ޗެލްސީގެ ހާލަތު ގޯހުން ގޯހަށް! މުސާރަތައް ވެސް ކުޑަކުރަނީ!

May 2, 2023, 5:32 AM
ޗެލްސީގެ ހާލަތު ގޯހުން ގޯހަށް! މުސާރަތައް ވެސް ކުޑަކުރަނީ!

ލަންޑަން (މެއި 2) - އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގުގެ ޖާގައެއް ޗެލްސީ އަށް ލިބޭނެކަމުގެ ފުރުސަތު ގެއްލި ޓީމުގެ ނަތީޖާތައް ގޯސްވުމުގެ ސަބަބުން ކުޅުންތެރިންގެ މުސާރަތައް ކުޑަކުރަން އެ ކުލަބުން ނިންމައިފި އެވެ.

އިނގިރޭސި ގަދަ ބާރު ޗެލްސީ އަށް އުނދަގޫ ހާލަތެއް ދިމާވެފައިވާ މި ދަނޑިވަޅަކީ އެ ކުލަބާ އެމެރިކާގެ މަހުޖަނު، ޓޮޑް ބޯލީ ހަވާލުވެ، ކުލަބު ހިންގުމަށް ބަދަލުތަކެއް ގެންނަން މަސައްކަތްކުރާ ދަނޑިވަޅެކެވެ. ބޯލީ، އިނގިރޭސި ކުލަބް، ޗެލްސީ 2022 ވަނަ އަހަރުގެ މެއި މަހު ގަތުމަށް ފަހު ބޮޑު ހޭދައެއް ވަނީ ކުލަބަށް ކޮށްފަ އެވެ.

އެ ގޮތުން، 5.25 މިލިއަން ޑޮލަރަށް ޗެލްސީ ގަތް، ބޯލީ، ވަނީ އެ ޓީމު ގަތުމަށް ފަހު ދުނިޔޭގެ އެންމެ ވަރުގަދަ ޓީމަށް ޗެލްސީ ހަދާނެ ކަމަށް އިއުލާނުކޮށްފަ އެވެ. އޭގެ ފަހުން، އޭނާ ވަނީ ޓްރާންސްފާ މާކެޓުގައިވެސް ބޮޑު ހޭދައެއް ކޮށްފަ އެވެ. އެ ގޮތުން ކުޅުންތެރިން ގަތުމަށް މިދިޔަ ޖެނުއަރީ ޓްރާންސްފާގައި އެކަނިވެސް އަށް ކުޅުންތެރިއަކު ގަތުމަށް އެކުލަބުން 400 މިލިއަން ޑޮލަރު ހޭދަކުރި އެވެ. އަދި ބޯލީގެ ދައުރުގައި ޗެލްސީން ކުރި ހަރަދު މިހާރު ވެސް 600 މިލިއަން ޑޮލަރަށް ވުރެ އިތުރެވެ.

Advertisement

އޭނާ ޗެލްސީ ގަތްއިރު ހުރި ކޯޗު ތޯމަސް ޓުޗެލް މަގާމުން ވަކިކޮށް ގްރަހަމް ޕޮޓާއާ ކޯޗުކަން ހަވާލުކުރި އެވެ. ޕޮޓާ އަށް ވެސް ރަނގަޅު ނަތީޖާތަކެއް ނުނެރެވުމުން އޭނާވެސް މަގާމުން ވަކިކުރި އެވެ. މި ވަގުތު ކުލަބުގެ ކޯޗުކަމުގެ މަގާމާ ވަގުތީގޮތުން ހަވާލުވެ ހުރީ ޗެލްސީގެ ކުރީގެ ތަރި ފްރެންކް ލަމްޕާޑު އެވެ. ނަމަވެސް ލަމްޕާޑުގެ ކޯޗުކަމުގެ ދަށުން ވެސް ޗެލްސީއިން ނެރެމުން އަންނަނީ ދަށް ނަތީޖާތަކެކެވެ. ލަމްޕާޑު މިހާތަނަށް އިރުޝާދުދިން ހުރިހާ މެޗެއްގައި ޗެލްސީ ވަނީ ބަލިވެފަ އެވެ. އެއީ ފަސް މެޗެވެ.

އަންނަ އަހަރުގެ ޗެމްޕިއަންސް ލީގުން ޖާގަ ގެއްލި ޔޫރޮޕާ ލީގުގެ ފުރުސަތު ވެސް ޗެލްސީ އަށް ހަނިވުމާ އެކު މިހާރު ކުލަބު ކުލަބުން އަންނަނީ އަނެއްކާ ވެސް ބަދަލުތަކަކަށް މިސްރާބު ޖަހައިފަ އެވެ. އެ ގޮތުން މި ވަގުތު އެންމެ ބޮޑު އިސްކަމެއްދެނީ މުސާރަތައް ކުޑަކުރުމަށެވެ.

އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ޗެލްސީއާ އެކު އެންމެ ފަހުން ކޮންޓްރެކްޓްތައް އާކުރި ކުޅުންތެރިންތެރިންގެ މުސާރަ ކުޑަކުރާނެ އެވެ. އަދި ކުލަބުން މި ސީޒަނަށް ދޭން ނިންމާފައި ހުރި ބޯނަސްތައް ވެސް ނުދޭން ވަނީ ނިންމައިފަ އެވެ.

ކުޅުންތެރިންގެ މުސާރަތައް ކުޑަކުރަން ނިންމާފައި މި ދަނޑިވަޅުގައި ދެން އެންމެ ބޮޑަށް ފެތުރޭ އަޑަކީ ގިނަ ކުޅުންތެރިންތަކެއް ކުލަބު ދޫކޮށްލަން ތައްޔާރުވެގެން ތިބުމެވެ. އެ ގޮތުން ޓީމުގެ ސީނިއާ ގިނަ ކުޅުންތެރިން މިހާރުގެ މެނޭޖުމަންޓާ އެހާ ގަޔާ ނުވާތީ ބޭނުންވަނީ އެހެން ކުލަބަކަށް ބަދަލުވާށެވެ.

ޗެލްސީގެ ސަޕޯޓަރުންގެ މެދުގައި އެންމެ މަގުބޫލު ކުޅުންތެރިޔާ މެސަން މައުންޓް އަކީ މި ސީޒަނަށް ފަހު ޗެލްސީ ދޫކޮށްލުން އެންމެ ގާތް ކުޅުންތެރިޔާ އެވެ. މީގެ އިތުރުން މި ސީޒަންގައި އެކުލަބުން ގެނައި ބައެއް ކުޅުންތެރިންވެސް ތިބީ ކުލަބުގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހިފައި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

ޗެލްސީ އަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް އެޓީމުން އާ ކޯޗެއް ގެނައުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެ ގޮތުން އެޓީމާ ހަވާލުވުން އެންމެ ގާތީ ޓޮޓެންހަމް ހޮޓްސްޕާސް އާއި ޕީއެސްޖީގެ ކުރީގެ ކޯޗު މައުރީސީއޯ ޕޮޗެޓީނޯ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިޔެކިޔުންތައް ދޭން ޔުއެފާ އިން އިންފަންޓީނޯ އަށް މުހުލަތެއް

ފީފާގެ ލީޑަޝިޕާ ގުޅޭ މައްސަލަ ބޮޑުވެފައިވާ ލިޔެކިޔުންތައް އާންމުކުރުމަށް ޔުއެފާ އިން ފީފާގެ ރައީސް އިންފަންޓީނޯ އަށް ދެ ހަފްތާގެ މުހުލަތެއް ދީ، އެމެރިކާގެ ކޯޓަކަށް މައްސަލަ ހުށަހަޅައިފިއެވެ. މީގެ ތެރޭގައި ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލުމުގެ މުއާމަލާތްތަކާއި، ބައެއް އެވޯޑްތައް ދިނުމުގައި އަމަލުކުރި ގޮތުގެ ތަފްސީލު ހޯދުމަށް ޔުއެފާ އިން ވަނީ ގޮވާލާފައެވެ.

ރޮނާލްޑޯ އަށް 30 ދުވަހުގެ ސަސްޕެންޝަނަކާއި ޖޫރިމަނާއެއް

ޕޯޗުގަލް ގައުމީ ޓީމުގެ ކޭމްޕް އަމިއްލައަށް ދޫކޮށްދިޔަ މައްސަލައިގައި، ކްރިސްޓިއާނޯ ރޮނާލްޑޯ، 30 ދުވަހަށް ސަސްޕެންޑްކޮށް 285 ޑޮލަރުން ޖޫރިމަނާކުރުމަށް އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ނިންމައިފައި. ނަމަވެސް މި ސަސްޕެންޝަނުގެ ސަބަބުން އަންނަ މަހު އޮންނަ ބައިނަލްއަގުވާމީ މެޗުތަކުގައި އޭނާ ކުޅުމަކަށް ހުރަހެއް ނެތް ކަމަށް ބެލެވޭ

ފިނޮޅު ކައިރިން ވެލާ އިން ތަފާތު ބޮޑުކޮށް ނަތީޖާ އަނބުރާލައިފި

ރިސޯޓް ސުޕަ ލީގުގައި ވެލާ ޕްރައިވެޓް އައިލެންޑުން ފިނޮޅު އަތުން 10-1 ގެ ބޮޑު ތަފާތަކުން މޮޅުވެ، 12-4 ގެ އެގްރިގޭޓް ނަތީޖާއަކުން ކުރިހޯދައިފި. މީގެ އިތުރުން ސަން ސިޔާމް އޮޅުވެލި ވެސް ވަނީ ބަރޮސް ބަލިކޮށް ކުރިހޯދާފައިވާއިރު، މުބާރާތުގެ ފައިނަލަށް ސީދާ ހޮވޭނީ އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމު

ދިވެހި ޕްރިމިއާ ލީގުގެ ފެންވަރަށް ރަނގަޅު ބަދަލު އާދޭ: ޓްރުޗާ

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ 10 ޓީމުން ވެސް ކަންކަން ރަނގަޅުކުރަން މަސައްކަތް ކުރާތީ ލީގުގެ ފެންވަރު މަތިވަމުން އަންނަކަން މާޒިޔާގެ ކޯޗު ޓްރުޗާ ފާހަގަކޮށްފި. ބިދޭސީ ކުޅުންތެރިންނާއި ކޯޗުންގެ ސަބަބުން ޓީމުތަކުގެ ކުޅުމަށް ކުރިއެރުން ލިބެމުންދާއިރު، ލީގުގެ ފެންވަރު އިތުރަށް ފުރިހަމަވާނީ ގިނަ އަދަދެއްގެ ސަޕޯޓަރުން ދަނޑަށް ހާޒިރުވެގެން ކަމަށް ބުނި

އިންޑޯ ކޮމްޕްލެކްސްތަކުން ޖާގައިގެ ދަތިތަކަށް ހައްލުލިބޭނެ

ހުޅުމާލެ އާއި ވިލިމާލޭގައި ގާއިމްކުރާ އިންޑޯ ކޮމްޕްލެކްސްތަކުގެ ސަބަބުން ކުޅިވަރު ކުޅޭނެ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެ. މީގެ އިތުރުން މާލޭ ހޭންޑްބޯޅަ ކޯޓު ހިޔާކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ނިމި، މުބާރާތްތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށް މަގުފަހިވާނެ ކަމަށް ވިދާޅުވި

ރިވައިވަލް އިން ޔޫރަޕްގެ ތިން މުބާރާތެއްގައި ވާދަކުރަނީ

ބީޑަބްލިއުއެފް އިން ރުހުން ދީފައިވާ ޔޫރަޕްގެ ތިން ބެޑްމިންޓަން މުބާރާތެއްގައި ވާދަކުރުމަށް ރިވައިވަލް ސްޕޯޓްސް އާއި ގައުމީ ސްކޮޑުގެ ފަސް ކުޅުންތެރިން ތައްޔާރުވެއްޖެ. މި މަހާއި އަންނަ މަހު ގްރީސް، ހަންގޭރީ އަދި ނޯވޭގައި ބާއްވާ މި މުބާރާތްތަކަކީ ރިވައިވަލް އިން މިއަހަރު ޔޫރަޕްގައި ކުރިއަށްގެންދާ ދެ ވަނަ ޓުއާ

އެމްބާޕޭގެ ދެ ގޯލާ އެކު ރެއާލުން ސެވިއްޔާ ބަލިކޮށްފި

ސްޕެނިޝް ލީގުގައި ރޭ ކީލިއަން އެމްބާޕޭ ކާމިޔާބުކުރި ދެ ގޯލާއެކު 4-1 އިން ސެވިއްޔާ ބަލިކޮށް، ރެއާލް މެޑްރިޑް ތާވަލުގެ ތިން ވަނަ އަށް ޖެހިލައިފި. ރެއާލްގެ އަނެއް ދެ ލަނޑު އާޑާ ގުލާ އާއި ޑިއޮމަންޑޭ ޖަހައިދިންއިރު، މި މޮޅާއެކު އެޓީމަށް ވަނީ ކުޅުނު ނުވަ މެޗުން 21 ޕޮއިންޓް ލިބިފައި.

Newsletter

Get the latest news delivered straight to your inbox