް އިރެއްގައި ބައިވެރި ނުވާކަމަށާއި އެމަނިކުފާނަށް ތާއީދު ކުރެއްވީ ޕްރައިމަރީގެ ކެންޑިޑޭޓަކަށް ވީމާ ކަމަށެވެ.

"އަޅުގަނޑު އެއްވެސް އިރެއްގައި ގަބޫލެއް ނުކުރަން ޕާޓީއަކީ ވަކި މީހެއްގެ، ވަކި ވިސްނުމެއްގެ އެއްޗެއް ކަމަކަށް، ސިޔާސީ ޕާޓީއަކާއި ފޭން ކުލަބަކާ މިއީ ވަރަށް ތަފާތު ދެ އެއްޗެއް،" ޕާޓީ ހަލާކުވާ ފަދަ ނުވަތަ ހަލަބޮލިވާ ފަދަ ކަންކަމަކީ އެއްވެސް އިރެއްގައި ތާއީދު ކުރެއްވި ކަމެއް ނޫންކަން ފާހަގަ ކުރައްވަމުން އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ހިތްހަމަ ނުޖެހޭ މީހެއް ނުވަތަ ތިބޭފުޅާ ހިތްހަމަ ނުޖެހޭ މީހެއް ވީމާ ނުކުމެގެން ދާން، އެކަހަަލަ ވިސްނުން ގެންގުޅޭ މީހެއް ނޫން އަޅުގަނޑަކީ،"

އޭނާ އިތުރަށް ވިދާޅުވީ ރައީސް ސޯލިހަށް ދެވަނަ ދައުރެއް ދޭންޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށާއި މިހާރު އެ ހުންނެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެއްބުރުން ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭވަރަށް މަސައްކަތް ކޮށްދެއްވުމަށް ތައްޔާރަށް ކަމަށެވެ.

އާދަމް މަނިކު ރައީސް ސޯލިހަށް ތާއީދު ކުރެއްވުމަށް ނިންމަވާފައިވާއިރު، އެމްޑީޕީ ތެރޭގައި ވަނީ ދެ ފެކްޝަނުގެ ވާދަ ވަރަށް ބޮޑުވެ މައްސަލަ އިންތިހާއަށް ގޯސްވެފަ އެވެ. އެ ވާދައިގެ ތެރެއިން ރައީސް ނަޝީދަށް ތާއީދު ކުރައްވާ މެންބަރުން ގެންދަނީ ރައީސް ސޯލިހަށް ރިޔާސީ އިންތިހާބު ކާމިޔާބު ނުކުރެވޭނެ ކަމަށާއި ރައްޔިތުންގެ ތާއީދެއް އެ މަނިކުފާނަށް ނެތް ކަމަށް ފާޅުގައި ވިދާޅުވަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއުގެ ދެފުށް ފެންނާކަށް ނެތް: ނަޝީދު

ގައުމިއްޔަތުގެ ނަމުގައި ރައްޔިތުންނަށް އޮޅުވާލައިގެން ގައުމު ވިއްކާނުލެވޭނެ ކަމަށާއި، މި މަޝްރޫއުގެ އެއްވެސް ތަފްސީލެއް މަޖިލީހަށާއި ރައްޔިތުންނަށް އެނގެން ނެތްކަމަށް ނަޝީދު ވިދާޅުވި އެވެ.

ގުޅީފަޅު ތަރައްގީކުރި ނަމަ ތިލަމާލެ ބްރިޖުން ފައިދާ ނުކުތީސް

ރަސްމާލެ ހިއްކުމަށް ކުރާ ހަރަދުން ގުޅީފަޅާއި ގިރާވަރުފަޅު ތަރައްގީކުރި ނަމަ، ތިލަމާލެ ބްރިޖުގެ ފައިދާ ރައްޔިތުންނަށް ކުރާނެ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ފައިސަލް ވަނީ ގުޅީފަޅާއި ގިރާވަރުފަޅުގައި އަސާސީ ހިދުމަތްތައް ގާއިމުނުކޮށް ރަސްމާލެ މަޝްރޫއު ކުރިއަށްގެންދާތީ އެކަމަށް ފާޑުވިދާޅުވެފައެވެ.

ފަހި ފްލެޓުތަކުގެ ދެ ޔުނިޓުގެ އެގްރީމެންޓު ބާތިލުކޮށްފި

ގަވާއިދުން ކުލި ނުދައްކާތީ ހުޅުމާލޭގެ ފަހި ދިރިއުޅުން ފްލެޓުތަކުގެ ދެ ޔުނިޓެއްގެ އެއްބަސްވުން ބާތިލުކޮށް، 15 ދުވަހުގެ ތެރޭގައި ތަން ހުސްކުރަން އެ ކޯޕަރޭޝަނުން ވަނީ އަންގައިފައެވެ. އެފްޑީސީން ބުނި ގޮތުގައި މި ފިޔަވަޅު އެޅީ ފައިސާ ދެއްކުމަށް ތަކުރާރުކޮށް ފުރުސަތު ދިނުމަށްފަހު، ކަނޑައެޅިފައިވާ މުއްދަތުގައި ފައިސާ ނުދެއްކުމުންނެވެ.

ދިރާގު ގޭމަރސް ގިލްޑްއިން އައިފޯން 18 ޕްރޯ މެކްސް ހޯދޭ

ދިރާގު ގޭމަރސް ގިލްޑް (ޑީ.ޖީ.ޖީ) އަށް ސަބްސްކްރައިބްކޮށް، ޕްރޮފައިލް ވެރިފައިކުރާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް އައިފޯން 18 ޕްރޯ މެކްސްއެއް ހޯދުމުގެ ފުރުސަތު 31 ޑިސެންބަރު 2026 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މި ހަރަކާތަކީ ރާއްޖޭގެ ގޭމިންގ މުޖުތަމައު ކުރިއަރުވައި، ގޭމް ކުޅުންތެރިންނަށް އެކި މުބާރާތްތަކުގައި ބައިވެރިވެ ހުނަރު ދައްކާލުމަށް މަގުފަހިކޮށްދިނުމަށް ދިރާގުން ކުރިއަށްގެންދާ މަސައްކަތެކެވެ.

ހަފުތާއެއްފަހުން ޓްރެފިކް އަދަބު ޑިޖިޓަލްކޮށް ދޭން ފަށަނީ

މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން ޓްރެފިކް ގަވާއިދާ ހިލާފުވާ ފަރާތްތަކަށް ޑިޖިޓަލްކޮށް ފިޔަވަޅު އަޅައި، އެސްއެމްއެސް ނުވަތަ އީމެއިލް މެދުވެރިކޮށް ޖޫރިމަނާގެ މައުލޫމާތު ފޮނުވަން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ނިންމާފައެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މުހައްމަދު އަފީފް މިއަދު ވަކިކޮށްފިއެވެ. އޭނާ މަގާމުން ވަކިކުރި ސަބަބު ހާމަކޮށްފައި ނުވާއިރު، މިއީ މި ސަރުކާރުގައި އެ މަގާމަށް އައްޔަންކުރި ތިންވަނަ ބޭފުޅާއެވެ. އަފީފް ވަކިކޮށްފައި މިވަނީ ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ފެނަކަ އުވާލައި، އެ ކުންފުނީގެ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ކަނޑުއޮޅިތައް ބަލަހައްޓަން ބޭރުގެ އެހީއަށް ނޭދޭނަން: ސަރުކާރު

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ބޭރުގެ އެހީތެރިކަން ހޯދުމަށް ކުރީގެ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ސަރުކާރުން ވަނީ ރައްދު ދީފައެވެ. ސަރުކާރުން ބުނެފައިވަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމަށްޓަކައި، ކަނޑުއޮޅިތައް ބެލެހެއްޓުމަށް ބޭރުގެ އެއްވެސް ފަރާތެއްގެ އެހީއަށް ނޭދޭނެ ކަމަށެވެ.

Newsletter

Get the latest news delivered straight to your inbox