އިނގިރޭސި ރަސްކަމާ ދެކޮޅު 52 މީހުން ހައްޔަރުކޮށްފި

ރަސްގެފާނު ޗާލްސް ތަހުތަށް ވެޑުވުމުގެ ހަފުލާއާ ދިމާކޮށް މުޒާހަރާ ކުރަނީ. -- ފޮޓޯ: ރޮއިޓާޒް

ރަސްގެފާނު ޗާލްސް ތަހުތަށް ވެޑުވުމުގެ ހަފުލާއާ ދިމާކޮށް މުޒާހަރާ ކުރަނީ. -- ފޮޓޯ: ރޮއިޓާޒް

ލަންޑަން، އިނގިރޭސިވިލާތް (މޭ 6) - އިނގިރޭސި ރަސްކަމާ ދެކޮޅު ގްރޫޕް "ރިޕަބްލިކް" ގެ ގިނަ އަދަދެއްގެ މެމްބަރުން ހައްޔަރު ކުރުމާ ގުޅިގެން ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

ހޮނިހިރު ދުވަހު ރަސްގެފާނު ޗާލްސް ތަހުތަށް ވެޑުވުމުގެ ހަފުލާއާ ދިމާކޮށް ގިނަ ބަޔަކު މުޒާހަރާ ކުރި އެވެ. އޭގެ ތެރޭގައި "ރިޕަބްލިކް" ގެ މެމްބަރުން ވެސް ހިމެނެ އެވެ.

ލަންޑަންގެ ފުލުހުން ހައްޔަރު ކުރި 52 މީހުންގެ ތެރޭގައި "ރިޕަބްލިކް" ގެ ލީޑަރު ގްރަހަމް ސްމިތު އަދި އެ ހަރަކާތް އިންތިޒާމް ކުރުމުގައި އިސްކޮށް އުޅުނު މީހުން ހިމެނެ އެވެ.

ހިޔުމަން ރައިޓްސް ވޮޗްއިން ކަންބޮޑުވުން ފާޅުކޮށް ނެރުނު ބަޔާނެއްގައި ބުނީ ސުލްހަވެރިކަމާ އެކު ހިޔާލު ފާޅުކުރަމުން ދިޔަ ބަޔަކު ހައްޔަރު ކުރުން ބަލައިނުގަނެވޭނެ ކަމަށެވެ.

މުޒާހަރާ ކުރި މީހުން ހައްޔަރު ކުރި އިރު، މިދިޔަ ހަފުތާގައި އަވަސް އަރުވާލައިގެން ފާސްކުރި ގާނޫނެއްގެ ދަށުން އިނގިރޭސި ފުލުހުންނަށް މުޒާހަރާތައް ކޮންޓްރޯލް ކުރަން އިތުރު ބާރުތައް ލިބިދެ އެވެ.

އިނގިރޭސި ރަސްކަމާ ދެކޮޅަށް އިނގިރޭސިވިލާތުގެ ބައެއް މީހުން އަޑު އުފުލާ އިރު، ކޮމަންވެލްތުގެ ދަށުގައި ހިމެނޭ ބައެއް ގައުމުތަކުން އިނގިރޭސިވިލާތާ ވަކިވާން އުޅޭކަމުގެ އިޝާރާތްތައް ވެސް ވަނީ ކޮށްފަ އެވެ.

ޗާލްސްއަކީ އިނގިރޭސިވިލާތުގެ އިތުރުން ކޮމަންވެލްތުގެ 14 ގައުމެއްގެ އެންމެ އިސް ވެރިޔާ އެވެ. އޭގެ ތެރެއިން ޖެމެއިކާ އާއި ބެލީޒޭއިން މިދިޔަ ހަފުތާގައި ބުނީ ވަކި ޖުމްހޫރިއްޔަތަކަށް ވާން ބޭނުން ކަމަށެވެ.

ރިޕޯޓުތައް ބުނާ ގޮތުން އޮސްޓްރޭލިއާ އާއި ކެނެޑާ ހިމެނޭ ގޮތަށް، އެހެން ގައުމުތަކުގައި ވެސް ވަކި ޖުމްހޫރިއްޔަތަކަށް ބަދަލުވުމުގެ ވިސްނުން ދަނީ ފެތުރެމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޑިމޮކްރެޓް އޮފިޝަލަކު ރިޕަބްލިކަން ކެންޑިޑޭޓަށް ތާއީދުކޮށްފި

މިޝިގަންގެ ސެނެޓް އިންތިޚާބަށް ދެ ދުވަހަށް ވެފައި ވަނިކޮށް، ޑިމޮކްރެޓިކް ޕާޓީގެ އިސް މެންބަރު ހޭލީ ސްޓީވަންސް ވަނީ އަމިއްލަ ޕާޓީގެ ކެންޑިޑޭޓާ އުފެދުނު ޚިޔާލުތަފާތުވުންތަކާ ހުރެ ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއަށް ތާއީދުކުރަން ނިންމާފައެވެ. ސްޓީވަންސްގެ މި ކުއްލި ނިންމުމާ ގުޅިގެން ޑިމޮކްރެޓިކް ޕާޓީގެ ތެރޭގައި ބޮޑު ސިހުމެއް އުފެދިފައިވާއިރު، ބައެއް މެންބަރުން މިކަން ސިފަކުރަނީ ޕާޓީއަށް ވީ ބޮޑު ޚިޔާނާތެއްގެ ގޮތުގައެވެ.

އިންތިހާބު ވަގަށް ނެގީ ގަތަރުން ރާވައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބަށް ބޭރުގެ ނުފޫޒު ފޯރުވި ކަމަށް ބުނެ ނަތަންޔާހޫގެ ޕާޓީން ކުރާ ތުހުމަތުތަކުން އިންތިޚާބުގެ ނަތީޖާއަށް ބަދަލެއް ނާންނާނެ ކަމަށް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. ނަތަންޔާހޫގެ ޕާޓީން ގަތަރާއި އަރަބި ޕާޓީތަކަށް ވޯޓު އޮޅުވާލުމުގެ ތުހުމަތު ކުރާއިރު، ގަތަރާއި އަރަބި ލީޑަރުން ވަނީ އެ ވާހަކަތައް ދޮގުކޮށް އެއީ ސިޔާސީ ނުފޫޒު ފޯރުވުމެއް ކަމަށް ބުނެފައެވެ.

ވޯލް ސްޓްރީޓް ޖާނަލްއާ ދެކޮޅަށް ހުށަހެޅި ދައުވާ ބޭރުކޮށްފި

ޖެފްރީ އެޕްސްޓީންއާ ގުޅުވައި ވޯލް ސްޓްރީޓް ޖާނަލްއިން ޝާއިއުކުރި ރިޕޯޓަކާ ގުޅިގެން ޓްރަމްޕް ހުށަހެޅުއްވި 10 ބިލިއަން ޑޮލަރުގެ އަބުރުގެ ދައުވާ އެމެރިކާގެ ކޯޓަކުން ބޭރުކޮށްލައިފިއެވެ. ފަނޑިޔާރު މި މައްސަލަ ބޭރުކޮށްލެއްވީ ނޫސްވެރިކަމުގެ މިނިވަންކަމާ ފުށުއަރާ ކަމަށް ނިންމަވައި، ދެން ދުވަހަކުވެސް މި މައްސަލަ ހުށަނޭޅޭނެ ގޮތަށެވެ.

ޕަލެސްޓައިން އެކްޝަންއަށް ތާއީދުކޮށް އެއްވި 300 މީހުން ހައްޔަރު

ލަންޑަނުގައި ހުންނަ އެމެރިކާ އެމްބަސީ ކައިރީގައި، މަނާކޮށްފައިވާ "ޕަލެސްޓައިން އެކްޝަން" ގްރޫޕަށް ތާއީދުކޮށް މުޒާހަރާކުރި 300 އަށްވުރެ ގިނަ މީހުން ޓެރަރިޒަމްގެ ގާނޫނުގެ ދަށުން އިނގިރޭސި ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި ޖަމާއަތް މަނާކުރި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގެ ފުރުސަތު ލިބިފައިވާއިރު، އެމްނެސްޓީ އިންޓަނޭޝަނަލް އިން ވަނީ މި ހައްޔަރުކުރުންތަކަށް ފާޑުކިޔައި އެ ގްރޫޕް މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ގޮވާލާފައެވެ.

ގަލްފު ސަރަހައްދުގައި ގަތަރުގެ ތެޔޮ ބޯޓަކަށް ހަމަލާ ދީފި

ގަލްފު ސަރަހައްދުން ދަތުރުކުރި ގަތަރުގެ "އަލް މައިދާ" ނަމަކަށް ކިޔާ ގޭސް ބޯޓަކަށް ހަމަލާއެއް ދީފި އެވެ. މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ އިރު، ބޯޓުގެ އޮޕަރޭޝަންތައް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް ގަތަރު ގޭސް ޓްރާންސްޕޯޓް ކޮމްޕެނީން ބުނެއެވެ. މިއީ އީރާނާއި އެމެރިކާ އަދި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ވިޔަފާރި އުޅަނދުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ތެރެއިން ހިނގި ހާދިސާއެކެވެ.

އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް"ގެ ކަންބޮޑުވުން

އިތުބާރު ހުރި ސަޕްލައި ޗެއިންތަކެއް ބިނާކުރުމަށާއި، މާކެޓް އުސޫލުތަކާ ޚިލާފަށް ކުރިމަތިވާ އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް" އިއްތިހާދުގެ ގައުމުތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މި ބައްދަލުވުމުގައި މިނިވަން އިންޑޯ-ޕެސިފިކް ސަރަހައްދަކަށް ތާއީދުކޮށް، އެ ސަރަހައްދުގެ އޭއައި ޓެކްނޮލޮޖީ ކުރިއެރުވުމަށް 85 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވަނީ އެއްބަސްވެފައެވެ.

ކޮޕް17 ގައި އެއްބަސްވުމަކާ ހަމައަށް، ފައިސާގެ މައްސަލަ ބޮޑު

އަރްމީނިއާގައި ބޭއްވި ކޮޕް17 ކޮންފަރެންސްގައި ދުނިޔޭގެ ދިރުންތަކުގެ ނަސްލު ހިމާޔަތްކުރުމުގެ މަސައްކަތް ވަރުގަދަކުރުމަށް "ޔެރެވަން ޕާތުވޭ" ގެ ނަމުގައި އެއްބަސްވުމެއް އެކުލަވާލައިފިއެވެ. ނަމަވެސް، މި މަސައްކަތްތަކަށް ބޭނުންވާ ފައިސާ ހޯދާނެ ގޮތަކާ މެދު ގައުމުތަކުގެ މެދުގައި އަދިވެސް ވަނީ ގޮތެއް ނުނިންމި ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

Newsletter

Get the latest news delivered straight to your inbox