ސްރީލަންކާގެ އިންފްލޭޝަން ދަށްވާން ފަށައިފި

ސްރީލަންކާގައި ބަޔަކު ވިޔަފާރި ކުރަނީ.ސ

ސްރީލަންކާގައި ބަޔަކު ވިޔަފާރި ކުރަނީ.ސ

ކޮލޮމްބޯ، ސްރީލަންކާ (އެޕްރީލް 28) - އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) ގެ އެހީ ހޯދަން އަޅާފައިވާ ފިޔަވަޅުތަކާ އެކު ސްރީލަންކާގެ އިންފްލޭޝަން ރޭޓް 35.3 ޕަސެންޓަށް ވެއްޓިއްޖެ އެވެ.

މިއީ އަހަރެއްގެ ތެރޭގައި އިންފްލޭޝަން ރޭޓް އެންމެ ބޮޑަށް ދަށްވި ފަހަރެވެ. ތެލާއި ކާބޯތަކެތީގެ އަގުތައް ތިރިވާން ފެށުމާ އެކު އެޕްރީލް މަހު އިންފްލޭޝަން ދަށްވާން މަގުފަހިވި ކަމަށް ތަފާސްހިސާބުން ދައްކަ އެވެ.

އައިއެމްއެފްއިން އެއްބަސްވީ ހަތަރު އަހަރުގެ މައްޗަށް ބަހާލައިގެން ތިން ބިލިއަން ޑޮލަރުގެ ލޯނެއް ލަންކާއަށް ދިނުމަށެވެ. އޭގެ ފުރަތަމަ އިންސްޓޯލްމަންޓް ލިބުނުތާ އެއް މަސް ފުރުނީ އެޕްރީލް މަހު އެވެ.

ތަކެތީގެ އަގު އުފުލި އިންފްލޭޝަން އެންމެ މަތިވީ މިދިޔަ ސެޕްޓެމްބަރު މަހު އެވެ. އޭރު އިންފްލޭޝަން ހުރީ 69.8 ޕަސެންޓުގަ އެވެ.

އައިއެމްއެފްގެ ލޯނު އެހީ ކަށަވަރުވުމާ އެކު މާޗް މަހުގެ ފަހުކޮޅު ރައީސް ރަނިލް ވިކްރަމަސިންހަ ވިދާޅުވީ ލަންކާގެ 22 މިލިއަން މީހުން އިތުރު ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުން އެކަށީގެންވާ ކަމަށެވެ.

ޑޮލަރު ހުސްވެ ތަކެތި އިމްޕޯޓް ކުރެވޭނެ ގޮތެއް ނެތުމުން، މިދިޔަ އަހަރު ލަންކާގެ ރައްޔިތުން އުޅުނީ ވަރަށް ދަތި ހާލުގަ އެވެ. އައިއެމްއެފްގެ އެހީ ކަށަވަރުވީ އިގުތިސާދު ރަނގަޅު ކުރަން ފިޔަވަޅުތަކެއް އަޅާ މަތިންނެވެ.

އެގޮތުން އިންކަމް ޓެކްސް މަތިކޮށް، ކަރަންޓުން ނަގާ ޓެރިފް އުފުލި އެވެ. އޭގެ އިތުރުން ތެލަށް ފޯރުކޮށްދޭ ސަބްސިޑީ އުވާލައި، އާމްދަނީ އިތުރު ކުރެވޭނެ އެހެނިހެން ބައެއް ފިޔަވަޅުތައް އެޅި އެވެ.

މިދިޔަ އަހަރު ލަންކާގެ އިގުތިސާދު ރެކޯޑު 7.8 ޕަސެންޓުން ކުޑަވި އެވެ. އެހެން ނަމަވެސް އަންނަ އަހަރު އިގުތިސާދު އަލުން ހިނގަން ފަށާނެ ކަމަށް މަރުކަޒީ ބޭންކުން އަންދާޒާ ކުރެ އެވެ.

ބުރާސްފަތި ދުވަހު ނެރުނު ރިޕޯޓުގައި ލަފާކޮށްފައި ވަނީ މި އަހަރު 2.0 ޕަސެންޓުން އިގުތިސާދު ކުޑަވި ނަމަވެސް، 2024 ގައި 3.3 ޕަސެންޓުގެ ކުރިއެރުމެއް ލިބޭނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޗައިނާގެ ޖައްވީ މަރުކަޒަށް ޕާކިސްތާނުގެ ޒީޝާން

ޗައިނާގެ "ޓިއަންގޮންގް" ޖައްވީ މަރުކަޒަށް ދަތުރުކުރި ބޭރު ގައުމެއްގެ ފުރަތަމަ އެސްޓްރޮނޯޓުގެ ޝަރަފު ޕާކިސްތާނުގެ ޒީޝާން އަލީ ހޯދައިފިއެވެ. "ޝެންޒޯ-24" އުޅަނދުގައި މި ދަތުރުކުރި ޒީޝާން، ޕޭލޯޑް ސްޕެޝަލިސްޓެއްގެ ގޮތުގައި ޖައްވީ މަރުކަޒުގައި 5 ދުވަހާއި 10 ދުވަހާ ދެމެދުގެ މުއްދަތަކަށް މަސައްކަތް ކުރާނެއެވެ. މިއީ ޖައްވީ ހޯދުންތަކުގެ ދާއިރާއިން ޗައިނާ އާއި ޕާކިސްތާނުގެ ގުޅުން ބަދަހިކުރުމަށް ލިބުނު ތާރީޚީ ކުރިއެރުމެކެވެ.

ޓެމިލް ނާޑޫއަށް 5.4 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް

އިންޑިއާގެ ޓެމިލް ނާޑޫ ސްޓޭޓުގެ އެކި ދާއިރާތަކުން 5.38 ބިލިއަން ޑޮލަރުގެ އަގުހުރި 70 އިންވެސްޓްމަންޓް އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ނިންމާފައެވެ. މި މަޝްރޫއުތަކުގެ ތެރޭގައި އުފެއްދުންތެރިކަމާއި، ސާފު ހަކަތަ އަދި އިލެކްޓްރޯނިކްސް ފަދަ މުހިންމު ދާއިރާތައް ހިމެނޭއިރު، މީގެ މަގްސަދަކީ އެ ސްޓޭޓަކީ އުފެއްދުންތެރިކަމުގެ ބޮޑު މަރުކަޒަކަށް ހަދައި އިގްތިސާދު ކުރިއެރުވުމެވެ.

ޕޯޕް ފްރާންސިސްއަށް އިބިލީސް ފެނުނު ކަމަށް ބުނެފި

ޕޯޕް ފްރާންސިސްގެ އަމިއްލަ ޑައިރީން ހާމަވި ގޮތުގައި، އޭނާގެ ހަޔާތުގައި ތިން ފަހަރެއްގެ މަތިން ޝައިތާނާ ފެނުމުގެ އިތުރުން "ނަރަކައިގެ ދޮރުތައް" ވެސް ފެނިފައިވެއެވެ. މި ޑައިރީގައި ޝައިތާނާ ފެނުނު ތަފާތު ތަންތަނުގެ ވާހަކައާއި، ޗިލީގައި ފާދިރީން ހިންގި ޖިންސީ ގޯނާގެ މައްސަލަތަކާ ގުޅިގެން ކުރިމަތިވި ހިތާމަވެރި ތަޖުރިބާތައް ވެސް ހިމަނާފައިވެއެވެ.

ހުއާވޭއިން ވިޔަފާރީގެ ސިއްރުތައް ވަގަށް ނެގިކަން ސާބިތުވެއްޖެ

އެމެރިކާގެ ކުންފުނިތަކުގެ ވިޔަފާރީގެ ސިއްރުތައް ވަގަށް ނެގުމާއި ބޭންކުތަކަށް އޮޅުވާލިކަމުގެ ކުށް ހުއާވޭގެ މައްޗަށް ސާބިތުވެ، އެ ކުންފުނި ބްލެކްލިސްޓު ކޮށްފި އެވެ. ނިއުޔޯކްގެ ކޯޓަކުން ހުއާވޭގެ މައްޗަށް 10 ދައުވާއެއް ސާބިތުވި ނަމަވެސް، ޖިނާއީ ކުށްތައް ރާވައިގެން ހިންގާ ކަމަށް ބުނެ އުފުލި އެންމެ ސީރިއަސް ދައުވާއިން އެ ކުންފުނި ވަނީ ސަލާމަތްވެފަ އެވެ.

އެންވީޑިއާ ތަހުގީގުކުރަމުންދޭތޯ ބުނެދޭން އޭޖީ އިންކާރުކޮށްފި

އެންވީޑިއާގެ މައްޗަށް ފެޑަރަލް ތަހުގީގެއް ހިންގަމުންދާކަމަށް ދެކެވޭ ވާހަކަތަކަށް ޖަވާބުދެއްވުމަށް އެމެރިކާގެ އެޓާނީ ޖެނެރަލް ޓޮޑް ބްލާންޗް އިންކާރު ކުރައްވައިފިއެވެ. އެ ކުންފުނީގެ ސީއީއޯ ޖެންސަން ހުއާންގެ ސުލޫކީ މައްސަލަތަކާއި ޗައިނާއާ އޮތް ގުޅުންތަކާ މެދު ސުވާލު އުފެދިފައިވާއިރު، އަންނަ ހަފުތާގައި އޭނާ ކޮންގްރެސްއަށް ހާޒިރުވާން ޖެހޭނެއެވެ. ބްލާންޗް ވިދާޅުވީ ވަކި ހާއްސަ ތަހުގީގަކާ ގުޅޭ މައުލޫމާތު ދެވެން ނެތް ނަމަވެސް، އެންވީޑިއާ އަކީ ގާނޫނަށް ބޯލަނބާ ކުންފުންޏެއް ކަމަށެވެ.

ވިލިއަމް އާއި ކޭޓްގެ ގެކޮޅަކަށް ބަޔަކު ވަދެގަނެފި

އިނގިރޭސިވިލާތުގެ ވަލީއަހުދު އަމީރު ވިލިއަމް އާއި ކޭޓް މިޑްލްޓަންގެ ޗުއްޓީ ގެކޮޅު ކަމަށްވާ "އަންމާ ހޯލް" އަށް ބަޔަކު ވަދެގަތް މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ. މި ހާދިސާ ހިނގި ވަގުތު އެ ދެކަނބަލުންނާއި ބޭފުޅުން އެ ގޭގައި ނޫޅުއްވާ ކަމަށް ރިޕޯޓްތައް ބުނާއިރު، މިކަމާ ގުޅޭގޮތުން ޝާހީ އާއިލާއިން ރަސްމީކޮށް ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

މުޒާހަރާތަކާ ހެދި އަންނައުނު އުފައްދާ ސިނާއަތް ހުއްޓުމަކަށް

ބަންގްލަދޭޝްގެ އަންނައުނު އުފައްދާ ސިނާއަތުގެ މަސައްކަތްތެރިން މުސާރަ ބޮޑުކުރުމަށް ގޮވާލައި ކުރަމުންދާ މުޒާހަރާތަކާ ގުޅިގެން، ގިނަ ފެކްޓްރީތަކެއް ބަންދުކޮށް އެ ގައުމުގެ އިގްތިސާދަށް ވަނީ ބޮޑު ނުތަނަވަސްކަމެއް ކުރިމަތިވެފައެވެ. މި މުޒާހަރާތަކުގައި ފުލުހުންނާއި މަސައްކަތްތެރިންނާ ދެމެދު ހަމަނުޖެހުންތައް ހިނގައި ބާރުގެ ބޭނުންކުރަމުންދާއިރު، މަސައްކަތްތެރިން އެދެނީ ދިރިއުޅުމުގެ ހަރަދުތައް ބޮޑުވުމާ ގުޅިގެން އެންމެ ކުޑަ އުޖޫރަ އިތުރުކޮށްދިނުމަށެވެ.

Newsletter

Get the latest news delivered straight to your inbox