ފުވައްމުލަކުން ޒުވާން ޓީމުން ރާއްޖޭގެ ކްރިކެޓަށް ހޯދައިދިނީ އާ އުއްމީދެއް!

ފުވައްމުލަކު ޒުވާން ކްރިކެޓް ޓީމު: ކްރިކެޓް ބޯޑުން ބޭއްވި 23 އަހަރުން ދަށުގެ މުބާރާތުން އުންމީދީ އެތައް ކަމެއް ދައްކުވައިދިން.--- ފޮޓޯ: މިރާޝް ނާޝިމް

ފުވައްމުލަކު ޒުވާން ކްރިކެޓް ޓީމު: ކްރިކެޓް ބޯޑުން ބޭއްވި 23 އަހަރުން ދަށުގެ މުބާރާތުން އުންމީދީ އެތައް ކަމެއް ދައްކުވައިދިން.--- ފޮޓޯ: މިރާޝް ނާޝިމް

މިދިޔަ އަންގާރަ ދުވަހު މާލޭގައި ނިމުނު ކްރިކެޓްގެ ގައުމީ ޔޫތު ޗެމްޕިއަންޝިޕް ނުވަތަ 23 އަހަރުން ދަށުގެ ކްރިކެޓް މުބާރާތާ އެކު ދިވެހި ކްރިކެޓަށް އާ އުއްމީދަކާއި ހިތްހަމަޖެހުމެއް ގެނެސްދީފި އެވެ. ޒުވާން ކުޅުންތެރިންގެ ހުނަރުވެރިކަމާ އެކު ކްރިކެޓުގެ އާ ޖީލަށް ގިނަ ހުވަފެންތަކެއް ބަލަން މަޖުބޫރުވެއްޖެ އެވެ. ވާދަވެރި މާހައުލެއްގައި ޒުވާން ކުޅުންތެރިންގެ ހުނަރުތައް ދައްކާލުމަށް ލިބުނު ފުރުސަތުގައި އެންމެ ބޮޑު ތަފާތެއް ދެއްކީ ފުވައްމުލަކުން އައި ޒުވާން ކުޅުންތެރިންގެ ޓީމެވެ.

މުބާރާތުގައި އެ ޓީމުން ދެއްކި ކުޅުމަށް ބަލާއިރު ހުރިހާ ގޮތަކުންވެސް ތައުރީފު ހައްގެވެ. ފައިނަލުން ހަނި ގޮތަކަށް ބަލިވި ނަމަވެސް ލީގު ބުރުގައި އެ ޓީމުން ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗު ކާމިޔާބުކުރި އެވެ. މާލެއިން ވާދަކުރި ދެ ޓީމާ ދެކޮޅަށް ވެސް ވަރުގަދަ ކުޅުމެއް ދެއްކި އެވެ. މުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިޔާގެ މަގާމް ހޯދީ ފުވައްމުލަކުގެ މަބްސަރު އަބްދުﷲ އިބްރާހިމް އެވެ. ފުވައްމުލަކު ޓީމުގެ އާޒިން ރަފީގު، ޝައުފް ހަސަން އަދި ނަސީމް އަލީ ކަހަލަ ކުޅުންތެރިންނާ އެކު އަތޮޅުތަކުން ވެސް ކްރިކެޓުގެ ހުނަރުވެރި ތަރިން ފެންނާނެކަމުގެ އިތުބާރާއި ޔަގީންކަން ލިބުނެވެ.

ފުވައްމުލަކުގައި ކްރިކެޓްގެ ހަރަކާތްތައް ރަސްމީ ސިފައެއްގައި ފެށުނީ 2011 ވަނަ އަހަރު އެ ރަށުގައި އެޅި ކްރިކެޓް ދަނޑާ އެކުގަ އެވެ. އެ އަހަރު އައްޑޫ ސީޓީގައި ބޭއްވި ސާފް ޗެމްޕިއަންޝިޕާ ދިމާކޮށް ފުވައްމުލަކުގައި އެޅި ކްރިކެޓް ދަނޑުގެ ފައިދާ މިދިޔަ ފަސް އަހަރަށް ބަލާއިރު ރާއްޖޭގެ ކްރިކެޓަށް ވަރަށް ބޮޑަށް ކޮށްފި އެވެ.

