ފަހު ވަގުތުގެ ގޯލުތަކާ އެކު މިލާނާއި ރޯމާ އެއްވަރު

Apr 30, 2023, 4:17 AM
ރޯމާގެ ޑިފެންޑަރު ޖިއަންލޫކާ މަންޗިނީ (ކ) ކައިރިން ބޯޅަ ހޯދަން މިލާންގެ ރަފައެލް ލެއާއޯ މަސައްކަތްކުރަނީ.--- ފޮޓޯ: އޭއެފްޕީ

ރޯމާގެ ޑިފެންޑަރު ޖިއަންލޫކާ މަންޗިނީ (ކ) ކައިރިން ބޯޅަ ހޯދަން މިލާންގެ ރަފައެލް ލެއާއޯ މަސައްކަތްކުރަނީ.--- ފޮޓޯ: އޭއެފްޕީ

ރޯމް (އޭޕްރީލް 30) - އިޓާލިއަން ލީގުގައި ރޭ މެޗުގެ އިތުރު ވަގުތުގައި ފެނުނު ގޯލުތަކާ އެކު އޭސީ މިިލާނާއި ރޯމާ ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެއްޖެ އެވެ.

މި ނަތީޖާއާ އެކު ދެ ޓީމަށް ވެސް ގަދަ ހަތަރެއްގެ ރޭހުގައި ހަމަޖެހުމެއް ނުލިބޭނެ އެވެ. ހަތަރެއް ވަނައިގައި އޮތް މިލާނާއި ފަސް ވަނައިގައި އޮތް ރޯމާ އަށް ވަނީ 32 މެޗުން 57 ޕޮއިންޓް ލިބިފަ އެވެ. ޓޮރިނޯ އަތުން ރޭ 2-1 އިން މޮޅުވި، އެޓަލަންޓާ ވަނީ 32 މެޗުން 55 ޕޮއިންޓް ހޯދައި، ލީގުގެ ހަ ވަނަ އަށް ޖެހިލައިފަ އެވެ.

ހަތް ވަަނައިގައި އޮތް އިންޓަ އަށް 31 މެޗުން 54 ޕޮއިންޓް ލިބިފައިވާއިރު، އެ ޓީމު މިއަދު ލާޒިއޯ އަތުން މޮޅުވެއްޖެނަމަ ހަތަރު ވަނަ އަށް އެރޭނެ އެވެ. ލާޒިއޯ ލީގުގެ ދެ ވަނައިގައި އޮތީ 31 މެޗުން 61 ޕޮއިންޓާ އެކު އެވެ.

ރޯމްގެ އޮލިމްޕިކް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގެ 30 ވަނަ މިނިޓްގައި މިލާންގެ ރަފައެލް ލެއާއޯ ޖެހި ބޯޅަ ވަނީ ހުރަސްދަނޑިމަތިން ގޮސްފަ އެވެ. އޭގެ ދެ މިނިޓް ފަހުން، ރޯމާގެ ލޮރެންޒޯ ޕެލެގްރީނީ ޖެހި ބޯޅަ މިލާންގެ ކީޕަރު މަައިކް މައިންގްނޯން ވަނީ މަތަކޮށްފަ އެެވެ. ރީބައުންސް ބޯޅަ ރޯމާގެ ކުޅުންތެރިންނަށް ލިބުނު ނަމަވެސް ރަނގަޅަށް ފޮނުވައިނުލެވުނެވެ.

މެޗުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ހަ މިނިޓްގެ ތެރެއިން ތިން ވަނަ މިނިޓްގައި ރޯމާ އިން ވަނީ ލީޑުނަގައިފަ އެވެ. އޭރިއާތެރެއިން ރޯމާގެ ޓަމީ އަބްރަހަމް އަށް ލިބުނު ފުރުސަތުގައި އޭނާ ތިރިތިރިން ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ދުރު ކަނަށެވެ.

އިތުރު ވަގުތުގެ ހަ މިނިޓް ހަަމަވެ، އިތުރަށް ކުޅުނު ވަގުތުގެ ތެރޭގައި މިލާނަށް އެއްވަރުކޮށްދިން ގޯލު ޖެހީ އަލެކްސިސް ސަލަމޭކާ އެވެ. ލެއާއޯ ނެގި ހުރަހަކަށް ހުސްކޮށް އަރައި، ސަލަމޭކާ ޖެހި ބޯޅަ ގޯލަށް ވަނީ ރޯމާ ކީޕަރު ރުއީ ޕެޓްރީޝިއޯ އަތުގައި ޖެހިފަ އެވެ.

މެޗަށް ފަހު ރޯމާގެ ކޯޗު ހޯސޭ މޮރީނިއޯ ބުނީ މެޗު ނިމިގެންދިޔައީ އަތުގައި އޮތް ޕޮއިންޓްތަކެއް ގެއްލިގެން ކަމަށާއި އެހެން ނަމަވެސް އެ ކަމާ މާޔޫސްވުމަށް ވުރެ ބޮޑަށް މުހިންމު ކުޅުންތެރިންތަކެއް ނުލައި، މި މެޗުގައި ރޯމާ އިން ދެއްކި ކުޅުމާ މެދު ހިތްހަމަޖެހޭ ކަމަށެވެ.

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox