ބުރުންޑީ އާއެކު ވިސާ ނުނަގައި ދިވެހިންނަށް ދެވޭ ގައުމުތަކުގެ އަދަދު 93 އަށް

ބުރުންޑީ އާއެކު ވިސާ ނުނަގައި ދިވެހިންނަށް ދެވޭ ގައުމުތަކުގެ އަދަދު 93 އަށް

ރާއްޖެއާއި ބުރުންޑީ ސަރުކާރާ ދެމެދުގައި މިއުޗުއަލް އެކްޒެމްޕްޝަން އޮފް ވިސާ ރިކުއަރމަންޓްސް އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މިއީ ދެގައުމުގެ ރައްޔިތުންނަށް އެއް ގައުމު އަނެއް ގައުމަށް 30 ދުވަހުގެ މުއްދަތަށް ވިސާ ނެތި ދަތުރު ކުރުމަށް މަގުފަހިވާ އެއްބަސްވުމެއް ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

މީގެ ތެރޭގައި ސިންގަލް ނުވަތަ މަލްޓިޕްލް އެންޓްރީ، އެގްޒިޓް ނުވަތަ ޓްރާންސިޓް ވެސް ހިމެނޭ ކަމަށް މިނިސްޓްރީން އިތުރަށް ބުންޏެވެ. އެ އެއްބަސްވުމަށް އަމަލުކުރަން ފެށުމަށް ހަމަޖެހިފައި ވަނީ އެއްބަސްވުމުގައި ސޮއިކުރާތާ 30 ދުވަސް ފަހުންނެވެ.

ރާއްޖޭގެ ޕާސްޕޯޓް ބޭނުންކުރެވޭ ގައުމުތައް އިތުރުވުން

ބުރުންޑީއާއެކު ވެވުނު ވިސާ އެކްޒެމްޕްޝަން އެއްބަސްވުމާއެކު މިހާރު ދިވެހި ޕާސްޕޯޓުގައި 90 އަށްވުރެ ގިނަ ގައުމަށް ވިސާ ނެތި ފަސޭހަކަމާއެކު ދަތުރު ކުރެވޭނެ ކަމަށް މިނިސްޓްރީން ބުނެ އެެވެ.

ރާއްޖޭގެ ޕާސްޕޯޓުގައި ރަޝިޔާ، ޔޫއޭއީ އަދި ޗައިނާ ފަދަ ބޮޑެތި ގައުމުތަކަށް މިހާރުވެސް ވިސާ ނެތި ދަތުރުފަތުރު ކުރެވޭ ކަމަށާއި އަދި ރާއްޖޭގެ ޕާސްޕޯޓަކީ ދެކުނު އޭޝިޔާގައި އޮތް އެންމެ ވަރުގަދަ ޕާސްޕޯޓްކަން ވެސް މިނިސްޓްރީން ވަނީ ފާހަގަކޮށްފަ އެވެ.

މި އެއްބަސްވުމުން ވާނެ ފައިދާއަކީ ކޮބާ؟

މިނިސްޓްރީން ބުނީ ބުރުންޑީއާ އެކު މިވެވުނު އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ ޕާސްޕޯޓުގައި ވިސާ ނެތި ދަތުރުފަތުރު ކުރެވޭ ގައުމުތައް އިތުރުވަމުން ދިޔުމަކީ ރާއްޖޭގެ ޕާސްޕޯޓަށް އޮތް އިތުބާރާއި ޔަގީންކަން އިތުރަށް ވަރުގަދަވަމުން ދިޔުމުގެ ހެއްކެއް ކަމަށެވެ.

އަދި މިކަމުގެ ސަބަބުން ޝެންގެން ސަރަހައްދު ހިމެނޭހެން އިތުރު ގައުމުތަކަށް ވިސާ ނެތި ދިވެހި ޕާސްޕޯޓުގައި ދަތުރު ކުރުމުގެ ހުއްދަ ހޯދުމަށް ކުރާ މަސައްކަތަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox