އިނގިރޭސި ރަސްގެފާނު ޗާލްސް ތަހުތަށް ވެޑުވައިފި

އިނގިރޭސި ރަސްގެފާނު ޗާލްސް ތަހުތަށް ވެޑުވުމުގެ ރަސްމިއްޔާތުގެ ތެރެއިން. -- ފޮޓޯ: އޭއެފްޕީ

އިނގިރޭސި ރަސްގެފާނު ޗާލްސް ތަހުތަށް ވެޑުވުމުގެ ރަސްމިއްޔާތުގެ ތެރެއިން. -- ފޮޓޯ: އޭއެފްޕީ

ލަންޑަން، އިނގިރޭސިވިލާތް (މޭ 6) - ހަތްދިހަ އަހަރަށް ފަހު އިނގިރޭސިވިލާތުގައި ބޭއްވި ތަހުތަށް ވެޑުވުމުގެ ފުރަތަމަ ހަފުލާގައި ރަސްގެފާނު ޗާލްސްގެ އިސްތަށިފުޅުގައި ރަސްމީކޮށް ތާޖު އަޅުއްވައިފި އެވެ.

މިހާރު ރަސްގެފާނު ޗާލްސްއަކީ އިނގިރޭސިވިލާތާއި ކޮމަންވެލްތުގެ 14 ގައުމެއްގެ އެންމެ މަތީ ވެރިޔާ އެވެ. އުމުރުފުޅުން 74 އަހަރުގެ ޗާލްސްއަކީ ތަހުތާ ހަވާލުވެވަޑައިގެންނެވި އެންމެ އުމުރުން ދުވަސްވީ ވެރިޔާ އެވެ.

އޭގެ އިތުރުން އެމަނިކުފާނުގެ އަނބިކަނބަލުން، އުމުރުފުޅުން 75 އަހަރުގެ ކެމީލާ ވެސް ވަނީ ރަސްމީކޮށް ރާނީގެ ގޮތުގައި ކަނޑައަޅައިފަ އެވެ.

ލަންޑަންގެ ވެސްޓްމިންސްޓާ އަބޭގައި ކުރިއަށް ދިޔަ ތާރީހީ ހަފުލާގައި 2،300 އަށް ވުރެ ގިނަ މެހެމާނުން ބައިވެރިވި އިރު، އޭގެ ތެރޭގައި އެކި ގައުމުތަކުގެ ޝާހީ އާއިލާތަކުގެ މެމްބަރުންނާއި ސިޔާސީ ލީޑަރުން ހިމެނެ އެވެ.

ރަސްމިއްޔާތު ނިމުމާ އެކު މުޅި އިނގިރޭސިވިލާތުގައި އުފާ ފާޅުކުރުމުގެ ގޮތުން ބަޑީގެ ސަލާމް ދިނެވެ.

ޝާހީ އާއިލާގެ މެމްބަރުން ހާއްސަ އިއްޒަތުގައި ބަކިންހަމް ޕެލެސްއަށް ވަޑައިގެންނެވުމަށް ފަހު، ގަނޑުވަރުގެ ބެލްކަނީއިން އާއްމުންނަށް މަރުހަބާ ދެންނެވި އެވެ. މޫސުން ގޯސްކޮށް އޮތް ނަމަވެސް، އެތައް ހާސް ބަޔަކު އެ ސަރަހައްދުގައި ކޭމްޕު ހަދައިގެން ތިބޭތާ ދުވަސްތަކެއް ވެއްޖެ އެވެ.

އެހެން ނަމަވެސް، އިނގިރޭސި ރަސްކަމާ ދެކޮޅަށް ވެސް ގިނަ ބަޔަކު އަޑުއުފުލި އެވެ. އެގޮތަށް އަޑުއުފުލި ބައެއް މީހުން ހައްޔަރުކޮށްފައި ވާތީ، އިންސާނީ ހައްގުތަކަށް މަސައްކަތް ގްރޫޕްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޑިމޮކްރެޓް އޮފިޝަލަކު ރިޕަބްލިކަން ކެންޑިޑޭޓަށް ތާއީދުކޮށްފި

މިޝިގަންގެ ސެނެޓް އިންތިޚާބަށް ދެ ދުވަހަށް ވެފައި ވަނިކޮށް، ޑިމޮކްރެޓިކް ޕާޓީގެ އިސް މެންބަރު ހޭލީ ސްޓީވަންސް ވަނީ އަމިއްލަ ޕާޓީގެ ކެންޑިޑޭޓާ އުފެދުނު ޚިޔާލުތަފާތުވުންތަކާ ހުރެ ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއަށް ތާއީދުކުރަން ނިންމާފައެވެ. ސްޓީވަންސްގެ މި ކުއްލި ނިންމުމާ ގުޅިގެން ޑިމޮކްރެޓިކް ޕާޓީގެ ތެރޭގައި ބޮޑު ސިހުމެއް އުފެދިފައިވާއިރު، ބައެއް މެންބަރުން މިކަން ސިފަކުރަނީ ޕާޓީއަށް ވީ ބޮޑު ޚިޔާނާތެއްގެ ގޮތުގައެވެ.

އިންތިހާބު ވަގަށް ނެގީ ގަތަރުން ރާވައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބަށް ބޭރުގެ ނުފޫޒު ފޯރުވި ކަމަށް ބުނެ ނަތަންޔާހޫގެ ޕާޓީން ކުރާ ތުހުމަތުތަކުން އިންތިޚާބުގެ ނަތީޖާއަށް ބަދަލެއް ނާންނާނެ ކަމަށް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. ނަތަންޔާހޫގެ ޕާޓީން ގަތަރާއި އަރަބި ޕާޓީތަކަށް ވޯޓު އޮޅުވާލުމުގެ ތުހުމަތު ކުރާއިރު، ގަތަރާއި އަރަބި ލީޑަރުން ވަނީ އެ ވާހަކަތައް ދޮގުކޮށް އެއީ ސިޔާސީ ނުފޫޒު ފޯރުވުމެއް ކަމަށް ބުނެފައެވެ.

ވޯލް ސްޓްރީޓް ޖާނަލްއާ ދެކޮޅަށް ހުށަހެޅި ދައުވާ ބޭރުކޮށްފި

ޖެފްރީ އެޕްސްޓީންއާ ގުޅުވައި ވޯލް ސްޓްރީޓް ޖާނަލްއިން ޝާއިއުކުރި ރިޕޯޓަކާ ގުޅިގެން ޓްރަމްޕް ހުށަހެޅުއްވި 10 ބިލިއަން ޑޮލަރުގެ އަބުރުގެ ދައުވާ އެމެރިކާގެ ކޯޓަކުން ބޭރުކޮށްލައިފިއެވެ. ފަނޑިޔާރު މި މައްސަލަ ބޭރުކޮށްލެއްވީ ނޫސްވެރިކަމުގެ މިނިވަންކަމާ ފުށުއަރާ ކަމަށް ނިންމަވައި، ދެން ދުވަހަކުވެސް މި މައްސަލަ ހުށަނޭޅޭނެ ގޮތަށެވެ.

ޕަލެސްޓައިން އެކްޝަންއަށް ތާއީދުކޮށް އެއްވި 300 މީހުން ހައްޔަރު

ލަންޑަނުގައި ހުންނަ އެމެރިކާ އެމްބަސީ ކައިރީގައި، މަނާކޮށްފައިވާ "ޕަލެސްޓައިން އެކްޝަން" ގްރޫޕަށް ތާއީދުކޮށް މުޒާހަރާކުރި 300 އަށްވުރެ ގިނަ މީހުން ޓެރަރިޒަމްގެ ގާނޫނުގެ ދަށުން އިނގިރޭސި ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި ޖަމާއަތް މަނާކުރި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގެ ފުރުސަތު ލިބިފައިވާއިރު، އެމްނެސްޓީ އިންޓަނޭޝަނަލް އިން ވަނީ މި ހައްޔަރުކުރުންތަކަށް ފާޑުކިޔައި އެ ގްރޫޕް މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ގޮވާލާފައެވެ.

ގަލްފު ސަރަހައްދުގައި ގަތަރުގެ ތެޔޮ ބޯޓަކަށް ހަމަލާ ދީފި

ގަލްފު ސަރަހައްދުން ދަތުރުކުރި ގަތަރުގެ "އަލް މައިދާ" ނަމަކަށް ކިޔާ ގޭސް ބޯޓަކަށް ހަމަލާއެއް ދީފި އެވެ. މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ އިރު، ބޯޓުގެ އޮޕަރޭޝަންތައް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް ގަތަރު ގޭސް ޓްރާންސްޕޯޓް ކޮމްޕެނީން ބުނެއެވެ. މިއީ އީރާނާއި އެމެރިކާ އަދި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ވިޔަފާރި އުޅަނދުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ތެރެއިން ހިނގި ހާދިސާއެކެވެ.

އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް"ގެ ކަންބޮޑުވުން

އިތުބާރު ހުރި ސަޕްލައި ޗެއިންތަކެއް ބިނާކުރުމަށާއި، މާކެޓް އުސޫލުތަކާ ޚިލާފަށް ކުރިމަތިވާ އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް" އިއްތިހާދުގެ ގައުމުތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މި ބައްދަލުވުމުގައި މިނިވަން އިންޑޯ-ޕެސިފިކް ސަރަހައްދަކަށް ތާއީދުކޮށް، އެ ސަރަހައްދުގެ އޭއައި ޓެކްނޮލޮޖީ ކުރިއެރުވުމަށް 85 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވަނީ އެއްބަސްވެފައެވެ.

ކޮޕް17 ގައި އެއްބަސްވުމަކާ ހަމައަށް، ފައިސާގެ މައްސަލަ ބޮޑު

އަރްމީނިއާގައި ބޭއްވި ކޮޕް17 ކޮންފަރެންސްގައި ދުނިޔޭގެ ދިރުންތަކުގެ ނަސްލު ހިމާޔަތްކުރުމުގެ މަސައްކަތް ވަރުގަދަކުރުމަށް "ޔެރެވަން ޕާތުވޭ" ގެ ނަމުގައި އެއްބަސްވުމެއް އެކުލަވާލައިފިއެވެ. ނަމަވެސް، މި މަސައްކަތްތަކަށް ބޭނުންވާ ފައިސާ ހޯދާނެ ގޮތަކާ މެދު ގައުމުތަކުގެ މެދުގައި އަދިވެސް ވަނީ ގޮތެއް ނުނިންމި ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

Newsletter

Get the latest news delivered straight to your inbox