ފުވައްމުލަކު ޓީމުގެ ކޯޗު ހަސަން މުތީއު "އަދަދު" އަށް އިންޓަވިއު ދެނީ.--- ފޮޓޯ: މިރާޝް ނާޝިމް/ އަދަދު

"ފުވައްމުލަކުގެ ކްރިކެޓް ފެށުނު ހިސާބުން ފެށިގެންވެސް މިފަދަ މުބާރާތަކަށް އިންތިޒާރު ކުރެވުނު. 2011 ގައި ކްރިކެޓް ދަނޑު އެޅުނު ހިސާބުން ފެށިގެންވެސް މިކަހަލަ މުބާރާތެއް މާލޭގައި ކުޅުމަކީ ފުވައްމުލަކުގެ ހުރިހާ ކުޅުންތެރިންގެ އުއްމީދެއް. އަބަދުވެސް ބަލަމުން އައި ފުރުސަތެއް މިއީ. މުބާރާތަށް މުޅި ޓީމް އެއް މަސްދުވަހު ޕްރެކްޓިސް އެއް ކުރީ." ފުވައްމުލަކުގައި ކްރިކެޓް ކުރިއެރުވުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވަމުން އަންނަ އެއް ކޯޗު ކަމުގައިވާ ހަސަން މުތީއު ބުންޏެވެ.

އޭނާ ބުނީ ފުވައްމުލަކުގެ ޕިޗާއި މާލޭގައި މެޗުތައް ކުޅެން ޖެހުނު ޕިޗާ ތަފާތުތަކެއް ހުރިކަމަށާއި، އޭގެ ސަބަބުން ޓީމަށް އުނދަގޫތަކެއް ދިމާވާނެކަމަށް ބެލެވުނު ކަމަށެވެ. އެހެން ނަމަވެސް، ވަރަށް އަވަހަށް ޕިޗުގެ ތަފާތު ދެނެގަނެ މާލޭ ޓީމްތަކުގެ ކުޅުންތެރިން އުކި ބޯޅަތައް ރީޑްކޮށް ހީކުރިވަރަށްވުރެ ރަނގަޅަށް ޓީމުން ކުޅުނު ކަމަށެވެ.

ފުވައްމުލަކު ޓީމު މުބާރާތުގައި ބައިވިއިރު އެ ޓީމަށް ލިބުނު ހިތްހަމަޖެހުމަކީ މާލޭގައި ކުރިން މުބާރާތްތަކުގައި ކުޅުނު ޒުވާން ތަރިއެއް އެ ޓީމުގައި ހުރުމެވެ. އެ ގޮތުން އެ ޓީމުގެ ކެޕްޓަން ޝައުފް ހަސަން ވަނީ އޭނާގެ ތަޖުރިބާގެ ބޭނުންކޮށް އާ ޓީމެއް ގޮވައިގެން ނިކުމެ ރަނގަޅު ކާމިޔާބެއް ހޯދާފަ އެވެ.

އިއުލާންކުރި ހިސާބުން ފެށިގެން ޕްރެކްޓިސްތައް ބަރާބަރަށް ކުރަމުން އައީ. ރޯދަމަހު ފެށީ ޕްރެކްޓިސްތައް. ހެނދުނާ ހަވީރު. މުބާރާތަށް ފުލްކޮށް ރެޑީވިން ހަމަ - ޝައުފް

