އިރާނުން ހިފެހެއްޓި ޓޭންކަރުގައި ތިބީ އިންޑިއާގެ 24 މީހުން

އިރާނުގެ ސިފައިން ހެލިކޮޕްޓަރުގައި ގޮސް ޓޭންކަރަށް ފައިބަނީ. -- ފޮޓޯ: އޭއެފްޕީ

އިރާނުގެ ސިފައިން ހެލިކޮޕްޓަރުގައި ގޮސް ޓޭންކަރަށް ފައިބަނީ. -- ފޮޓޯ: އޭއެފްޕީ

ދުބާއީ، ޔޫއޭއީ (އެޕްރީލް 28) - އެމެރިކާއަށް ދަތުރު ކުރަމުން ދަނިކޮށް އިރާނުން ހުއްޓުވި ތެޔޮ ޓޭންކަރުގައި ތިބީ އިންޑިއާގެ 24 މީހުން ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

އިރާނުގެ ދައުލަތުގެ ޓީވީން އާއްމުކުރި މަންޒަރުތަކުން ފެންނަނީ ނޭވީ ސިފައިން ހެލިކޮޕްޓަރުގައި ގޮސް "އެޑްވާންޓޭޖް ސްވީޓް" ޓޭންކަރަށް ފައިބާ ތަނެވެ.

އިރާނުން ބުނީ ބުރާސްފަތި ދުވަހު އެ ޓޭންކަރު ހިފެހެއްޓީ އޮމާންގެ އައްސޭރިފަށާ ދިމާލުން އިރާނުގެ އުޅަނދެއްގައި ޖެހި އެކްސިޑެންޓުވުމުން މަޑުނުކޮށް ދާން އުޅެނިކޮށް ކަމަށެވެ.

އެ ޓޭންކަރު އޮޕަރޭޓް ކުރާ "އެޑްވާންޓޭޖް ޓޭންކާޒް" އިން އޭއެފްޕީއަށް ބުނީ މީގެ ކުރިން އެފަދަ ހާލަތްތައް ދިމާވި ކްރޫ މެމްބަރުންނަށް އެއްވެސް ނުރައްކަލެއް ދިމާވެފައި ނުވާ ކަމަށެވެ.

އޮޕަރޭޓަރު ނެރުނު ބަޔާނެއްގައި ބުނީ މާޝަލް އައިލެންޑްސްގެ ދިދަ ނަގާފައިވާ އުޅނދު ހުއްޓުވީ "ބައިނަލްއަގްވާމީ ހިޔާލު ތަފާތުވުމަކާ" ހެދި އެވެ.

އެކަމަކު އިރާނުން ބުނީ އެ ޓޭންކަރާއި އިރާނުގެ އުޅަނދެއް ޖެހި ހިނގި އެކްސިޑެންޓުގައި އިރާނުގެ ދެ މީހުން ގެއްލި އިތުރު ބަޔަކަށް އަނިޔާވެފައިވާ ކަމަށެވެ.

ޓޭންކަރު ހުއްޓުވަން މުއާމަލާތް ކުރުމުން ރައްދެއް ނުދޭ ކަމަށާއި ހިފަހައްޓަން ޖެހުނީ ޖަވާބު ނުދިނުމުން ކަމަށް އިރާނުން ބުންޏެވެ.

އެ މައްސަލައިގައި އެމެރިކާއިން ބުނީ ގަލްފުގެ ކަނޑުގެ ސަރަހައްދުގައި އިރާނުން ތަކުރާރުކޮށް "ފުރައްސާރަ ކުރަމުންދާ" ކަމަށާއި އެ ޓޭންކަރު ވަގުތުން ދޫކޮށްލަން ގޮވާލާ ކަމަށެވެ.

ކުވެއިތުން ތެޔޮ ބަރުކުރި އުޅަނދު ޗާޓަރު ކުރީ ޗެވްރޯން ކޯޕް ކުންފުނިންނެވެ. އޭގެ މިސްރާބު ހުރީ ޓެކްސަސްގެ ހިޔުސްޓަންއަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox