މެދުކަނޑާލިތާ ދެ އަހަރު ފާއިތުވިއިރު ވެސް ބޭރު ފައިސާ ގަނެވިއްކުމުގެ ހުއްދަ ދޫކުރަން ނުފަށާ

އެމްއެމްއޭގެ އޮފީސް އިމާރާތަށް މީހަކު ވަންނަނީ: ބޭރު ފައިސާ ގަނެވިއްކުމުގެ ހުއްދަ ދޫކުރަނީ 1987 ގެ ގަވާއިދެއްގެ ދަށުން -- ފޮޓޯ: އަދަދު ފައިލް

އެމްއެމްއޭގެ އޮފީސް އިމާރާތަށް މީހަކު ވަންނަނީ: ބޭރު ފައިސާ ގަނެވިއްކުމުގެ ހުއްދަ ދޫކުރަނީ 1987 ގެ ގަވާއިދެއްގެ ދަށުން -- ފޮޓޯ: އަދަދު ފައިލް

ބޭރު ފައިސާ ގަނެވިއްކުމުގެ ހުއްދަ ދޫކުރުން މެދުކަނޑާލިތާ ދެ އަހަރަށްވުރެ ގިނަ ދުވަސް ފާއިތުވިއިރުވެސް އެ ހުއްދަ އަލުން ދޫކުރަން ނުފަށާ ކަމަށް މޯލްޑިވްސް މަނެޓަރީ އޮތޯރިޓީން މިއަދު ބުނެފި އެވެ.

އާބާދީއާ އަޅާބަލާއިރު ގިނަ ވިޔަފާރިތަކަށް ބޭރު ފައިސާ ގަނެވިއްކުމުގެ ހުއްދަ ދޫކޮށްފައިވާ ކަމަށް ބުނެ އެ ހުއްދަ އިތުރަށް ދޫކުރުން އެމްއެމްއޭއިން މެދުކަނޑާލީ އޮކްޓޯބަރު 15، 2020 ގަ އެވެ.

އޭގެ ފަހުން މި ނޫހުން ސުވާލު ކުރުމުން ޖެނުއަރީ، 2022، ގައި އެމްއެމްއޭއިން ބުނީ ބޭރު ފައިސާ ގަނެވިއްކުމުގެ ހުއްދަ އަލުން ދޫކުރަން ފަށާނެ ކަމަށާއި ހުއްދަ ދޫކުރާނީ އެކަމަށް ތައްޔާރުކޮށްފައިވާ އުސޫލު އިސްލާހު ކުރުމަށްފަހު ކަމަށެވެ.

Advertisement

އެކަމާ ގުޅޭ ގޮތުން މި ނޫހުން މިއަދު އަނެއްކާ ސުވާލު ކުރުމުން އެމްއެމްއޭއިން މިހާތަނަށް ޖަވާބެއް ނުދެ އެވެ.

ވިޔަފާރިތަކަށް އެމްއެމްއޭއިން ދޫކުރާ ބޭރު ފައިސާ ގަނެވިއްކުމުގެ ހުއްދަ ދޫކުރަނީ 1987 ވަނަ އަހަރު އެކުލަވާލާފައިވާ ގަވާއިދެއްގެ ދަށުންނެވެ. ޖުމްލަ އަށް މާއްދާގެ މައްޗަށް އެކުލަވާލާފައިވާ އެ ގަވާއިދުގައި، ބޭރު ފައިސާ ގަނެވިއްކުމުގެ ހުއްދަ ދޫކުރުން މެދުކަނޑާލެވޭނެ އުސޫލެއް ބަޔާންކޮށްފައެއްނުވެ އެވެ.

ބޭރު ފައިސާ ގަނެވިއްކުމުގެ ހުއްދަ އެކަށީގެންވާ އަދަދެއްގެ ވިޔަފާރިތަކަށް ދީފައިވާ ކަމަށް ބުނާއިރު އެމްއެމްއޭގެ ވެބްސައިޓުން ފެންނަ ގޮތުގައި އެ ހުއްދަ ދޫކޮށްފައި ވަނީ 248 ވިޔަފާރިއަށެވެ. އޭގެ ތެރޭގައި ރިސޯޓުތައް ވަރަށް ގިނަ އެވެ.

ބޭރު ފައިސާ ގަނެވިއްކުމުގެ ހުއްދަ ދޫކުރުން މެދުކަނޑާލާފައިވާއިރު އެކި މައްސަލަޖެހިގެން އެ ހުއްދަ ބާތިލް ކުރަންޖެހޭ ފަރާތްތަކުގެ ހުއްދަ މަރުކަޒީ ބޭންކުން ދަނީ ބާތިލް ކުރަމުންނެވެ. އެގޮތުން ނޮވެމްބަރު، 2022 ގައި ވެސް 15 ވިޔަފާރިއަކަށް ދޫކޮށްފައި އޮތް ބޭރު ފައިސާ ގަނެވިއްކުމުގެ ހުއްދަ އެމްއެމްއޭއިން ބާތިލުކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސަލަފުން މުއިއްޒުއާ ބައްދަލުކޮށްފި

ރަސްމާލެއިން ބޮޑު ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން އާންމުންގެ ކަންބޮޑުވުން އޮތް ނަމަވެސް، ޖަމިއްޔަތުއް ސަލަފުގެ އިސްވެރިން ރައީސް މުއިއްޒުއާ ބައްދަލުކުރައްވައި އެކަމުގައި އެއްވެސް ކަންބޮޑުވުމެއް ފާޅުކޮށްފައެއް ނުވެއެވެ. މި މަޝްރޫއު ދިރާސާކުރަމުންދާ ކަމަށް ކުރިން ބުނި ނަމަވެސް، ގައުމީ މިފަދަ ބޮޑު ކަމެއްގައި އެ ޖަމިއްޔާއިން ހަނު އޮތުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

މާރީ ބިސްކޯދު އުފެއްދުން ހުއްޓާލަނީ

މެލޭޝިއާގެ މަޝްހޫރު "ލީ ބިސްކަޓްސް" ކުންފުނިން 92 އަހަރަށްފަހު ބިސްކޯދު އުފެއްދުން މިއަހަރުގެ އޮކްޓޫބަރު މަހު އެއްކޮށް ހުއްޓާލަން ނިންމައިފިއެވެ. މި ނިންމުމަކީ ކުންފުނީގެ ވިޔަފާރި އަލުން ތަރުތީބުކޮށް، ރަބަރާއި ޕާމް އޮއިލް ފަދަ އަސާސީ ވިޔަފާރިތަކަށް އިސްކަންދިނުމަށް ނިންމި ނިންމުމެކެވެ. ފެކްޓްރީ ބަންދުކުރުމާ ގުޅިގެން 300 އެއްހާ މުވައްޒަފުންގެ ވަޒީފާ ގެއްލޭއިރު، ދެން މި ބިސްކޯދު ލިބެން ހުންނާނީ ބާޒާރުގައި މިހާރު ހުރި ސްޓޮކް ހުސްވަންދެނެވެ.

ރަސްމާލެ ވިއްކާލުމާ ދެކޮޅު ހަރަކާތަށް އެމްސީސީން އެއްބާރުލުންދެނީ

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ކުރިއަށްގެންދާ "ދިވެހީންގެ ބިން ދިވެހީންނަށް" ހަރަކާތަށް މާލެ ސިޓީ ކައުންސިލުން ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ދީފައިވާ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ. މި ހަރަކާތަކީ ރަސްމާލެއިން ހިއްކާ ބިން ބޭރުގެ ކުންފުންޏަކަށް 99 އަހަރަށް ދިނުމާ ދެކޮޅަށް ސިޔާސީ އެކި ފަރާތްތައް ގުޅިގެން ފަށާފައިވާ ގައުމީ ހަރަކާތެކެވެ.

މުސާރަ ބޮޑުކުރާ ނިންމުން އަނބުރާ ގެންދަން ގޮވާލައިފި

މަޖިލިސް ރައީސާއި ވަޒީރުންގެ މުސާރަ ބޮޑުކުރަން މާލިއްޔަތު ކޮމިޓީން ނިންމި ނިންމުން އަނބުރާ ގެންދިއުމަށް އެމްޑީޕީ ޕީޖީ ގްރޫޕުން ވަނީ ގޮވާލާފައެވެ. އެ ޕާޓީން ބުނާ ގޮތުގައި މި ނިންމުމުގެ ސަބަބުން ދައުލަތުގެ ބަޖެޓުން 40 މިލިއަން ރުފިޔާ އިތުރަށް ހަރަދުވާނެތީ، އަމިއްލަ މަންފާއަށްވުރެ ރައްޔިތުންނަށް މުހިންމު ކަންކަމަށް އިސްކަންދޭންޖެހެއެވެ.

ުހުވަދޫ ރޭޕް މައްސަލައިގައި ހައްޔަރުކުރީ ތިނަދޫ ވެމްކޯ މެނޭޖަރު

ހުވަދޫގައި ހިނގި ރޭޕްގެ މައްސަލައާ ގުޅިގެން ހައްޔަރުކުރި ނުވަ މީހުންގެ ތެރޭގައި ތިނަދޫ ސިޓީގެ ވެމްކޯ މެނޭޖަރު އަލީ ހުޒާމް ސައީދު ހިމެނޭއިރު، އޭނާގެ ބަންދަށް ކޯޓުން ވަނީ 90 ދުވަސް ޖަހާފައެވެ.

ހުވަދޫ ރޭޕްގެ މައްސަލައިގައި ހައްޔަރުކުރި ނުވަ މީހުން ބަންދަށް

ހުވަދޫ އަތޮޅުގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި ނުވަ މީހުންގެ ބަންދަށް ކޯޓުން މުއްދަތު ޖަހައިފިއެވެ. މީގެ ތެރެއިން ދެ މީހަކު 90 ދުވަހަށް ބަންދުކޮށްފައިވާއިރު، ބާކީ ތިބި މީހުން 5 ދުވަހާއި 30 ދުވަހާ ދެމެދުގެ މުއްދަތުތަކަށް ވަނީ ބަންދުކޮށްފައެވެ. މި މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންގެ ހާއްސަ ޓީމެއް އެ ރަށުގައި މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.

"އަކުރު ޓައިޕް" އަށް މޯލްޑިވްސް އެކްސްޕޯގައި ދެ އެވޯޑެއް

މޯލްޑިވްސް އެކްސްޕޯ 2026 ގައި "އަކުރު ޓައިޕް" އިން އައިސީޓީ ދާއިރާއިން ދެ އެވޯޑެއް ހާސިލްކޮށް ބޮޑު ކާމިޔާބީއެއް ހޯދައިފިއެވެ. މީގެ ތެރޭގައި "އަދަރ އިނޮވޭޝަންސް އިން ޓެކް" އިން އެއްވަނަ އަދި މުޅި އައިސީޓީ ކެޓަގަރީން ތިންވަނަ ހިމެނެއެވެ. ދިވެހި ފޮންޓުތައް އެއްތަނަކުން ލިބޭ މި ޕްލެޓްފޯމުގެ އުފެއްދުންތައް ނޮވެމްބަރު 4 ގެ ނިޔަލަށް އެކްސްޕޯގެ ޑިޖިޓަލް ޕެވިލިއަންއިން ފެންނާނެއެވެ.

Newsletter

Get the latest news delivered straight to your inbox