"ވަރަށް ހިތްހަމަޖެހޭ ހުރިހާ ކުޅުންތެރިން ވެސް ދެއްކި ކުޅުމާ މެދު. އަސްލު އާ ކުޅުންތެރިންތަކެއް ގޮވައިގެން އަންނައިރު އެބަހުރޭ ތަފާތުތަކެއް. އެ ކުދިންނަށް ނޭނގޭ އެއްޗެހި ވެސް ހުންނާނެ. އެ އެކްސްޕީރިއަންސް ލިބިފަ ހުރި ކުޅުންތެރިއަކު ޓީމުގައި ހުރުމަކީ ވަރަށް މުހިންމު ކަމެއް އަސްލު. އޭގެ ނަތީޖާ އެ ފެންނަނީ." މާލޭގައި ކިޔަވަން ހުރި ދުވަސްވަރު ގައުމީ ޒުވާން ޓީމްތަކަށްވެސް ކުޅެފައިވާ ޝައުފް ބުންޏެވެ.

ޝައުފް ބުނީ އޭނާ ރަށަށް ބަދަލުވި ހިސާބުން ވެސް އެންމެ ބޮޑަށް ދެކެމުން އައި ހުވަފެނަކީ ފުވައްމުލަކުގެ ޓީމެއް އައިސް ގައުމީ ފެންވަރުގެ މުބާރާތެއްގައި ވާދަކުރުން ކަމަށާއި، މިއީ ވަރަށް ގިނަ ދުވަހު، ގިނަ ބަޔަކު ކުރި ބުރަ މަސައްކަތުގެ ނަތީޖާ ކަމަށެވެ.

ޓީމުގެ ކެޕްޓަން ޝައުފް ހަސަން "އަދަދު" އަށް ބުނީ ޓީމުގެ ރޫހު ވަރަށް މުހިންމު ކަމަށް ކާމިޔާބު ހޯދުމަށް ބަލާއިރު.--- ފޮޓޯ: މިރާޝް ނާޝިމް/ އަދަދު

ތެދެކެވެ. ޓީމެއް ތައްޔާރުކޮށް އެހާ ދުރުން މާލެ އައުމަކީ ގޮންޖެހުންތައް ބޮޑު ކަމެކެވެ. ކޯޗު ހަސަން، ފާހަގަކުރާ ގޮތުގައި މުބާރާތައް ތައްޔާރުވުމާއި ހަމަައިން ފެށިގެން މުބާރާތަށް އައުންވެސް މިއީ ބޮޑު ޗެލެންޖެކެވެ. އެއީ ދަތުރު ފަތުރަށް ކުރަން ޖެހޭ ހޭދަ އާއި މާލޭގައި ތިބުމަށްވެސް ބޮޑު ހޭދައެއް ކުރަން ޖެހުމެވެ. ނަމަވެސް ކްރިކެޓް ބޯޑުގެ އެހީތެރިކަމާ އެކު އެ ޓީމަށް މި ފަހަރުގެ މުބާރާތުގައި ވާދަކުރަން ގިނަ ފަސޭހަތަކެއްވިކަން ހަސަން އުފަލާ އެކު ފާހަގަކުރި އެވެ.

ފުވައްމުލަކަކީ މިހާރު މުޅި އަހަރަށް ބަހާލައިގެން ގިނަ މުބާރާތްތަކެއް ބާއްވަމުން އަންނަ ރަށެކެވެ. އެ ރަށުގައި ކުޅުންތެރިން އާ ކުޅުންތެރިން އުފެއްދުމަށް ކުރެވޭ އެންމެ ބޮޑު އެއް މަސައްކަތަކީ އެ ރަށުގެ ސްކޫލްތަކަށް ހުޅުވާލައިގެން އިންޓަ ސްކޫލް މުބާރާތް ކުރިއަށް ގެންދިޔުމެވެ. މީގެ އިތުރުން ސީނިއާ ތިން މުބާރާތް ކޮންމެ އަހަރަކު އެ ރަށުގައި އޮވެ އެވެ. އަންހެން ކުޅުންތެރިންނަށް ހާއްސަ ތަމްރީން ޕްރޮގްރާމްތަކާއި ގިނަ ކޯޗިން ޕްރޮގްރާމްތައް ވެސް އެ ރަށުގައި މިދިޔަ އަހަރުތަކުގައި ވަނީ އެ ރަށުގައި ކުރިއަށް ގެންގޮސްފަ އެވެ.

މި ހުރިހާ މަސައްކަތާ އެކު ވެސް އެރަށުގެ ކްރިކެޓަށް ލޯބިކުރާ އެންމެންގެ ހުވަފެނަކީ ގައުމީ ފެންވަރުގެ މުބާރާތްތަކުގައި އެ ރަށުގެ ކުޅުންތެރިން ކުޅުމެވެ. އަދި ގައުމީ ސްކޮޑުން ޖާގަ ހޯދައި ބައިނަލްއަގްވާމީ މައިދާނުގައި ވެސް ފުވައްމުލަކުގެ ކުޅުންތެރިން ގައުމީ ޓީމުގައި ވިދާލުމެވެ.

"އެންމެ ބޮޑު ހުވަފެނަކީ ނެޝަނަލް ލެވެލްގެ ކުލަބުތަކުގައި މި ކުޅުންތެރިން ކުޅުން، ނެޝަނަލް ޓީމްތަކަށް ވެސް މި ކުޅުންތެރިން ހޮވިގެން ރާއްޖެއިން ބޭރުގައިވެސް ޕާފޯމްކޮށް ރަނގަޅު ނަތީޖާއެއް ގައުމަށް ހޯދައިދިނުން." ހަސަން އޭނާގެ އުއްމީދުތައް ކިޔައިދިނެވެ.

ފުވައްމުލަކު ކްރިކެޓް ޓީމުން މާލޭގައި ބޭއްވި ޕްރެކްޓިހެއްގެ ތެރެއިން.--- ފޮޓޯ: މިރާޝް ނާޝިމް/ އަދަދު

ޒުވާން ކުޅުންތެރިން އުފެއްދުމަށް ފުވައްމުލަކުގައި ކުރެވޭ މަސައްކަތުގައި ހަސަން ވަރަށް ބޮޑު ޝުކުރެއް ބެލެނިވެރިންނަށްވެސް އަދާކުރެ އެވެ. ސަބަބަކީ މި ކަހަލަ ކުޅިވަރަކުން ކުރިއަށްދާން އެ ކުދިންނަށް މަގު ފަހިކޮށްދީ އެ ފުރުސަތުތަކަށް ބެލެނިވެރިންގެ ފަރާތުން ބޮޑު އެއްބާރުލުމެއް ލިބުމެވެ.

ފުވައްމުލަކުގައި މި ވަގުތު އޮތް ދަނޑުގައި ނެޗުރަލް ޓާފެއް އެޅޭނެ ދުވަހަކީ މިހާރު ހުރިހާ ކުޅުންތެރިންނާއި ކޯޗުންގެ އުއްމީދެވެ. އޭރުން އެ ރަށުގައި ތަމްރީން ހެދުމަށް ގައުމީ ޓީމްތަކާއި އެހެނިހެން ފަރާތްތަކަށް ވެސް ފުރުސަތު ފަހިވާނެ އެވެ. ކްރިކެޓް ބޯޑުން އަންނަނީ އެ އަށް ފޯކަސް ކޮށްގެން މަސައްކަތްތަކެއް ކޮށް، ކްރިކެޓަށް އުފާވެރި ހަބަރެއް ދޭން ތައްޔާރުވަމުންނެވެ.

ފުވައްމުލަކު ޒުވާން ކުޅުންތެރިންތަކެއް އައިސް ގައުމީ ޔޫތު މުބާާރާތުގައި ދެއްކި ކުޅުމާ އެކު މި ކުޅިވަރުގެ އުޖާލާ މުސްތަގްބަލަކަށް ކުރެވޭ އުއްމީދުތައް އިތުރުވެއްޖެ އެވެ. އެ ރަށުން ރާއްޖޭގެ ކްރިކެޓަށް ނެރެދިނީ ހުނަރުވެރި، ގާބިލް ތަރިންތަކެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox