އަމީނީ މަގުގައި ތާރު އަޅަން ބޭނުންވާ މެޝިނުތައް ހުޅުމާލޭގައި ބަހައްޓައިފި

ހުޅުމާގެ ސައިޓެއްގައި ބަަހައްޓާފައި ހުރި އާރްޑީސީގެ ތާރު އަޅާ މެޝިނުތައް

ހުޅުމާގެ ސައިޓެއްގައި ބަަހައްޓާފައި ހުރި އާރްޑީސީގެ ތާރު އަޅާ މެޝިނުތައް

އަމީނީ މަގު ތަރައްގީ ކުރަން ރޯޑް ޑިވޮލޮޕްމެންޓު ކޯޕަރޭޝަން (އާރްޑީސީ) އަށް ބޭނުންވާ ތާރު މެޝިން ގެނެސް ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި ހުންނަ އެ ކުންފުނީގެ ސައިޓެއްގައި ބަހައްޓައިފި އެވެ.

އަމީނި މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ ގޮތުން އެ މަގު ހެދުމުގެ މަސައްކަތް އާރުޑީސީން މިދިޔަ އޯގަސްޓު 30, 2022, ގައި ފެށި ނަމަވެސް، ތާރު އަޅަން ގެނައި މެޝިނުތައް ބަހައްޓާނެ ބިން ނުލިބުމުން މަސައްކަތް ލަސްވެ، މަގުގެ ފުރަތަަމަ ތިން ސެގްމަންޓުގައި ތާރު އެޅީ އާރްޑީސީން އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ.

އެކަމަކު، އަމީނީ މަގުގައި ތާރު އަޅަން ބޭނުންވާ އާރްޑީސީގެ މެޝިނުތައް މިހާރު ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގެ ބިމެއްގައި ބަހައްޓާފައިވާއިރު، އެ މެޝިނުތައް ބޭނުންކުރަން ދަނީ ތައްޔާރުވަމުންނެވެ. އެކަން އާރްޑީސީގެ މީޑިއާ އޮފިޝަލަކު ވަނީ މި ނޫހަށް ކަށަވަރުކޮށްދެއްވައިފަ އެވެ.

އެ މެޝިނުތައް ބޭނުންކޮށްގެން، މިހާރު މަސައްކަތް ކުރިއަށްދާ މަގުގެ ސެގްމަންޓުތަކުގައި ތާރު އެޅުމުގެ މަސައްކަތް އެކީ އެއްފަހަރާ ކުރިއަަށްގެންގޮސް ވަރަށް އަވަހަށް ނިންމާލާނެ ކަމަށް އޮފިޝަލު ވިދާޅުވި އެވެ.

ދަރުބާރުގެ ކައިރިން ފަށައިގެން ސްޓެލްކޯއާ ހިސާބަށް އަމީނީ މަގުގައި ތާރު އަޅައި ނިންމައި އާންމުންނާ ހުޅުވާލީ މާޗު 6، ގަ އެވެ. ސްޓެލްކޯއިން ފެށިގެން ބިލަބޮން ހައި އިންޓަނޭޝަނަލް ސްކޫލާ ހިސާބަށް މަގުގެ އަޑީގައި ހޮޅިތައް އެޅުމާއި އެހެނިހެން މަސައްކަތްތައް މިހާރު ދަނީ ކުރިއަށެވެ.

އަމީނީ މަގު ހެދުމުގެ މަސައްކަތް އާރްޑީސީއާ ހަވާލު ކުރީ 210 ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ. އެ މަސައްކަތް ހަވާލު ކުރީ 84 މިލިއަން ރުފިޔާއަށެވެ.

މެއި 28، 2023 އަށް މަސައްކަތް ނިންމުމުގެ މުއްދަތު ހަމަވާއިރު، މަޝްރޫއު ލަސްވެ އާންމުންނަށް އުނދަގޫވާ ކަމުގެ ޝަކުވާ ބޮޑެވެ. ޕްލޭނިން މިނިސްޓްރީއިން އެންމެ ފަހުން ބުނެފައި ވަނީ ހުރިހާ މަސައްކަތެއް ނިންމާލެވޭނެ ކަމަށް ބެލެވެެނީ މި އަހަރުގެ ސެޕްޓެމްބަރު 27، ގައި ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox