މިއީ ދޯނީގެ ފަހު އައިޕީއެލް ސީޒަންތަ؟

Apr 26, 2023, 12:25 AM
މި ފަހަރުގެ އައިޕީއެލް ސީޒަނުގައި ޗެންނާއީ ސުޕަ ކިންގްސް ކުޅުނު މެޗެއްގެ ތެރެއިން ދޯނީ ބެޓް ހިފައިގެން.--- ފޮޓޯ: އޭއެފްޕީ

މި ފަހަރުގެ އައިޕީއެލް ސީޒަނުގައި ޗެންނާއީ ސުޕަ ކިންގްސް ކުޅުނު މެޗެއްގެ ތެރެއިން ދޯނީ ބެޓް ހިފައިގެން.--- ފޮޓޯ: އޭއެފްޕީ

ނިއު ދިއްލީ، އިންޑިއާ (އޭޕްރީލް 26) - މި ފަހަރުގެ އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)، ފްރެންޗައިސް ކްރިކެޓް ލީގަކީ ޗެންނާއީ ސުޕަ ކިންގްސް އަށް ކުޅެމުން އަންނަ ކްރިކެޓް ލެޖެންޑް، މަހިންދުރަ ސިންގް ދޯނީގެ ފަހު މުބާރާތަށް ވެދާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

އުމުރުން 41 އަހަރުގެ ލެޖެންޑަރީ ތަރި، ދޯނީ މި ސީޒަނަށް ފަހު ރިޓަޔާކުރުމުގެ ފުރުސަތު އޮތް ކަމަށް ޗެންނާއީ ސުޕަ ކިންގްސްގެ އޮފިޝަލަކު ވަނީ މީޑިއާ އިން ކުރި ސުވާލަކަށް ޖަވާބު ދެމުން ބުނެފަ އެވެ.

މިދިޔަ ފެބްރުއަރީ މަހުން ފެށިގެން އިންޑިއާގެ މީޑިއާގައި ދޯނީ މި ފަހަރު އައިޕީއެލް ސީޒަނަށް ފަހު، ކުޅުން ހުއްޓާލަން އުޅޭ ވާހަކަ ދެކެވެމުން އައި ކަމުގައި ވިޔަސް، އެ ކަމާ ބެހޭގޮތުން ދޯނީ މީޑިއާގައި ރަސްމީކޮށް ވާހަކަ ދައްކައިފައިނުވެ އެވެ.

އިންޑިއާ ކްރިކެޓް ޓީމުގެ ކެޕްޓަން، އަދި އައިޕީއެލްގައި މުމްބާއީ އިންޑިއަންސް އަށް ކުޅެމުން އަންނަ ރޯހިތު ޝަރްމާ ބުނީ ކޮންމެ އައިޕީއެލް ސީޒަނެއް ފަށާއިރު ވެސް ދޯނީ ރިޓަޔާކުރަން އުޅޭ ވާހަކަ މީޑިއާގައި ދެކެވޭ ކަމަށެވެ. އެކަމަކު، އުމުރަކީ ހަމައެކަނި ނަމްބަރެއްކަން ސާބިތުކޮށްދެނީ އައިޕީއެލްގެ މެޗުތަކުގައި ދޯނީ ދައްކާ މޮޅު ކުޅުމުން ކަން ވެސް ރޯހިތުގެ ވާހަކައިގައި ވަނީ ފާހަގަކޮށްފަ އެވެ.

މީގެ ތިން އަހަރު ކުރިން، އިންޓަނޭޝަނަލް ކްރިކެޓުން ރިޓަޔާކުރި ދޯނީ ވަނީ ޗެންނާއީ ޓީމާ އެކު ހަތަރު ފަހަރެއްގެ މަތިން އައިޕީއެލް ކާމިޔާބުކޮށްފަ އެވެ. އެއީ 2010،2011، 2018 އަދި 2021 ވަނަ އަހަރު އެވެ.

އަައިޕީއެލްގެ އެންމެ ކާމިޔާބު ޓީމަކީ މުމްބާއީ އިންޑިއަންސް އެވެ. ޗެންނާއީ އަށް ވުރެ މުމްބާއީގެ ގިނައީ ފަސް ތަށި ހޯދާފައިވާތީ މުމްބާއީ އެވެ.

ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ދޯނީ މި ސީޒަނަށް ފަހު ރިޓަޔާކުރާނީ ޗެންނާއީ ޓީމަށް އައިޕީއެލް ލިބޭނަމަ އެވެ. ޖުމްލަ 10 ޓީމު ވާދަކުރާ އައިޕީއެލްގެ މި ސީޒަނުގެ މިހާތަނަށް އެއް ވަނައިގައި އޮތީ ޗެންނާއީ ޓީމެވެ. އެއީ ޖުމްލަ ހަތް މެޗު ކުޅެގެން ފަސް މޮޅު ހޯދައިގެންނެވެ.

ރިޕޯޓްތައް ބުނާގޮތުން، މި ފަހަރުގެ އައިޕީއެލް ސީޒަން ނިމުމާ އެކު ދޯނީ ރިޓަޔާމަންޓް އިއުލާނުކުރާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2030 ގެ ފީފާ ވޯލްޑް ކަޕްގެ ރައިޓްސްތަކެއް ނެޓްފްލިކްސް އަށް

2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މެޗުތައް ސްޕެއިން އާއި އެންޑޯރާގައި ދެއްކުމުގެ ރައިޓްސް ނެޓްފްލިކްސް އިން ގަނެފި. މި އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު އެއް މެޗު ހިލޭ ސްޓްރީމް ކުރާއިރު، އޭގެ ތެރޭގައި ސެމީ ފައިނަލާއި ފައިނަލް މެޗު ވެސް ހިމެނޭ.

ޗައިނާ މުބާރާތުގައި ވެސް ގައުމީ ފުޓްސަލް ޓީމަށް ކޯޗު ޒަކީރޯވް

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވެސް ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދޭނީ ކޯޗު ފާރޫކް ޒަކީރޯވް ކަމަށް އެފްއޭއެމް އިން ވަނީ ހާމަކޮށްފައި. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމުން މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު، ރާއްޖޭގެ އިތުރުން މި މުބާރާތުގައި ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާނެ

ގައްދޫ ބަލިކޮށް ބުރު އަށް ސީޒަންގެ ފުރަތަމަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ 2-0 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި. މި މެޗުގެ ލަނޑުތައް ބުރު ސްޕޯޓްސްއަށް ކާމިޔާބުކޮށްދިނީ ޖުއާން އެޑުއާޑޯ ލެސްކާނޯ އާއި އިބްރާހިމް އުސާމާ ހަސަން މަޖީދު

ލަމްޕާޑް އެދުނީ ކަވެންޓްރީ އިން ހަމަބިމުގައި ތިބެން

ކޯޗު ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކަވެންޓްރީ ސިޓީން 25 އަހަރަށް ފަހު ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ފުރަތަމަ މޮޅު ހޯދައިފި. ނިއުކާސަލް އަތުން ލިބުނު މި ކާމިޔާބީއާއެކުވެސް، ލަމްޕާޑް ބާރުއެޅީ ޓީމުގެ ސަމާލުކަން ނުގެއްލުވައި ހަމަބިމުގައި ތިބެގެން ކުރިއަށް ދިއުމަށް

އެމެރިކާ އަކީ ފުޓްބޯޅައިގެ ގައުމެއް ނޫން: ޖިރޫ

އެމެރިކާގެ އެލްއޭ އެފްސީއަށް ކުޅުމަށްފަހު ފްރާންސްގެ ލިލް އަށް ބަދަލުވި އޮލިވިއޭ ޖިރޫ ބުނިގޮތުގައި، އެމެރިކާ އަކީ ޔޫރަޕާ އަޅާބަލާއިރު ފުޓްބޯޅައިގެ ޖޯޝާއި ފޯރި ކުޑަ، ހަމައެކަނި ފުޓްބޯޅައިގައި ހިމެނޭ ފައިސާއަށް އިސްކަންދޭ ގައުމެއް

ރާއްޖެ މެޗުގެ ކަންތަކާ ހެދި ލަންކާ ކޯޗު 5000 ޑޮލަރުން ޖޫރިމަނާ

އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ދިވެހި ޓީމަށް ބޭއަދަބީ ބަހުން މުހާތަބުކުރި ލަންކާގެ އެސިސްޓަންޓް ކޯޗު މުހައްމަދު އިމްރާން 5000 ޑޮލަރުން އޭއެފްސީން ޖޫރިމަނާކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ ވަގުތުން މަގާމުން ވަކިކޮށްފައިވާއިރު، ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް ދިނުމަށްވެސް އެ ފެޑެރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގައްދޫން މި ބުރުގައި ހަ ޕޮއިންޓް ހޯދަންޖެހޭ: ނަޒީހު

ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ބަލިވެފައިވާ ގައްދޫ ޓީމުން، މި ބުރުގައި ހަ ޕޮއިންޓް ހޯދަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނެފިއެވެ. ބަޖެޓާއި ތަޖުރިބާކާރު ކުޅުންތެރިންގެ ދަތިކަން ހުރި ނަމަވެސް، މިއަދު ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗަކީ ރަނގަޅު ނަތީޖާއެއް ނެރެން އުންމީދުކުރާ މެޗެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

Newsletter

Get the latest news delivered straight to your inbox