މެސީ ސަސްޕެންޑްކުރުމަކީ އަހަރެންގެ ނިންމުމެއް ނޫން: ގަލްޓިއޭ

May 7, 2023, 4:16 AM
މެސީ ސަސްޕެންޑްކުރުމަކީ އަހަރެންގެ ނިންމުމެއް ނޫން: ގަލްޓިއޭ

ޕެރިސް (މެއި 7) - ޕީއެސްޖީ އަށް ކުޅެމުންދާ އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ ސަސްޕެންޑްކުރުމަށް އެ ކްލަބުން ނިންމިއިރު، އެކަމަކުގައި އެއްވެސް ދައުރެއް ނެތް ކަމަށް ޕީއެސްޖީގެ ކޯޗު ކްރިސްޓޮފް ގަލްޓިއޭ ބުނެފިއެވެ.

ޕީއެސްޖީން މެސީ ސަސްޕެންޑްކުރީ ހޯމަ ދުވަހު އޮތް ކްލަބުގެ ޓްރެއިނިން އަށް ހާޒިރުނުވެ، ކްލަބުގެ ހުއްދަ ނުހޯދައި ސައޫދީ އަރަބިއްޔާ އަށް ކުރި ދަތުރަކާ ގުޅިގެންނެވެ. މެސީ ސައުދީ އަށް ދިޔައީ ސައުދީގެ ޓޫރިޒަމް އެމްބެސަޑަރެއްގެ ގޮތުގައި ކުރަންޖެހޭ ދަތުރެއްގަ އެވެ. މެސީ ވަނީ މި ކަމާ ގުޅިގެން އިއްޔެ މާފަށް ވެސް އެދިފަ އެވެ.

މިކަމާ ގުޅިގެން، ޕީއެސްޖީގެ ކޯޗު ގަލްޓިއޭއާ ހުކުރު ދުވަހު ނޫސްވެރިން ގިނަ ސުވާލުތަކެއް ކުރި ނަމަވެސް، އެ ސުވާލުތަކަށް އޭނާ ޖަވާބުދޭން ބޭނުމެއް ނުވި އެވެ. ގަލްޓިއޭ ބުނީ މެސީ ސަސްޕެންޑްކުރުމަކީ މެނޭޖްމަންޓްގެ ނިންމުމެއް ކަމަށާއި އޭނާގެ އެއްވެސް ދައުރެއް އެ ނިންމުމުގައި ނެތް ކަމަށެވެ.

"މެނޭޖްމަންޓް އިން އަހަންނަށް އެންގީ މެސީ ސަސްޕެންޑްކުރަން ނިންމާފައިވާކަން. އަހަންނަކީ ވެސް ޕީއެސްޖީން މުސާރަ ދޭ މުވައްޒަފަކަށް ވާތީ އެކަމާ ގުޅޭގޮތުން އިތުރު ވާހަކައެއް ދައްކަން އަހަރެން ބޭނުމެއް ނުވޭ،" ގަލްޓިއޭ ބުންޏެވެ.

"މިއީ އަހަރެންގެ ނިންމުމެއް ނޫން. މެނޭޖްމަންޓް އިން ގޮތް ނިންމާފައި އަހަންނަށް އެންގީ،"

މީޑިއާ ރިޕޯޓްތަކުން ބުނާގޮތުގައި ޕީއެސްޖީގެ ފަރިތަކުރުންތަކުގައި ވެސް ބައިވެރިނުވެވޭ ގޮތަށް އެ ކްލަބުން މެސީ ސަސްޕެންޑްކުރީ ދެ ހަފުތާގެ މުއްދަތަކަށެވެ. އެކަމަކު، ސަސްޕެންޝަންގެ މުއްދަތު ކަށަވަރެއް ނުވެ އެވެ.

ފްރާންސް ލީގުގައި އާދިއްތަ ދުވަހު ޓްރޯއިސްއާ ދެކޮޅަށް ކުޅޭ މެޗުގައި މެސީ ނުފެންނާނެ އެވެ. މި މެޗަށް ފަހު ސީޒަންގައި ޕީއެސްޖީ އަށް އޮތީ ހަތަރު މެޗެވެ. ޕީއެސްޖީއާ އެކު މެސީ ހަދާފައިވާ ކޮންޓުރެކްޓް ޖޫން މަހު ހަމަވާނެ އެވެ.

ޕީއެސްޖީ އަށް ދެން މެސީ ކުޅުމުގެ ފުރުސަތު އޮތްތޯ ނޫސްވެރިން ސުވާލުކުރުމުން ގަލްޓިއޭ ބުނީ އޭނާ އަށް އެއްޗެއް ބުނެވޭނީ މެސީ އެނބުރި އައުމުން ކަމަށެވެ.

"މެސީ އެނބުރި އައީމަ އަހަންނަށް އެއްޗެއް ބުނަން އެނގޭނީ. ކްލަބާއެކު ވެސް މި ކަމާ ވާހަކަދައްކަންޖެހޭ. އެކަމަކު އެންމެ މުހިންމީ މެސީ. އޭނައާ ވެސް މި ކަމުގައި ވާހަކަ ދައްކަންޖެހޭ،" ގަލްޓިއޭ ބުންޏެވެ.

މެސީގެ ސޮއި ހޯދަން ބާސެލޯނާ އާއި ސައުދީ އަރަބިއްޔާ އަދި އިޓަލީގެ ކްލަބްތަކުން މަސައްކަތް ކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox