ޕުލާސްޓިކު ކޮތަޅުގެ ސިޔާސަތު އެސްޓީއޯ ކައިރިން ދަސްކުރަންޖެހޭ

-- އާޓްވޯކް: މުހައްމަދު ރައްޔާނު (ރައިޑޭ) / އަދަދު

-- އާޓްވޯކް: މުހައްމަދު ރައްޔާނު (ރައިޑޭ) / އަދަދު

ގުނަމުން މިދާ ސާސްކަފުގެ ތެރޭގައި އިންސާނިއްޔަތަށް ކުރިމަތިވި އެންމެ ބޮޑު ބިރުވެރި ކަމަކީ ދުނިޔެ ހަލާކުވެ އަހަރުމެން ދިރިއުޅޭ ވެށި ނެތިގެންދިއުމުގެ އިންޒާރުތަކެވެ. އެ އަޑަކީ ވަކީން ހާއްސަކޮށް އަހަރުމެން ފަދަ ޖަޒީރާ ގައުމެއްގައި ދިރިއުޅޭ ބައެއްގެ ކަންފަތަށް އަޑު އަހާލަން އެހައި ފަސޭހަ ވާހަކަތަކެއް ނޫނެވެ. ވާހަކައަކަށްވުރެ ބޮޑަށް ނާމާން ކަމެކެވެ.

އޮނަވިހިސަތޭކަ ފަންސާން ވަނަ އަހަރު ދުނިޔެއަށް ޕުލާސްޓިކު ތައާރަފު ކުރުމާ ހަމައިން މިއަދާ ހަމައަށް 8.3 ބިލިއަން މެޓްރިކް ޓަނުގެ ޕުލާސްޓިކު އުފައްދާފައިވެ އެވެ. މިހާތަނަށް އުފެއްދި ޕުލާސްޓިކުގެ ތެރެއިން ވަރަށް މަދު މިންވަރެއް ނޫނީ ކޮންމެވެސް ސިފައެއްގައި ވުޖޫދުގައި ވާނެ އެވެ. އެހެން ނަމަވެސް ތަފާތު އެކި ބޭނުންތަކަށް ކޮންމެ އަހަރަކު ވެސް އިންސާނިއްޔަތުގެ ބަރުދަނަށްވުރެ އިތުރަށް ޕުލާސްޓިކު އުފައްދަ އެވެ.

އެގޮތުން މުޅި ދުނިޔޭގައި އަހަރެއްގެ މައްޗަށް ފަސް ޓުރިލިއަން ޕުލާސްޓިކު ކޮތަޅު އުފައްދަ އެވެ. އެއިން ކޮންމެ ކޮތަޅެއް ނެތިގެން ދާން 1000 އަހަރު ނަގާނެ އެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެއްފަހަރު ބޭނުން ކޮށްފައި އުކާލާ ކޮތަޅު މަދު ކުރުމުގެ ތަފާތު ކެމްޕޭނުތައް ހިންގަނީ އޭގެން ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަ ކުރުމުގެ މަގުސަދުގަ އެވެ.

Advertisement

އެ ވިސްނުމުގައި ރާއްޖޭގެ ސަރުކާރުން ވެސް މިވަނީ އެއްފަހަރު ބޭނުން ކޮށްފައި އެއްލާލައި ޕުލާސްޓިކު ކޮތަޅުން ފީއެއް ނަގަން ފަށައިފަ އެވެ. ނަމަވެސް ޕުލާސްޓިކުގެ ސަބަބުން ތިމާވެއްޓަށް ލިބޭ ގެއްލުމުގެ ބޮޑުކަން އެނގި ތިބެވެސް ގިނަ ބަޔަކު އަންނަނީ އެ ނިންމުމަށް ފާޑު ކިޔަމުންނެވެ. ސަބަބުތަކެއް ނެތިއެއް ވެސް ނޫނެވެ. ފީއެއް ނެގުމުގެ ކުރީން ޕުލާސްޓިކުގެ ބަދަލުގައި ބޭނުން ކުރާނެ އެއްޗެއް ދައްކާފައި ނުވުމާއި އެފަދަ ބޮޑު ބަދަލަކަށް ރާއްޖެ ތައްޔާރުވެފައި ނެތަތީ އެވެ.

ކަންކަން އެހެން ހުރި ނަމަވެސް ރާއްޖޭގެ އެންމެ ބޮޑު ކުންފުނި، އެސްޓީއޯއިން ދަނީ މީގެ އަހަރުތަކެއް ކުރީން ފެށިގެން ޕުލާސްޓިކު މަދު ކުރުމުގެ ކެމްޕޭނެއް ފަށައި ކާމިޔާބު ކަމާ އެކު ކުރިއަށް ގެންދަމުންނެވެ. އެ ކެމްޕޭނަށް މީހުންގެ ފާޑުކިޔުން އަމާޒުނުވެ އޮތުން ވެސް ގުޅިފައި އޮތީ ސަބަބުތަކަކާ އެވެ.

އެސްޓީއޯއިން ޕުލާސްޓިކާ ދެކޮޅަށް ކުރި ދަތުރު

ޕުލާސްޓިކު ކޮތަޅަށް ފީއެއް ނެގުމުގެ ކުރީން އެސްޓީއޯއިން އެކަމަށް މީހުން އަހުލުވެރި ކުރުމަށް ގިނަ މަސައްކަތްތަކެއް އައީ ކުރަމުންނެވެ. އެގޮތުން މީގެ ފަސް އަހަރު ކުރިން ދިރާގާ ގުޅިގެން ގިނަ ފަހަރު ބޭނުން ކުރެވޭ ކޮތަޅުތަކެއް އުފައްދައި އެސްޓީއޯ ސުޕަމާކެޓުން ކަސްޓަމަރުންނަށް ހިލޭ ބެހި އެވެ. އޭގެފަހުން ހަމަ އެއަހަރުގެ އޮކްޓޫބަރު މަހު، އެސްޓީއޯއިން ވަނީ 100 ޕަސެންޓު ތިމާވެއްޓާ ރައްޓެހި ކޮތަޅުތަކެއް ގެނެސް ތަޖުރިބާ ކުރަން ފަށާފަ އެވެ. އެއީ ދަނޑިއަލުވިން އުފައްދާފައިވާ ކޮތަޅުތަކެކެވެ.

އެ މަސައްކަތުން ލިބުނު ތަޖުރިބާގެ އަލީގައި އެ ކުންފުނިން އެއްފަހަރު ބޭނުން ކޮށްފައި އުކާލާ ޕުލާސްޓިކާ ދެކޮޅަށް ބޮޑު ކެމްޕޭނެއް ފެށި އެވެ. އެސްޓީއޯގެ އިޖުތިމާއީ އާންމު ޒިންމާގެ ދަށުން ކާމިޔާބު ކަމާ އެކު އަހަރެއްހައި ދުވަހު އެ ކެމްޕޭނު ހިންގުމަށްފަހު ގިނަ ފަހަރު ބޭނުން ކުރެވޭ ކޮތަޅު ގެއިން ހިފައިގެން އަންނަ މީހުންނަށް އެސްޓީއޯ ސުޕަމާކެޓުން ދެ ޕަސެންޓުގެ ޑިސްކައުންޓު ދޭން ފެށި އެވެ. އެއާއެކު އެ ކުންފުނިން އެކި ކަންކަމާ ގުޅުވައިގެން ހިންގަމުން އައި ތަފާތު ހަރަކާތްތައް ވެސް ޕުލާސްޓިކާ ދުރު ހަރަކާތްތަކަކަށް ބަދަލު ކުރި އެވެ.

ދުވަހަކަށް ވުރެ ދުވަހެއް މީހުން ޕުލާސްޓިކާ ދުރަށް ގެންދިއުމުގައި އެކި ގޮތްގޮތުން ދެ އަހަރެއްހައި ދުވަހު މަސައްކަތް ކުރުމަށްފަހު އެންވަރަމަންޓު މިނިސްޓަރީން ގެންގުޅޭ ޕުލާސްޓިކާ ދެކޮޅު ސިޔާސަތަަށް އެއްބާރުލުން ދިނުމުގެ ގޮތުން އެސްޓީއޯގެ ފާމަސީތަކުގައި ޕުލާސްޓިކު ކޮތަޅު ބޭނުން ކުރުން ރަސްމީކޮށް ހުއްޓާލައި ކަރުދާސް ކޮތަޅަށް ބަދަލު ކޮށްލީ 2021، އޯގަސްޓު މަހު އެވެ. އެ ބަދަލާ އެކު އޭގެ ކުރިން ބޭނުން ކުރަމުން އައި މިންވަރުގެ ތެރެއިން އަހަރެއްގެ މައްޗަށް އެއް މިލިއަންކޮތަޅު މަދު ކޮށްލި އެވެ. އެއީ ބަރުދަނަށް ބަލާނަމަ ގާތްގަނޑަކަށް އަށް ޓަނުގެ ޕުލާސްޓިކެވެ.

އެހައިހިސާބުން އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕުލާސްޓިކާ ދެކޮޅަށް އެސްޓީއޯއިން ކުރަމުން އައި މަސައްކަތް އެ ކުންފުނީގެ ހަތަރު ފާރުން ބޭރަށް ނެރެ ޔޫއެންޑީޕީއާ އެކު ވަރުގަދަ ކެމްޕޭނެއް ފެށި އެވެ. 'ޕުލާސްޓިކު ނޫން ގޮތެއް' ގެ ނަމުގައި މިދިޔަ އަހަރު ފެށި އެ ކެމްޕޭނުގެ ތެރެއިން އަނެއްކާވެސް ގިނަ ބަޔަކު ހޭލުންތެރި ކުރުމުގެ މަސައްކަތް ބާރު ދުވެލީގައި ފެށި އެވެ. ނަތީޖާއަކަށް ވެގެން ދިޔައީ އޭގެ ތިން މަސްދުވަސް ފަހުން އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން ވިއްކާ ޕުލާސްޓިކު ކޮތަޅަށް ފީއެއްގެ ގޮތުގައި 2.50ރ. ނަގަން ފެށުމުން ވެސް އެކަން އުފަލާ އެކު ރައްޔިތުން ބަލައި ގަތުމެވެ. ފާޑު ކިޔައި ރުޅި ހަދާފައި ބަޔަކު އެތަނުން ނުކުމެގެން ނުދެ އެވެ.

އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕުލާސްޓިކު ކޮތަޅުން ފީ ނަގަން ފެށިތާ މިދިޔަ މަހަށް ނުވަ މަސް ވީއިރު، އެސްޓީއޯއިން ވަނީ ޕުލާސްޓިކު ކޮތަޅު ބޭނުން ކުރާ މިންވަރު 87 ޕަސެންޓު މަދު ކޮށްލައިފަ އެވެ. މާނައަކީ އެ މުއްދަތުގައި އެސްޓީއޯ ޕީޕަލް ޗޮއިސްއިން ބޭނުން ކޮށްފައި ވަނީ 41،000 ކޮތަޅެވެ. މީގެ ކުރިން އެ މުއްދަތުގައި ގާތްގަނޑަކަށް 310،000 އެއްހާ ކޮތަޅު އެތަނުން ބޭނުން ކުރެ އެވެ.

އެސްޓީއޯއިން މިހާރު ގެންގުޅެނީ ކޮން ސިޔާސަތެއް؟

ޕުލާސްޓިކާ ދެކޮޅަށް ސަރުކާރުން ގެންގުޅޭ ސިޔާސަތާ އެއްގޮތަށް އެސްޓީއޯން ވެސް ވަނީ މިދިޔަ މަހު އެ ފިހާރައިން ކުރިން ނަގަމުން އައި ފީއިން 0.50ރ. އުނިކޮށްފަ އެވެ. މިހާރު އެ ކުންފުނިން ކޮންމެ ޕުލާސްޓިކު ކޮތަޅަކަށް ނަގަމުން އަންނަނީ 2ރ. އެވެ. އެހެންނަމަވެސް އެއީ އެތަނުން ވިޔަފާރި ކުރަން ދާ ކަސްޓަމަރުންނަށް ހަމައެކަނި އޮންނަ ގޮތް ކަމުގައި ހަދަން އެސްޓީއޯއިން ދެން ވެސް ބޭނުމެއް ނުވި އެވެ. މިހާރު ވެސް އެސްޓީއޯގެ ފާމަސީތަކުންނާއި ޕީޕަލްސް ޗޮއިސްއިން ވިޔަފާރި ކުރާ ފަރާތްތަކަށް ކަރުދާސް ކޮތަޅު ހިލޭ ލިބެ އެވެ.

އެސްޓީއޯއިން ބުނީ އެ ކުންފުނީގެ ވިސްނުމަކީ ކޮތަޅުން ފީއެއް ނެގުމަށް ވުރެ ބޮޑަށް ގިނަ ބަޔަކު އެ ބޭނުން ކުރުން ހުއްޓުވައިލުން ކަމަށާއި އެކަން ކުރެވެން އަންނަނީ ޕުލާސްޓިކުގެ ބަދަލުގައި ބޭނުން ކުރާނެ އެއްޗެއް ނުވަތަ "އަލްޓަނޭޓިވް" އެއް ކަސްޓަމަރުންނަށް ދައްކައިގެން ކަމަށެވެ. ފާއިތުވީ ފަސް އަހަރު ދުވަހުގެ ތެރޭގައި އެ ކުންފުނިން ކުރަމުން އައީ އެ މަސައްކަތެވެ.

ދުނިޔެ ހޫނުވުމާއި ކަނޑުގެ ލޮނުގަނޑު އުފުލި ދިރުންތައް ނެތިދާ ވާހަކަ އަޑުއަހަން ބިރު ގަންނަ ކަމަށް ވަނީނަމަ އެކަމާ ދެކޮޅަށް މަސައްކަތް ވެސް ކުރާން ވާނީ އެކަށީގެންވާ ގޮތެއްގަ އެވެ. އެސްޓީއޯއިން އެ މަސައްކަތް ކުރަމުން އައީ ރޭވުންތެރިކަމާ އެކު މީގެ އެތައް ދުވަހެއް ކުރީން ފެށިގެންނެވެ. އެހެން ވީމާ އެއްފަހަރު ބޭނުން ކޮށްފައި އުކާލާ ޕުލާސްޓިކާ ދެކޮޅަށް މަސައްކަތް ކުރުމުގެ ސިޔާސަތު ދަސްކުރާންވީ އެސްޓީއޯ ކައިރިންނެވެ. އޭރުން މީހުން އެކަމާ މެދު ދެކޭ ގޮތާއި އުޅޭ ގޮތް ވެސް ތަފާތުވެ ނަތީޖާ ފޮނި ވެދާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox