ޖޮޓާގެ ގޯލުން ލިވަޕޫލުން ފަހު ވަގުތު ޓޮޓެންހަމް ބަލިކޮށްފި

May 1, 2023, 3:26 AM
ލަނޑު ޖެހުމަށް ފަހު ލިވަޕޫލްގެ ޖޮޓާ އުފާފާޅުކުރަނީ.

ލަނޑު ޖެހުމަށް ފަހު ލިވަޕޫލްގެ ޖޮޓާ އުފާފާޅުކުރަނީ.

ލިވަޕޫލް (މެއި 1) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ފަހަތުން އަރައި ތިން ގޯލު ޖަހައިގެން ޓޮޓެންހަމް ހޮޓްސްޕާސް އިން އެއްވަރުކޮށްފައި ވަނިކޮށް، ޑިއޯގޯ ޖޮޓާ ޖެހި ގޯލުން ލިވަޕޫލުން 4-3 އިން ޓޮޓެންހަމްގެ މައްޗަށް ކުރިހޯދައިފި އެވެ.

މި ނަތީޖާއާ އެކު ލިވަޕޫލަށް ވަނީ ލީގުގެ ފަސް ވަނައިގައި އޮތީ 33 މެޗުން 56 ޕޮއިންޓް ހޯދައިގެންނެވެ. ހަ ވަނައިގައި އޮތް ޓޮޓެންހަމް އަށް ވަނީ 34 މެޗުން 54 ޕޮއިންޓް ލިބިފަ އެވެ.

ލިވަޕޫލްގެ އެންފީލްޑް ސްޓޭޑިއަމްގައި ރޭ އެ ޓީމުން ވަނީ 15 މިނިޓް ތެރޭ ތިން ގޯލު ޖަހައިފަ އެވެ. އެ ގޮތުން، ތިން ވަނަ މިނިޓްގައި ކާޓިސް ޖޯންސް ލިވަޕޫލަށް ލީޑުނަގައިދިންއިރު، އޭގެ ދެ މިނިޓް ފަހުން، ލުއިޒް ޑިއާޒް ވަނީ ލިވަޕޫލްގެ ލީޑުފުޅާކޮށްދީފަ އެވެ. އަދި މެޗުގެ 15 ވަނަ މިނިޓްގައި ލިވަޕޫލްގެ ކޯޑީ ގަކްޕޯ އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީ ވައްދާލައި، މުހައްމަދު ސަލާހު ވަނީ ލިވަޕޫލަށް ތިން ގޯލުގެ ލީޑެއް ނަގައިދީފަ އެވެ.

Advertisement

ފުރަތަމަ ހާފުގައި ޓޮޓެންހަމްގެ ފޯވާޑް، ހެރީ ކޭން ވަނީ މެޗުގެ 39 ވަނަ މިނިޓްގައި އެ ޓީމަށް ގޯލެއް ޖަހައިދީ އުންމީދެއް ހޯދައިދީފަ އެވެ. މި ގޯލާ އެކު ކޭން ވަނީ ޕްރިމިއާ ލީގުގެ ތާރީހުގައި ދެ ވަނަ އަށް އެންމެ ގިނަ ގޯލު ޖަހައިގެން މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ފޯވާޑް، ވޭން ރޫނީގެ ރެކޯޑާ ހަމަކޮށްފަ އެވެ. ކޭން އާއި ރޫނީ ވަނީ ޕްރިމިއާ ލީގުގައި 208 ގޯލު ޖަހައިފަ އެވެ.

މެޗުގެ 77 ވަނަ މިނިޓްގައި ޓޮޓެންހަމްގެ ސޮން ހެއުން މިން އެ ޓީމަށް ދެ ވަނަ ގޯލެއް ޖަހައިދިންއިރު، އޭގެ ކުރިން މި ހާފުގައި އޭނާ ޖެހި ޝޮޓެއް ވަނީ ގޯލުގެ ދަނޑިއަށް ވެސް އަމާޒުވެފަ އެވެ.

ޓޮޓެންހަމަށް އެއްވަރުކޮށްދިން ގޯލު ޖެހީ ބަދަލަކަށް ކުޅެން އެރި ރިޗާލިސަން އެވެ. ސޮން ނެގި ހިލޭ ޖެހުމަކުން ރިޗާލިސަން މި ގޯލު ޖެހީ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ހަ މިނިޓްގެ ތެރެއިން ތިން ވަނަ މިނިޓްގަ އެވެ. މިއީ ޕްރިމިއާ ލީގުގައި ރިޗާލިސަންގެ ފުރަތަމަ ގޯލެވެ. މި ލަނޑު ޖަހައި ޓޮޓެންހަމް އަށް ހަމަޖެހިނުލެވެނިސް، އެ ޓީމުގެ ފަހަތުން ހެދި ގޯހެއްގެ ފައިދާނަގައި، ޖޮޓާ ވަނީ ލިވަޕޫލް މޮޅުކޮށްދިން ގޯލު ޖަހައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިޔެކިޔުންތައް ދޭން ޔުއެފާ އިން އިންފަންޓީނޯ އަށް މުހުލަތެއް

ފީފާގެ ލީޑަޝިޕާ ގުޅޭ މައްސަލަ ބޮޑުވެފައިވާ ލިޔެކިޔުންތައް އާންމުކުރުމަށް ޔުއެފާ އިން ފީފާގެ ރައީސް އިންފަންޓީނޯ އަށް ދެ ހަފްތާގެ މުހުލަތެއް ދީ، އެމެރިކާގެ ކޯޓަކަށް މައްސަލަ ހުށަހަޅައިފިއެވެ. މީގެ ތެރޭގައި ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލުމުގެ މުއާމަލާތްތަކާއި، ބައެއް އެވޯޑްތައް ދިނުމުގައި އަމަލުކުރި ގޮތުގެ ތަފްސީލު ހޯދުމަށް ޔުއެފާ އިން ވަނީ ގޮވާލާފައެވެ.

ރޮނާލްޑޯ އަށް 30 ދުވަހުގެ ސަސްޕެންޝަނަކާއި ޖޫރިމަނާއެއް

ޕޯޗުގަލް ގައުމީ ޓީމުގެ ކޭމްޕް އަމިއްލައަށް ދޫކޮށްދިޔަ މައްސަލައިގައި، ކްރިސްޓިއާނޯ ރޮނާލްޑޯ، 30 ދުވަހަށް ސަސްޕެންޑްކޮށް 285 ޑޮލަރުން ޖޫރިމަނާކުރުމަށް އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ނިންމައިފައި. ނަމަވެސް މި ސަސްޕެންޝަނުގެ ސަބަބުން އަންނަ މަހު އޮންނަ ބައިނަލްއަގުވާމީ މެޗުތަކުގައި އޭނާ ކުޅުމަކަށް ހުރަހެއް ނެތް ކަމަށް ބެލެވޭ

ފިނޮޅު ކައިރިން ވެލާ އިން ތަފާތު ބޮޑުކޮށް ނަތީޖާ އަނބުރާލައިފި

ރިސޯޓް ސުޕަ ލީގުގައި ވެލާ ޕްރައިވެޓް އައިލެންޑުން ފިނޮޅު އަތުން 10-1 ގެ ބޮޑު ތަފާތަކުން މޮޅުވެ، 12-4 ގެ އެގްރިގޭޓް ނަތީޖާއަކުން ކުރިހޯދައިފި. މީގެ އިތުރުން ސަން ސިޔާމް އޮޅުވެލި ވެސް ވަނީ ބަރޮސް ބަލިކޮށް ކުރިހޯދާފައިވާއިރު، މުބާރާތުގެ ފައިނަލަށް ސީދާ ހޮވޭނީ އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމު

ދިވެހި ޕްރިމިއާ ލީގުގެ ފެންވަރަށް ރަނގަޅު ބަދަލު އާދޭ: ޓްރުޗާ

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ 10 ޓީމުން ވެސް ކަންކަން ރަނގަޅުކުރަން މަސައްކަތް ކުރާތީ ލީގުގެ ފެންވަރު މަތިވަމުން އަންނަކަން މާޒިޔާގެ ކޯޗު ޓްރުޗާ ފާހަގަކޮށްފި. ބިދޭސީ ކުޅުންތެރިންނާއި ކޯޗުންގެ ސަބަބުން ޓީމުތަކުގެ ކުޅުމަށް ކުރިއެރުން ލިބެމުންދާއިރު، ލީގުގެ ފެންވަރު އިތުރަށް ފުރިހަމަވާނީ ގިނަ އަދަދެއްގެ ސަޕޯޓަރުން ދަނޑަށް ހާޒިރުވެގެން ކަމަށް ބުނި

އިންޑޯ ކޮމްޕްލެކްސްތަކުން ޖާގައިގެ ދަތިތަކަށް ހައްލުލިބޭނެ

ހުޅުމާލެ އާއި ވިލިމާލޭގައި ގާއިމްކުރާ އިންޑޯ ކޮމްޕްލެކްސްތަކުގެ ސަބަބުން ކުޅިވަރު ކުޅޭނެ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެ. މީގެ އިތުރުން މާލޭ ހޭންޑްބޯޅަ ކޯޓު ހިޔާކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ނިމި، މުބާރާތްތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށް މަގުފަހިވާނެ ކަމަށް ވިދާޅުވި

ރިވައިވަލް އިން ޔޫރަޕްގެ ތިން މުބާރާތެއްގައި ވާދަކުރަނީ

ބީޑަބްލިއުއެފް އިން ރުހުން ދީފައިވާ ޔޫރަޕްގެ ތިން ބެޑްމިންޓަން މުބާރާތެއްގައި ވާދަކުރުމަށް ރިވައިވަލް ސްޕޯޓްސް އާއި ގައުމީ ސްކޮޑުގެ ފަސް ކުޅުންތެރިން ތައްޔާރުވެއްޖެ. މި މަހާއި އަންނަ މަހު ގްރީސް، ހަންގޭރީ އަދި ނޯވޭގައި ބާއްވާ މި މުބާރާތްތަކަކީ ރިވައިވަލް އިން މިއަހަރު ޔޫރަޕްގައި ކުރިއަށްގެންދާ ދެ ވަނަ ޓުއާ

އެމްބާޕޭގެ ދެ ގޯލާ އެކު ރެއާލުން ސެވިއްޔާ ބަލިކޮށްފި

ސްޕެނިޝް ލީގުގައި ރޭ ކީލިއަން އެމްބާޕޭ ކާމިޔާބުކުރި ދެ ގޯލާއެކު 4-1 އިން ސެވިއްޔާ ބަލިކޮށް، ރެއާލް މެޑްރިޑް ތާވަލުގެ ތިން ވަނަ އަށް ޖެހިލައިފި. ރެއާލްގެ އަނެއް ދެ ލަނޑު އާޑާ ގުލާ އާއި ޑިއޮމަންޑޭ ޖަހައިދިންއިރު، މި މޮޅާއެކު އެޓީމަށް ވަނީ ކުޅުނު ނުވަ މެޗުން 21 ޕޮއިންޓް ލިބިފައި.

Newsletter

Get the latest news delivered straight to your inbox