ވޮޝިންޓަން، އެމެރިކާ (މޭ 10) - އަންނަ ޖޫން މަހު އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ އެމެރިކާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާނެކަން އިއުލާންކޮށްފި އެވެ.
ވައިޓް ހައުސްގެ ޕްރެސް ސެކެޓްރީ ކެރީން ޖޯން ޕިއާ ބުދަ ދުވަހު ވިދާޅުވީ މޯދީގެ ދަތުރުފުޅުގައި ރައީސް ޖޯ ބައިޑެންއާ ބައްދަލުކުރައްވާނެ އެވެ.
އޭނާ ވިދާޅުވީ މޯދީ އެމެރިކާއަށް ވަޑައިގަންނަވާނީ ޖޫން 22 ގައި ކަމަށެވެ. އެއީ އިންޑިއާ އާއި އެމެރިކާގެ ގާތް ގުޅުން ވަރުގަދަ ކުރަން ލިބޭ ފުރުސަތެއް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
ވައިޓް ހައުސްއަށް ދައުވަތު އަރުވާ ލީޑަރުންގެ ޝަރަފުގައި ރަސްމީ ޖާފަތެއް ބާއްވަ އެވެ. މިއީ ބައިޑެންގެ ދައުވަތަށް މޯދީ ވައިޓް ހައުސްއަށް ވަޑައިގަންނަވާނެ ފުރަތަމަ ފަހަރެވެ.
އެހެން ނަމަވެސް މީގެ ކުރިން، ދެ ލީޑަރުން ވަނީ އެކި ބައިނަލްއަގުވާމީ ބައްދަަލުވުންތަކުގެ ތެރެއިން ބައްދަލުވެވަޑައިގެންފަ އެވެ.
މޯދީއަކީ ބައިޑެންގެ ދައުވަތު ލިބިވަޑައިގެންނެވި ތިން ވަނަ ލީޑަރެވެ. މިދިޔަ އަހަރުގެ ފަހުކޮޅު ފްރާންސްގެ ރައީސް އިމޭނުއެލް މެކްރޯން އާއި މިދިޔަ އެޕްރީލް މަހު ދެކުނު ކޮރެއާގެ ރައީސް ޔޫން ސުކް ޔެއޯލް ވެސް ވައިޓް ހައުސްއަށް ވަޑައިގެންނެވި އެވެ.










