ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު ރިޓަޔާ ކުރައްވައިފި

ގާޒީ (ރިޓަޔާޑް) ހަސަން ސައީދު -- ފޮޓޯ: އަވަސް ފައިލް ފޮޓޯ

ގާޒީ (ރިޓަޔާޑް) ހަސަން ސައީދު -- ފޮޓޯ: އަވަސް ފައިލް ފޮޓޯ

ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު ރިޓަޔާ ކުރައްވައިފި އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ބުނީ 21 އަހަރުގެ ދިގު ހިދުމަތަށް ފަހު ގާޒީ ހަސަން ސައީދު ރިޓަޔާ ކުރައްވާފައި ވަނީ މިއަދު ކަމަށެވެ. ގާޒީ ހަސަން ސައީދު ޝަރުއީ ދާއިރާއަށް ކޮށްދެއްވާފައިވާ ހިދުމަތް ފާހަގަކޮށް އެކޮމިޝަނުންް ވަނީ ޝުކުރު ދަންނަވާފަ އެވެ.

ގާޒީ ހަސަން ސައީދު މިއަދު ރިޓަޔާކުރެއްވި އިރު މީގެ ދެ މަސްކުރިން ސުލޫކީ މައްސަލައަކާ ގުޅިގެން ސަސްޕެންޑު ވެސް ކުރި އެވެ. އޭނާ ސަސްޕެންޑު ކޮށްފައިވަނީ ފެމިލީ ކޯޓުގެ އިސް ގާޒީގެ މަގާމުގައި ހުންނެވި އިރު، އެ ކޯޓުގެ ކައިވެނީގެ ރެޖިސްޓްރާއަށް ކޯޓުން ބޭރުގައި ކައިވެނިކޮށްދޭން ލަފައެއް ދީފައިވާ މައްސަލައެއްގަ އެވެ.

ގާޒީ ހަސަން ސައީދު, ކުރިމިނަލް ކޯޓުގެ ގާޒީ ކަމަށް ބަދަލުކުރީ ވެސް ސުލޫކީ މައްސަލައެއް ސާބިތުވެ ފިޔަވަޅެއްގެ ގޮތުންނެވެ. ކުރިން އޭނާ ހުންނެވީ ފެމެލީ ކޯޓުގެ އިސް ގާޒީގެ ގޮތުގަ އެވެ.

ގާޒީ ހަސަންއާ ގުޅޭ ސުލޫކީ މައްސަލައެއް އޭރު ބެލީ އެ ކޯޓުގެ މުވައްޒަފުންތަކަކަށް އޭނާގެ ފަރާތުން އެކި ކަހަލަ ފުރައްސާތަކާ ކުރިމަތިލާން ޖެހުނުކަން މުވައްޒަފުން ބުންޏެވެ.

އެ މައްސަލަ ސާބިތުވެ، ފިޔަވަޅެއްގެ ގޮތުން އޭނާގެ ކުރިމިނަލް ކޯޓުގެ ގާޒީއެއް ކަމަށް ބަދަލު ކުރި ނަމަވެސް، އެ މަގާމުގެ މުސާރަ ކުރިން ހުރި މަގާމަށްވުރެ ބޮޑުކަމުން ޖޭއެސްސީއަށް ފާޑުކިޔުން އަމާޒުވި އެވެ.

އޭގެ އިތުރުން، ކުރިމިނަލް ކޯޓުގެ ގާޒީއަކަށް އައްޔަންވި ފަހުން އަމަލު ކުރެއްވި ގޮތްތަކާ ގުޅިގެން ވެސް އޭނާގެ މައްސަލަ ބައެއް ފަރާތްތަކުން ޖޭއެސްސީއަށް ހުށަހަޅާފައިވެ އެވެ. ގާޒީ ހަސަން ސައީދަކީ އޭނާގެ ބައެއް ނިންމުންތަކާ ހެދި ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައިވާ ގާޒީއެކެވެ.

އެ ގޮތުން, ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖޭން ބޭރަށް ފުރުމުގެ ހުއްދަ, މީހަކު ޖާމިނުކޮށް ދިނުމުގެ މައްސަލާގައި ފާޑުކިޔުން އަމާޒުވި އެވެ. އަދި, މިފަހުން ސީލައިފް މައްސަލާގައި ދައުވާ ލިބޭ އަހުމަދު މޫސާ (އަންމަޓީ) ދޫކޮށްލި މައްސަލާގައި ވެސް ފާޑުކިޔުން އަމާޒުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox