ލ. ގަމު މުކުރިމަގު އަވަށު މޫދުގައި މަރުވެފައި އޮއްވާ މީހަކު ފެނިއްޖެ އެވެ.
މަރުވެފައި އޮއްވާ ފެނުނީ އުމުރުން 67 އަހަރުގެ ލ. ގަން، ސައީދާ މަންޒިލް، އަހުމަދު މުހައްމަދެވެ.
ލ. އަތޮޅު ކައުންސިލްގެ ރައީސް އިސްމާއީލް އަލީ "އަދަދު" ނޫހަށް ވިދާޅުވީ އެއީ އާންމުކޮށް ވެސް މެންދުރުފަހު ވަގުތު ފެންވަރަން މޫދަށް ގޮސް އުޅޭ މީހެއް ކަމަށެވެ.
"މިއަދު ގޮސްފަ ނައިސް ލަސްވެގެން، އެ ސަރަހައްދު ގޮސް ބެލިއިރު، މޫދު އަޑީގައި މަރުވެފައި އޮއްވާ ފެނުނީ، އިސްކޮޅު ޖެހޭ ހިސާބު ތިލަ މޫދުގައި،" އިސްމާއީލް އަލީ ވިދާޅުވި އެވެ.
މޫދަށް އެރި ގޮސް އުޅެނިކޮށް އޭނާއަށްވީ ގޮތެއް އަދި ނޭނގެ އެވެ.














