ޗެލްސީގެ ޝޯޓްލިސްޓުގައި ކޮމްޕެނީ އާއި ޕޮޗެޓީނޯ

Apr 22, 2023, 12:32 PM
ޗެލްސީގެ ޝޯޓްލިސްޓުގައި ކޮމްޕެނީ އާއި ޕޮޗެޓީނޯ

ލަންޑަން (އޭޕްރީލް 22) - ޗެލްސީގެ ކޯޗުގެ މަގާމަށް އެ ކްލަބުން ޝޯޓް ލިސްޓްކުރި ދެ ކޯޗުންގެ ތެރޭގައި ވިންސެންޓް ކޮމްޕެނީ އާއި ޓޮޓެންހަމް ހޮޓްސްޕާގެ ކުރީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ހިމެނޭ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

މީޑިއާ ރިޕޯޓްތަކުން ބުނާގޮތުގައި މެންޗެސްޓާ ސިޓީގެ ކުރީގެ ކެޕްޓަން ކޮމްޕެނީ އައި ޕޮޗެޓީނޯއާ އެކު އިތުރު ކޯޗެއް ވެސް ޝޯޓްލިސްޓްގައި ހިމެނެ އެވެ. އެކަމަކު، ތިން ވަނަ ކޯޗަކީ ކާކުކަމެއް މީޑިއާތަކުން ރިޕޯޓްކޮށްފައެއް ނުވެ އެވެ.

ބަޔާން މިއުނިކްގެ ކޯޗުކަމުން ދާދި ފަހުން ވަކިކުރި ޖަރުމަނުގެ ޒުވާން ކޯޗު، ހޫލިއަން ނާގަލްސްމަން ގެންނަން ކުރިން ޗެލްސީން ވިސްނި ނަމަވެސް، ޝޯޓްލިސްޓްކުރި ކޯޗުންގެ ތެރޭގައި ނުހިމެނެ އެވެ. ރިޕޯޓްތައް ބުނާގޮތުން ޗެލްސީން ހުށަހަޅާ ބައެއް ޝަރުތުތަކާ މެދު ނާގަލްސްމަން ނުރުހޭތީ އެ ޓީމާ ހަވާލުވާން ލިބުނު ފުރުސަތު ދޫކޮށްލީ އެވެ.

Advertisement

ބާންލީގެ ކޯޗުގެ ގޮތުގައި ހޭދަކުރި ފުރަތަމަ ސީޒަންގައި ކޮމްޕެނީ، 37، ވަނީ އެ ޓީމު ޕްރިމިއާ ލީގަށް ކޮލިފައިކޮށްދީފަ އެވެ.

ބާންލީއާ ހަވާލުވުމުގެ ކުރިން ކޮމްޕެނީ ހުރީ އެންޑަލެކްޓްގެ ކޯޗުގެ މަގާމުގަ އެވެ. ކޯޗިންގައި އަދި އެނާގެ ތަޖުރިބާ މަދެވެ.

މިދިޔަ އަހަރު ޕީއެސްޖީގެ ކޯޗުކަމުން ވަކިކުރި ފަހުން، ޕޮޗެޓީނޯ ހުރީ ޓީމަކާ ހަވާލުނުވެ އެވެ. ޓޮޓެންހަމްގެ ކޯޗުގެ ގޮތުގައި ހޭދަކުރި ފަސް އަހަރުގެ ތެރޭ ރަނގަޅު މަސައްކަތްތަކެއް ވަނީކޮށްފަ އެވެ. ޕޮޗެޓީނޯގެ އިރުޝާދުގެ ދަށުން 2019 ވަނަ އަހަރު ޗެމްޕިއަންސް ލީގުގެ ފައިނަލަށް ވެސް ޓޮޓެންހަމް ދަތުރުކުރި އެވެ.

ޗެލްސީގެ ކޯޗުކަމުން ގްރޭހަމް ޕޮޓާ ވަކިކޮށް، އެ ޓީމަށް ކުރިން ވެސް ކޯޗުކޮށްދިން ފްރޭންކް ލަމްޕާޑަށް ޗެލްސީގެ ކޯޗުކަން ހަވާލުކުރީ މި ސީޒަންގެ ނިޔަލަށެވެ. ލަމްޕާޑް ހަވާލުވި ފަހުން ޗެލްސީ ކުޅުނު ހަތަރު މެޗުން ވެސް ބަލިވިއިރު، އޭނާ އަށް ވަގުތީ ގޮތުން ވިޔަސް އެ ޓީމުގެ ކޯޗުކަން ހަވާލުކުރުމަކީ ރަނގަޅު ނިންމުމެއްތޯ މީޑިއާ އިން އަންނަނީ ސުވާލު އުފައްދަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިޔެކިޔުންތައް ދޭން ޔުއެފާ އިން އިންފަންޓީނޯ އަށް މުހުލަތެއް

ފީފާގެ ލީޑަޝިޕާ ގުޅޭ މައްސަލަ ބޮޑުވެފައިވާ ލިޔެކިޔުންތައް އާންމުކުރުމަށް ޔުއެފާ އިން ފީފާގެ ރައީސް އިންފަންޓީނޯ އަށް ދެ ހަފްތާގެ މުހުލަތެއް ދީ، އެމެރިކާގެ ކޯޓަކަށް މައްސަލަ ހުށަހަޅައިފިއެވެ. މީގެ ތެރޭގައި ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލުމުގެ މުއާމަލާތްތަކާއި، ބައެއް އެވޯޑްތައް ދިނުމުގައި އަމަލުކުރި ގޮތުގެ ތަފްސީލު ހޯދުމަށް ޔުއެފާ އިން ވަނީ ގޮވާލާފައެވެ.

ރޮނާލްޑޯ އަށް 30 ދުވަހުގެ ސަސްޕެންޝަނަކާއި ޖޫރިމަނާއެއް

ޕޯޗުގަލް ގައުމީ ޓީމުގެ ކޭމްޕް އަމިއްލައަށް ދޫކޮށްދިޔަ މައްސަލައިގައި، ކްރިސްޓިއާނޯ ރޮނާލްޑޯ، 30 ދުވަހަށް ސަސްޕެންޑްކޮށް 285 ޑޮލަރުން ޖޫރިމަނާކުރުމަށް އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ނިންމައިފައި. ނަމަވެސް މި ސަސްޕެންޝަނުގެ ސަބަބުން އަންނަ މަހު އޮންނަ ބައިނަލްއަގުވާމީ މެޗުތަކުގައި އޭނާ ކުޅުމަކަށް ހުރަހެއް ނެތް ކަމަށް ބެލެވޭ

ފިނޮޅު ކައިރިން ވެލާ އިން ތަފާތު ބޮޑުކޮށް ނަތީޖާ އަނބުރާލައިފި

ރިސޯޓް ސުޕަ ލީގުގައި ވެލާ ޕްރައިވެޓް އައިލެންޑުން ފިނޮޅު އަތުން 10-1 ގެ ބޮޑު ތަފާތަކުން މޮޅުވެ، 12-4 ގެ އެގްރިގޭޓް ނަތީޖާއަކުން ކުރިހޯދައިފި. މީގެ އިތުރުން ސަން ސިޔާމް އޮޅުވެލި ވެސް ވަނީ ބަރޮސް ބަލިކޮށް ކުރިހޯދާފައިވާއިރު، މުބާރާތުގެ ފައިނަލަށް ސީދާ ހޮވޭނީ އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމު

ދިވެހި ޕްރިމިއާ ލީގުގެ ފެންވަރަށް ރަނގަޅު ބަދަލު އާދޭ: ޓްރުޗާ

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ 10 ޓީމުން ވެސް ކަންކަން ރަނގަޅުކުރަން މަސައްކަތް ކުރާތީ ލީގުގެ ފެންވަރު މަތިވަމުން އަންނަކަން މާޒިޔާގެ ކޯޗު ޓްރުޗާ ފާހަގަކޮށްފި. ބިދޭސީ ކުޅުންތެރިންނާއި ކޯޗުންގެ ސަބަބުން ޓީމުތަކުގެ ކުޅުމަށް ކުރިއެރުން ލިބެމުންދާއިރު، ލީގުގެ ފެންވަރު އިތުރަށް ފުރިހަމަވާނީ ގިނަ އަދަދެއްގެ ސަޕޯޓަރުން ދަނޑަށް ހާޒިރުވެގެން ކަމަށް ބުނި

އިންޑޯ ކޮމްޕްލެކްސްތަކުން ޖާގައިގެ ދަތިތަކަށް ހައްލުލިބޭނެ

ހުޅުމާލެ އާއި ވިލިމާލޭގައި ގާއިމްކުރާ އިންޑޯ ކޮމްޕްލެކްސްތަކުގެ ސަބަބުން ކުޅިވަރު ކުޅޭނެ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެ. މީގެ އިތުރުން މާލޭ ހޭންޑްބޯޅަ ކޯޓު ހިޔާކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ނިމި، މުބާރާތްތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށް މަގުފަހިވާނެ ކަމަށް ވިދާޅުވި

ރިވައިވަލް އިން ޔޫރަޕްގެ ތިން މުބާރާތެއްގައި ވާދަކުރަނީ

ބީޑަބްލިއުއެފް އިން ރުހުން ދީފައިވާ ޔޫރަޕްގެ ތިން ބެޑްމިންޓަން މުބާރާތެއްގައި ވާދަކުރުމަށް ރިވައިވަލް ސްޕޯޓްސް އާއި ގައުމީ ސްކޮޑުގެ ފަސް ކުޅުންތެރިން ތައްޔާރުވެއްޖެ. މި މަހާއި އަންނަ މަހު ގްރީސް، ހަންގޭރީ އަދި ނޯވޭގައި ބާއްވާ މި މުބާރާތްތަކަކީ ރިވައިވަލް އިން މިއަހަރު ޔޫރަޕްގައި ކުރިއަށްގެންދާ ދެ ވަނަ ޓުއާ

އެމްބާޕޭގެ ދެ ގޯލާ އެކު ރެއާލުން ސެވިއްޔާ ބަލިކޮށްފި

ސްޕެނިޝް ލީގުގައި ރޭ ކީލިއަން އެމްބާޕޭ ކާމިޔާބުކުރި ދެ ގޯލާއެކު 4-1 އިން ސެވިއްޔާ ބަލިކޮށް، ރެއާލް މެޑްރިޑް ތާވަލުގެ ތިން ވަނަ އަށް ޖެހިލައިފި. ރެއާލްގެ އަނެއް ދެ ލަނޑު އާޑާ ގުލާ އާއި ޑިއޮމަންޑޭ ޖަހައިދިންއިރު، މި މޮޅާއެކު އެޓީމަށް ވަނީ ކުޅުނު ނުވަ މެޗުން 21 ޕޮއިންޓް ލިބިފައި.

Newsletter

Get the latest news delivered straight to your inbox