ޗެލްސީ ބަލިކޮށް އާސެނަލް ލީގުގެ އެއް ވަނަ އަށް

May 3, 2023, 2:24 AM
ޗެލްސީ ބަލިކޮށް އާސެނަލް ލީގުގެ އެއް ވަނަ އަށް

ލަންޑަން (މެއި 3) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީ 3-1 އިން ބަލިކޮށް، އާސެނަލް އިން އަލުން ލީގުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.

ދެ ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް ވުރެ ދެ މެޗު އިތުރަށް ކުޅެގެން އާސެނަލް އެއް ވަަނަ އަށް އެރީ 34 މެޗުން 78 ޕޮއިންޓް ހޯދައިގެންނެވެ. ސިޓީ އަށް 32 މެޗުން ލިބިފައިވަނީ 76 ޕޮއިންޓެވެ. ލީގުގައި މިރޭ ވެސްޓް ހޭމް އަތުން މޮޅުވެގެން، ސިޓީ އަށް އަލުން އެއް ވަނަ އަށް އެރޭނެ އެވެ.

އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި އާސެނަލް އިން ވަނީ 34 މިނިޓް ތެރޭ ތިން ގޯލު ޖަހައިފަ އެވެ. އާސެނަލަށް ފުރަަތަަމަ ދެ ގޯލު ޖަހައިިދިނީ ޓީމުގެ ކެޕްޓަން މާޓިން އޮޑެގާޑް އެވެ. ދެ ގޯލަކީ ވެސް ދާދި އެއް ކަހަލަ ގޮތަކަށް ޖެހި ލަނޑުުތަކެކެވެ. އޭރިއާ ރޮނގުކައިރިން ލިބުނު ފުރުސަތުތައް އޮޑެގާޑް ވަނީ ވާތު ފައިން ހަމަޖެހިލައިފައި ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ. މި ގޯލުތަކާ އެކު، އޮޑެގާޑް މި ފަހަރު ލީގުގައި ޖެހި ގޯލުގެ އަދަދު ވަނީ 14 އަށް އަރައިފަ އެވެ.

Advertisement

މެޗުގައި އާސެނަލްގެ ތިން ވަނަ ލަނޑު ޖެހީ 34 ވަަނަ މިނިޓްގައި ގަބްރިއެލް ޖީސޫސް އެވެ. މިއީ ޗެލްސީގެ އޭރިއާތެރެއިން އެ ޓީމުގެ ޑިފެންޑަރުންނަށް ސަލާމަތް ނުކުރެވިދިޔަ ބޯޅައެއް ހޯދައި، ޖީސޫސް ޖެހި ގޯލެކެެވެ.

ފުރަތަމަ ހާފުގައި ޗެލްސީގެ ބެން ޗިލްވެލް އަށް ގޯލު ޖަހަން ހުސްކޮށް ލިބުނު ފުރުސަތު ބޭނުން ނުކުރެވިދިޔައިރު، ދެ ވަނަ ހާފުގައި އެ ޓީމުން ލަނޑެއް ޖެހި އެވެ. މި ގޯލު ޖެހީ ނޯނީ މަޑުއޭކޭ އެވެ. މަޓެއޯ ކޮވަސިޗް ދިން ބޯޅައަށް އަރަައި، މަޑުއޭކޭ ވަނީ ގޯލުގެ ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ. މިއީ ޖެނުއަރީ މަހު، ފެޔަނޫޑް ދޫކޮށް ޗެލްސީ އަށް ބަދަލުވި މަޑުއޭކޭ އެ ޓީމަށް ޖަހައިދިން ފުރަތަމަ ގޯލެވެ.

އިތުރު ގޯލެއް ނުޖެހި، ޗެލްސީ މި މެޗުން ބަލިވިއިރު، އެ ޓީމުގެ ކޯޗުކަމާ ފްރޭންކް ލަމްޕާޑް ހަވާލުވި ފަހުން ކުޅުނު ހަ މެޗުން ވެސް ވަނީ ބަލިވެފަ އެވެ. ޗެލްސީ ލީގުގެ 12 ވަނައިގައި އޮތީ 33 މެޗުން 39 ޕޮއިންޓާ އެކު އެވެ. ޗެލްސީ މެޗަކުން މޮޅެއް ނުލިބި މިހާރު މި ވަނީ ނުވަ މެޗު ނިންމާލަން ޖެހިފަ އެވެ.

ރޭގެ މެޗަށް ފަހު ލަމްޕާޑް ބުނީ މިއީ ވަރަށް އުނދަގޫ ދަނޑިވަޅެއް ކަމަށާއި ރަނގަޅަށް ކަންކަން ކުރަން ބެލިޔަސް ގިނަ ކަންކަން ދަނީ ގޯސްކޮށް ކަމަށެވެ. އާސެނަލްގެ ކޯޗު އާޓެޓާ ބުނީ މެޗުގެ 60 މިނިޓަށް ބަލާއިރު ވަރަށް މޮޅަށް އެ ޓީމު ކުޅުނު ކަމަށާއި އެކަމަކު، ފަހުން ދިޔައީ ބޭނުންވި ގޮތަށް ނޫން ކަމަށެވެ. އެހެން ނަމަވެސް މެޗުން މޮޅުވެ، އަލުން ލީގު ތާވަލުގެ ކުރިއަށް ދެވުމަކީ ހިތްހަމަޖެހުމެއް ކަމަށް އާޓެޓާ ވަނީ ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިޔެކިޔުންތައް ދޭން ޔުއެފާ އިން އިންފަންޓީނޯ އަށް މުހުލަތެއް

ފީފާގެ ލީޑަޝިޕާ ގުޅޭ މައްސަލަ ބޮޑުވެފައިވާ ލިޔެކިޔުންތައް އާންމުކުރުމަށް ޔުއެފާ އިން ފީފާގެ ރައީސް އިންފަންޓީނޯ އަށް ދެ ހަފްތާގެ މުހުލަތެއް ދީ، އެމެރިކާގެ ކޯޓަކަށް މައްސަލަ ހުށަހަޅައިފިއެވެ. މީގެ ތެރޭގައި ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލުމުގެ މުއާމަލާތްތަކާއި، ބައެއް އެވޯޑްތައް ދިނުމުގައި އަމަލުކުރި ގޮތުގެ ތަފްސީލު ހޯދުމަށް ޔުއެފާ އިން ވަނީ ގޮވާލާފައެވެ.

ރޮނާލްޑޯ އަށް 30 ދުވަހުގެ ސަސްޕެންޝަނަކާއި ޖޫރިމަނާއެއް

ޕޯޗުގަލް ގައުމީ ޓީމުގެ ކޭމްޕް އަމިއްލައަށް ދޫކޮށްދިޔަ މައްސަލައިގައި، ކްރިސްޓިއާނޯ ރޮނާލްޑޯ، 30 ދުވަހަށް ސަސްޕެންޑްކޮށް 285 ޑޮލަރުން ޖޫރިމަނާކުރުމަށް އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ނިންމައިފައި. ނަމަވެސް މި ސަސްޕެންޝަނުގެ ސަބަބުން އަންނަ މަހު އޮންނަ ބައިނަލްއަގުވާމީ މެޗުތަކުގައި އޭނާ ކުޅުމަކަށް ހުރަހެއް ނެތް ކަމަށް ބެލެވޭ

ފިނޮޅު ކައިރިން ވެލާ އިން ތަފާތު ބޮޑުކޮށް ނަތީޖާ އަނބުރާލައިފި

ރިސޯޓް ސުޕަ ލީގުގައި ވެލާ ޕްރައިވެޓް އައިލެންޑުން ފިނޮޅު އަތުން 10-1 ގެ ބޮޑު ތަފާތަކުން މޮޅުވެ، 12-4 ގެ އެގްރިގޭޓް ނަތީޖާއަކުން ކުރިހޯދައިފި. މީގެ އިތުރުން ސަން ސިޔާމް އޮޅުވެލި ވެސް ވަނީ ބަރޮސް ބަލިކޮށް ކުރިހޯދާފައިވާއިރު، މުބާރާތުގެ ފައިނަލަށް ސީދާ ހޮވޭނީ އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމު

ދިވެހި ޕްރިމިއާ ލީގުގެ ފެންވަރަށް ރަނގަޅު ބަދަލު އާދޭ: ޓްރުޗާ

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ 10 ޓީމުން ވެސް ކަންކަން ރަނގަޅުކުރަން މަސައްކަތް ކުރާތީ ލީގުގެ ފެންވަރު މަތިވަމުން އަންނަކަން މާޒިޔާގެ ކޯޗު ޓްރުޗާ ފާހަގަކޮށްފި. ބިދޭސީ ކުޅުންތެރިންނާއި ކޯޗުންގެ ސަބަބުން ޓީމުތަކުގެ ކުޅުމަށް ކުރިއެރުން ލިބެމުންދާއިރު، ލީގުގެ ފެންވަރު އިތުރަށް ފުރިހަމަވާނީ ގިނަ އަދަދެއްގެ ސަޕޯޓަރުން ދަނޑަށް ހާޒިރުވެގެން ކަމަށް ބުނި

އިންޑޯ ކޮމްޕްލެކްސްތަކުން ޖާގައިގެ ދަތިތަކަށް ހައްލުލިބޭނެ

ހުޅުމާލެ އާއި ވިލިމާލޭގައި ގާއިމްކުރާ އިންޑޯ ކޮމްޕްލެކްސްތަކުގެ ސަބަބުން ކުޅިވަރު ކުޅޭނެ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެ. މީގެ އިތުރުން މާލޭ ހޭންޑްބޯޅަ ކޯޓު ހިޔާކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ނިމި، މުބާރާތްތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށް މަގުފަހިވާނެ ކަމަށް ވިދާޅުވި

ރިވައިވަލް އިން ޔޫރަޕްގެ ތިން މުބާރާތެއްގައި ވާދަކުރަނީ

ބީޑަބްލިއުއެފް އިން ރުހުން ދީފައިވާ ޔޫރަޕްގެ ތިން ބެޑްމިންޓަން މުބާރާތެއްގައި ވާދަކުރުމަށް ރިވައިވަލް ސްޕޯޓްސް އާއި ގައުމީ ސްކޮޑުގެ ފަސް ކުޅުންތެރިން ތައްޔާރުވެއްޖެ. މި މަހާއި އަންނަ މަހު ގްރީސް، ހަންގޭރީ އަދި ނޯވޭގައި ބާއްވާ މި މުބާރާތްތަކަކީ ރިވައިވަލް އިން މިއަހަރު ޔޫރަޕްގައި ކުރިއަށްގެންދާ ދެ ވަނަ ޓުއާ

އެމްބާޕޭގެ ދެ ގޯލާ އެކު ރެއާލުން ސެވިއްޔާ ބަލިކޮށްފި

ސްޕެނިޝް ލީގުގައި ރޭ ކީލިއަން އެމްބާޕޭ ކާމިޔާބުކުރި ދެ ގޯލާއެކު 4-1 އިން ސެވިއްޔާ ބަލިކޮށް، ރެއާލް މެޑްރިޑް ތާވަލުގެ ތިން ވަނަ އަށް ޖެހިލައިފި. ރެއާލްގެ އަނެއް ދެ ލަނޑު އާޑާ ގުލާ އާއި ޑިއޮމަންޑޭ ޖަހައިދިންއިރު، މި މޮޅާއެކު އެޓީމަށް ވަނީ ކުޅުނު ނުވަ މެޗުން 21 ޕޮއިންޓް ލިބިފައި.

Newsletter

Get the latest news delivered straight to your inbox