އަލް ހިލާލް ބަލިކޮށް އުރާވާ އިން އޭއެފްސީ ޗެމްޕިއަންސް ލީގު ތަށި އުފުލާލައިފި

May 7, 2023, 4:18 AM
އަލް ހިލާލް ބަލިކޮށް އުރާވާ އިން އޭއެފްސީ ޗެމްޕިއަންސް ލީގު ތަށި އުފުލާލައިފި

ސައިޓާމާ، ޖަޕާން (މެއި 7) - އޭއެފްސީ ޗެމްޕިއަންސް ލީގުގެ ފައިނަލްގެ ދެ ވަނަ ލެގުގައި އިއްޔެ ސައުދީ އަރަބިއްޔާގެ އަލް ހިލާލް އަތުން 1-0 އިން މޮޅުވެ، ޖަޕާންގެ އުރާވާ ރެޑްސް އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

އުރާވާގެ ދަނޑުގައި ކުޅުނު މެޗުން އެ ޓީމު މޮޅުވީ މެޗުގެ ދެ ވަނަ ހާފުގެ ކުރީކޮޅު އަލް ހިލާލްގެ އަންދްރޭ ކަރީލޯ އަތުން ބައިކޮޅަށް ވަތް ލަނޑަކުންނެވެ.

ސައުދީ އަރަބިއްޔާގައި މިދިޔަ ހަފުތާ ކުޅުނު ފުރަތަމަ ލެގުގެ މެޗު 1-1 އިން އެއްވަރުވުމާ އެކު، އުރާވާ އަށް ތަށި ލިބުނީ 2-1 ގެ އެގްރިގޭޓް ނަތީޖާއަކުން ކުރި ލިބުމުންނެވެ.

މިއީ އޭއެފްސީ ޗެމްޕިއަންސް ލީގުގެ ތަށި އުރާވާ އިން ކާމިޔާބުކުރި ތިން ވަނަ ފަހަރެވެ.

އުރާވާގެ ދަނޑުގައި އެ ޓީމުގެ 50،000 ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު ފައިނަލްގެ ދެ ވަނަ ލެގުގެ ފުރަތަމަ ހާފުގައި އަލް ހިލާލް އިން އެ ޓީމަށް ޕްރެޝަރުކުރި އެވެ. މިދިޔަ އަހަރުގެ ޗެމްޕިއަން އަލް ހިލާލް އިން މަސައްކަތްކުރީ ހަތަރު ސީޒަންގެ ތެރޭގައި ތިން ވަނަ ވަނަ ފަހަރަށް އޭއެފްސީ ޗެމްޕިއަންސް ލީގުގެ ތަށި ހޯދުމަށެވެ.

އެކަމަކު، މެޗުގެ 48 ވަނަ މިނިޓުގައި އުރާވާ ކޮޅަށް މެޗު އެނބުރުނީ އެ ޓީމުގެ މާރިއަސް ހޮއީބްރާޓަން ބޮލުން ފޮނުވާލި ބޯޅައެއް އަލް ހިލާލްގެ ކަރީލޯ އަތުން ބައިކޮޅަށް ވަނުމުންނެވެ.

އޭއެފްސީ ޗެމްޕިއަންސް ލީގުގެ ފައިނަލް މި ކުޅުނީ މުބާރާތް ފެށިތާ އަހަރަކަށް ވުރެ ގިނަ ދުވަސް ފަހުންނެވެ. ފީފާ ވޯލްޑް ކަޕާއި ކޮވިޑްގެ ސަބަބުން ދަތުރުފަތުރުތައް ކުރުމުގައި ހުރި ދަތިތަކާ ގުޅިގެން، މި މުބާރާތް އަހަރަކަށްވުރެ ގިނަ ދުވަހަށް ދިގުދެމިގެން ދިޔައީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox