ފައިނަލްގެ ފުރަތަމަ ލެގުގައި އަލް ހިލާލް އާއި އުރާވާ އެއްވަރު

Apr 30, 2023, 6:23 AM
ފައިނަލްގެ ފުރަތަމަ ލެގުގައި އަލް ހިލާލް އާއި އުރާވާ އެއްވަރު

ރިޔާދް (އޭޕްރީލް 30) - އޭއެފްސީ ޗެމްޕިއަންސް ލީގުގެ ފައިނަލްގެ ފުރަތަމަ ލެގުގައި ރޭ ސައުދީ އަރަބިއްޔާގެ އަލް ހިލާލް އާއި ޖަޕާނުގެ އުރާވާ ރެޑްސް ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެއްޖެ އެވެ.

ސައުދީ އަރަބިއްޔާގައި ކުޅުނު ފުރަތަމަ ލެގުގެ 13 ވަނަ މިނިޓުގައި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން އަލް ހިލާލް އިން ލީޑު ނެގީ ސައުދީ ގައުމީ ޓީމުގެ ފޯވަޑް ސާލެމް އަލް ދައުސާރީ ޖެހި ލަނޑުންނެވެ.

އަލް ހިލާލްގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ ކަމަށްވާ އަލް ދައުސާރީ އަކީ ބޮޑެތި މެޗުތަކުގައި ވެސް މީގެ ކުރިން ވެސް ގޯލު ޖަހާފައިވާ ކުޅުންތެރިއެކެވެ. އެގޮތުން، މިދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލާއި ފައިނަލާއި ފީފާ ކްލަބް ވޯލްޑް ކަޕްގެ ސެމީ ފައިނަލްގެ އިތުރުން މިދިޔަ އަހަރުގެ ވޯލްޑް ކަޕްގައި އާޖެންޓީނާ އަތުން ސައުދީ މޮޅުވި މެޗު ވެސް ހިމެނެ އެވެ.

އެކަމަކު، މި އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި އަލް ދައުސާރީ އަށް ކުރިމަތިވިީ ހިތި ނިމުމެކެވެ. މެޗުގެ 86 ވަނަ މިނިޓުގައި އުރާވާގެެ ކުޅުންތެރިއަކަށް ގަސްދުގައި ހަމަލާ ދިނުމާ ގުޅިގެން ރެފްރީ ވަނީ އަލް ދައުސާރީ އާށް ސީދާ ރަތްކާޑެއް ދައްކައިފަ އެެވެ.

ޗެމްޕިއަންސް ލީގު 2017 ވަނަ އަހަރު ކާމިޔާބުކުރި އުރަވާ އިން މެޗުގެ ނަތީޖާ ހަމަހަމަކުރީ 53 ވަނަ މިނިޓުގައި ސިންޒޯ ކޮރޯކީ ޖެހި ލަނޑުންނެވެ.

ޖަޕާނުގައި ހޮނިހިރު ދުވަހު ފައިނަލްގެ ދެ ވަނަ ލެގު ކުޅޭއިރު، ފުރަތަމަ ލެގުގެ ނަތީޖާއާ މެދު އެންމެ ހިތްހަމަޖެހޭނީ އުރާވާ އެވެ. ފުރަތަމަ ލެގުގައި އެ ޓީމަށް މާ ގިނަ ފުރުސަތުތަކެއް ނުލިބުނު ނަމަވެސް، ލިބުނު ފުރުސަތުތަކުގެ ބޭނުން އެ ޓީމުން ހިފި އެވެ.

މިއީ ޗެމްޕިއަންސް ލީގުގެ ފައިނަލެއްގައި އަލް ހިލާލް އާއި އުރާވާ ބައްދަލުކުރާ ތިން ވަނަ ފަހަރެވެ. މީގެ ކުރިން ކޮންމެ ޓީމެއް ވެސް ވަނީ އެއް ފައިނަލް ކާމިޔާބުކޮށްފަ އެވެ.

މިއީ ނުވަ އަހަރުގެ ތެރޭގައި އޭއެފްސީ ޗެމްޕިއަންސް ލީގުގެ ފައިނަލެއްގައި އަލް ހިލާލް ކުޅޭ ފަސް ވަނަ ފަހަރެވެ. އަލް ހިލާލްގެ އަމާޒަކީ ޗެމްޕިއަންސް ލީގުގެ ތަށި ޖެހިޖެހިގެން ހޯދާ ދެ ވަނަ ކްލަބަށް ވުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox