ސަސްޕެންޝަނުން އެނބުރި އައި މެޗުގައި މެސީއާ ދިމާކޮށްލައިފި

May 14, 2023, 4:21 AM
އެޖަސިއޯއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން މެސީ.

އެޖަސިއޯއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން މެސީ.

ޕެރިސް (މެއި 14) - ކްލަބްގެ ހުއްދަ ނުހޯދައި ސައުދީ އަރަބިއްޔާ އަށް ދިޔަ މައްސަލައިގައި ޕީއެސްޖީން ސަސްޕެންޑްކުރި ލިއޮނަލް މެސީ، އަލުން އެނބުރި އައި މެޗުގައި ރޭ ޕީއެސްޖީ ސަޕޯޓަރުންގެ ބަޔަކު މެސީއާ ދިމާކޮށްލިއިރު، ޕީއެސްޖީން އެޖަސިއޯ އަތުން 5-0 އިން މޮޅުވެއްޖެ އެވެ.

ދެ ހަފްތާ އަށް ސަސްޕެންޑްކުރި މެސީ، 36، ހަފްތާއެއްހާ ދުވަސްތެރޭ އަލުން އެނބުރި އައިސް ޓީމަށް މެޗެއް ކުޅެދިންއިރު، މި މެޗުގައި މެސީ އަށް ބޯޅަ ލިބޭ ކޮންމެ ފަހަރަކު ސަޕޯޓަރުންގެ ބަޔަކު ވަނީ އަޑުގަދަކޮށް، ނުރުހުމުގެ ޝުއޫރުތައް ފާޅުކޮށްފަ އެވެ. މިދިޔަ މަހު ކުރީކޮޅުގައި ލިޔޯން އަތުން ޕީއެސްޖީ ބަލިވި މެޗުގައި ވެސް އެ ޓީމުގެ ސަޕޯޓަރުންގެ ބަޔަކު ވަނީ މެސީއާ ދިމާކޮށްލައިފަ އެވެ.

ޕީއެސްޖީ ސަޕޯޓަރުން މެސީއާ މެދު ނުރުހުންވާ އެއް ސަބަބަކީ މި ސީޒަނަށް ފަހު ކޮންޓްރެކްޓް ހަމަވުމުން އެ ކްލަބް ދޫކޮށް މެސީ އެހެން ޓީމަކާ ގުޅޭ ވާހަކަތައް މީޑިއާގައި ދެކެވޭ މިންވަރު އިތުރުވަމުންދާތީ އެވެ.

އަމިއްލަ ދަނޑުގައި ރޭ ޕީއެސްޖީން ކުޅުނު މެޗުގައި އެ ޓީމުގެ ފަސް ގޯލުގެ ތެރެއިން ދެ ލަނޑު ޖަހައި، ކީލިއަން އެމްބާޕޭ ވަނީ ލީގުގައި 25 ގޯލު ހަމަކޮށްފަ އެވެ. މިއީ އެމްބާޕޭގެ ކެރިއަރުގައި ލީގުގައި 25 ގޯލު ހަމަކުރި ހަތަރު ވަނަ ފަހަރެވެ. ޕީއެސްޖީ އަށް ދެން ގޯލުތައް ޖަހައިދިނީ ފަބިއަން ރުއީޒް އާއި އަޝްރަފް ހަކީމީގެ އިތުރުން އެޖަސިއޯގެ މުހައްމަދު ޔޫސުފް އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

ޕީއެސްޖީ އާއި އެޖަސިއޯ ވެސް މި މެޗު ނިންމާލީ ކުޅުންތެރިއަކު މަދުކޮށެވެ. މެޗުގެ ފަހު ކޮޅުގައި ޕީއެސްޖީގެ ހަކީމީ އާއި އެޖަސިއޯގެ ތޯމަސް މަންގާނީ އަށް ވަނީ ރަތް ކާޑެއް ދައްކައިފަ އެވެ.

ލީގުގެ އެއް ވަނައިގައި އޮތް ޕީއެސްޖީ އަށް 35 މެޗުން 81 ޕޮއިންޓް ލިބިފައިވާއިރު، ބާކީ ތިން މެޗުން ހަތަރު ޕޮއިންޓް ހޯދައިގެން ޕީއެސްޖީ އަށް 11 ވަނަ ފަހަރަށް ފްރެެންޗް ލީގު ކާމިޔާބު ކުރެވޭނެ އެވެ. މި ފަހަރު ތަށި ހޯދައިފިނަމަ ޕީއެސްޖީ ވެގެންދާނީ ފްރެންްޗް ލީގުގެ ތާރީހުގައި ވެސް އެންމެ ކާމިޔާބު ޓީމަށެވެ.

ރޭގެ މެޗުން ބަލިވެ، އެޖަސިއޯ ވަނީ ރެލިގޭޓްވެފަ އެވެ. އެ ޓީމު މި ވަގުތު ލީގުގެ 18 ވަނައިގައި އޮތީ 35 މެޗުން 23 ޕޮއިންޓް ހޯދައިގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox