ޔުވެންޓަސް އަތުން މޮޅުވެ ނަޕޯލީ ލީގު ހޯދުމާ ގާތަށް

Apr 24, 2023, 5:02 AM
ޔުވެންޓަސް ކޮޅަށް ނަޕޯލީގެ ހަމައެކަނި ލަނޑު ޖެހި ރަސްޕަޑޯރީ ގޯލަށް ފަހު އުފާފާޅުކުރަނީ.

ޔުވެންޓަސް ކޮޅަށް ނަޕޯލީގެ ހަމައެކަނި ލަނޑު ޖެހި ރަސްޕަޑޯރީ ގޯލަށް ފަހު އުފާފާޅުކުރަނީ.

ނޭޕްލްސް، އިޓަލީ (އޭޕްރީލް 24) - އިޓާލިއަން ލީގުގައި ރޭ ޔުވެންޓަސް އަތުން 1-0 އިން މޮޅުވެ، ނަޕޯލީ ލީގު ޗެމްޕިއަންކަން ހޯދުމާ ގާތަށް ޖެހިލައިފި އެވެ.

ތިރީސް ތިން އަހަރު ތެރޭ ފުރަތަމަ ފަހަރަށް އިޓަލީގެ ޗެމްޕިއަންކަން ހޯދަން މަސައްކަތް ކުރަމުން އަންނަ ނަޕޯލީ އަށް ދެން ލީގުގައި އޮތް މެޗުން މޮޅުވެެގެން، ވެސް ޗެމްޕިއަންކަން ހޯދުމުގެ ފުރުސަތު އެބައޮތެވެ. ނަޕޯލީ މި ވަގުތު އެއް ވަނައިގައި އޮތީ 17 ޕޮއިންޓުގެ ލީޑަކާ އެކު އެވެ.

ނަޕޯލީ އަށް 31 މެޗުން 78 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް ލާޒިއޯގެ އޮތީ 31 މެޗުން 61 ޕޮއިންޓެވެ. ތިން ވަނައިގައި އޮތް ޔުވެންޓަސް އަށް 31 މެޗުން 59 ޕޮއިންޓް ލިބިފައިވާއިރު، ހަތަރެއްގައި ރޯމާ އަށް ވަނީ 30 މެޗުން 56 ޕޮއިންޓް ލިބިފަ އެވެ. ފަސް ވަނައިގައި އޮތް އޭސީ މިލާނުން ވަނީ ލެޗޭ އަތުން 2-0 އިން ހޯދި މޮޅާ އެކު، 31 މެޗުން 56 ޕޮއިންޓް ހަމަކޮށްފަ އެވެ. އަދި ހަ ވަނައިގައި އިންޓަ މިލާން އޮތީ 31 މެޗުން 54 ޕޮއިންޓާ އެކު އެވެ. އިންޓަ އިން ވަނީ ރޭ އެމްޕޮލީ ދަނޑުގައި 3-0 އިން މޮޅުވެފަ އެވެ.

ޔުވެންޓަސް ދަނޑުގައި ރޭ ކުޅުނު މެޗު ފަށައިގެން އެ ޓީމުގެ ހުއާން ކުއަޑްރާޑޯ ޖެހި ޝޮޓް ނަޕޯލީ ކީޕަރު އަލެކްސް މެރެޓް ވަނީ މަތަކޮށްފަ އެވެ. ނަޕޯލީ އަށް ލީޑުނަގައިދޭން މެޗުގެ 70 ވަަނަ މިނިޓްގައި ޔުވެންޓަސްގެ އޭރިއާތެރެއިން ނަޕޯލީގެ ވިކްޓަ އޮސީމެން ޖެހި ބޯޅަ ބޭރުވީ ދަނޑީގައި ޖެހިފަ އެވެ.

މެޗުގެ 82 ވަނަ މިނިޓްގައި ޔުވެންޓަސްގެ އަންހެލް ޑި މާރިއާ ވަނީ ގޯލެއް ޖަހައިފަ އެވެ. އެކަމަކު، އެ އެޓޭކް ފެށުމުގެ ކުރިން ޔުވެންޓަސް އިން ފައުލެއް ކޮށްފައިވާތީ، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލާފައި ނިންމީ ގޯލެއް ނޫން ކަމަށެވެ.

ނަޕޯލީ މެޗުން މޮޅުވީ އިތުރު ވަގުތުގެ ހަ މިނިޓްގެ ތެރެއިން ތިން ވަނަ މިނިޓްގައި ޖިއަކޯމޯ ރަސްޕަޑޯރީ ޖެހި ގޯލުންނެވެ. އަރިމަތިން ނަޕޯލީގެ އެލްޔިފް އެލްމާސް ނެގި ހުރަހަކުން އޭރިއާތެރެއިން ރަސްޕަޑޯރީ ޖެހި ވޮލީ ހުއްޓުވަން ޔުވެންޓަސްގެ ކީޕަރު ވޮޒްޝިއޭ ޝެޒްސްނީ އަށް މާ ބޮޑު ކަމެއް ނުކުރެވުނެވެ.

މިލާނުން ރޭ ލެޗޭ ބަލިކުރި މެޗުގައި އެ ޓީމުގެ ދެ ގޯލު ވެސް ޖެހީ މި ވަގުތު ރަނގަޅު ފޯމެއްގައި ހުރި ރަފައެލް ލެއާއޯ އެވެ. ގޯލުތައް ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ ސަންޑްރޯ ޓޮނާލީ އާއި ބްރަހީމް ޑިއާޒް އެވެ.

އެމްޕޮލީ ދަނޑުގައި ކުޅުނު މެޗުގައި އިންޓަ އިން ޖެހި ތިން ގޯލުގެ ތެރެއިން ދެ ލަނޑު ޖެހީ މި ސީޒަނުގައި އެއް ފޯމެއް ދަމަހައްޓަން އުނދަގޫތަކެއް ކުރިމަތިވެފައިވާ ފޯވާޑް ރޮމެލޫ ލުކާކޫ އެވެ. އިންޓަ އިން ޖެހި އަނެއް ގޯލުގައި ވެސް ލުކާކޫގެ ހިއްސާ ބޮޑެވެ. މެޗު ނިމެން ދެ މިނިޓަށް ވެފައި ވަނިކޮށް ލަޓާރޯ މާޓީނޭޒް އިންޓަގެ ފަހު ގޯލު ޖެހީ ލުކާކޫ ދިން ބޯޅައަކުންނެވެ.

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox